ނޯތު ހާބަރު ސަރަހައްދު ހަލަބޮލިވެފައި: މިތަނުން ވިލިމާލެ އަށް ދަތުރުކުރި ބޯޓަކާއި ދޯންޏެއް ޖެހި މިއަދު ވަނީ އެކްސިޑެންޓެއް ހިނގާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 މެއި 2019 - 21:04
ދޯނި ދުއްވަން އިން ކައްޕިގެ އިހުމާލުން ބޯޓެއްގައި ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ އުޅަނދަށް ގެއްލުން ލިބިފައިވާތީ އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އެ އެކްސިޑެންޓް ހިނގީ މިއަދު މެންދުރެއްހާ އިރު މާލޭ ކޮމާޝަލް ބަނދަރުގެ އުތުރުފަރާތު، ނެރާ ދިމާލުގަ އެވެ.
ފުލުހުން ބުނިގޮތައި ނޯތު ހާބަރުން ނުކުތް ބޯޓެއް ވިލިމާލެއާ ދިމާލަށް ދަތުރުކުރަމުން ދަނިކޮށް، ކޮމާޝަލް ހާބަރުން ފިލާ ބަރުކޮށްގެން ނުކުތް ދޯނި ގޮސް ބޯޓުގައި ޖެހިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ދެ އުޅަނދަށާއި ބޯޓުގައި ހުރި މުދަލަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ދޯންޏާއި ބޯޓުގެ ކެޕްޓަން އަތުގައި ވެސް ކަނޑުދަތުރު ކުރުމުގެ ލައިސަންސް އޮތެވެ. އެކަމަކު އެ ހާދިސާ ހިނގީ، ދޯނި ދުއްވަން އިން ކެޕްޓަންގެ އިހުމާލުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
16 May 2019
ޖަޒީރަގަ އޯކޭވާނެ ނުހިފެހެއްޓިޔަސް. އެޖެންޑާ19 ސަޅިވާނެ
މާލިމީ
15 May 2019
ހީވާހީވުމެއްގެ މައްޗަށް ބިނާކޮށް، މީހަކު ކާންބޯން ކުރާ މަސައްކަތުގެ ލައިސަންސް ހިފެހެއްޓިގެން ނުވާނެ. ލައިސަންސް ހިފަހައްޓަންވާނީ ކުށް ސާބިތުވާކަމަށް ޝަރުޢީކޯޓަކުން ޙުކުމް ކުރުމަށްފަހު. އެވެސް ހިނގާދިޔަ ހާދިސާ އާއިގުޅިގެން ޓުރާންސްޕޯޓުގެ ގަވައިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކަމަށް ވާނަމަ.
ެއެބިއުސް
16 May 2019
ހަމަ ތެދެއް. ތިޔަގޮތަށް ލައިސަންސް ހިފެހެއްޓުމަަކީ ފުލުހުން ހިންގި ޖަރީމާ އެއް.
ބަބުރުލް ސަލީމް
15 May 2019
ތިޔަހިސާބުން ތިކަން ތިޔަ ނިމުނީ.
ނެޑް
15 May 2019
ލައިސަންސް އަތުލީ އޭނާގެ އިހުމާލުން ކަމަށް ބެލެވޭތިޔޭ؟ ޔަގީން ނުކޮށް ތިޔަހެން ކަންތަޢް ކުރެވޭތަ؟
ހަސަންބެ
15 May 2019
ބަލަ އެކްސޮޑެންޓް ވާނީ ކޮންމެވެސް މީހަކު އިހުމާލު ވީމަ އޭނު..
އުސްތާޛް
15 May 2019
މަސައްކަތުގެ އަޚުލާގު އަޅުގަނޑުމެން ދިވެހިންގެ ތަންކޮޅެއް ދަށްވާނެ. ކަމެއް ހިގާފާނެ. އެކަމަކު ރޯމާ ދުވާލު . . . . . . .