މާލޭގެ މަގެއްގައި ކުނި ބަހައްޓާފައި: ރޯދަ މަހު މަގުމައްޗަށް ކުނި އުކާލުން ވަނީ އާންމުވެފައި --
16 މެއި 2019 - 12:11
މާލޭގެ މަގުތަކަށް ކުނި ޖަމާކުރާ މައްސަލަ ބޮޑުވެ އަނެއްކާވެސް އާއްމުން ޝަކުވާ ކުރަން ފަށައިފި އެވެ.
ބައެއް މަގުތަކުގެ ކަންކަން މަތީ ކުނި ބެހެއްޓުމަކީ މާލޭގައި އާއްމު މައްސަލައެކެވެ. އަދި ރޯދަޔާ އެކު ކޮންމެ އަހަރަކު ވެސް އެ މައްސަލަ ބޮޑުވެ އެވެ.
މި އަހަރު ރޯދަ މަހު ވެސް ފެންނަނީ ގިނަ އަދަދެއްގެ ކުނި ބައެއް ގެތަކުން މަގުމައްޗަށް ނެރެފައި ހުއްޓަ އެވެ. ކުނިވާ ޒާތުގެ އެއްޗެހި ވެސް ވަރަށް ގިނައިން މަގުތަކަށް އުކާފައިވެ އެވެ. އެ ކޮތަޅުތައް މޮހި ކުނިތައް ފެތުރުމުން މަގުތައް އޮންނަނީ ވަރަށް ބޮޑަށް ހަޑިވެފަ އެވެ.
"ރޯދަ ފެށުނު ފަހުން ވަރަށް ގިނައިން ކުނި އަޅާފައި ހުރޭ މި މަގަށް. ގިނައިން ހުންނަނީ އުކާލާ ކާބޯތަކެތި،" އަބަދަށްފެހި މަގުގައި އުޅޭ މީހަކު ބުންޏެވެ.
އަރަބިއްޔާ ސްކޫލް ކައިރި އާއި ގާކޮށި ފްލެޓް ކައިރީގެ އިތުރުން މާލޭގެ ވަރަށް ގިނަ ހިސާބަކަށް ކުނި އެޅުމުގެ މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ.
Gaakoshi kairee buruzu magah vaa gothah mi gondu inna thaa mihaaa week eh vanee @MaleCitymv
— shiu solih🦄 (@shiusolih) May 13, 2019
Haadha zinmaaadhaaru rayyithun veema ey mihenn mikan koffa hunnaanee 🤦♀️ pic.twitter.com/aEvRh2uofu
މަގުތަކަށް ކުނި އަޅާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް--
އެކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މާލޭގައި ކުނި އުކާލުމުގެ ހިދުމަތް ދޭ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ރޯދަ ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށް މާލޭ މަގުތަކުން 100 ޓަނުގެ ކުނި ނަގައި އުކާލާފައިވާ ކަމަށެވެ. އަދި މިހާރު މަގުތަކަށް އުކާލާފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރޯދަމަހު ގޭގެއިން ކުނި އުކާލަދޭ މިންވަރު އިތުރުކޮށްފައިވީ ނަމަވެސް މަގުތަކަށް ކުނި އަޅާކަން ފާހަގަކޮށް އާދަމް ވިދާޅުވީ އެކަން އެގޮތަށް ކުރަނީ ދެ ޝިޕްޓަކަށް ބަހާލައިގެން ކުނި އުކާލަން ދާއިރު ގޭތެރޭގައި ކުނި ބަހައްޓަން ބޭނުން ނުވާ މީހުން ކަމަށެވެ. އެހެން މަސްމަހާ އަޅާބަލާއިރު ރޯދަމަހު ކުނި އުކާލާ ނިސްބަތް 150 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެމްކޯ އިން ބުނެ އެވެ. "ކުނި އިތުރުވާ މިންވަރަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ އަދަދާއި ވަސީލަތްތަކަށް ބަލާއިރު ވަރަށް އިތުރު މިންވަރެއް. އެކަމަކު ވެސް ކެތްތެރިކަމާ އެކު މަސައްކަތް ކުރަމުން މިދަނީ،" އާދަމް ވިދާޅުވި އެވެ.
ރޯދަ މަހުގެ ކުރިން ވެމްކޯ އިން ކުރި މަސައްކަތުގައި މަގުތަކުގައި ހުރި ކުނީގެ އިތުރުން މަގުތަކުގައި ބަހައްޓާފައި ހުންނަ އެތައް ސަތޭކަ ލަކުޑި ޕެލެޓްތައް ވެސް ނެގި އެވެ.
ވެމްކޯ އިން ރޯދަމަހާ ދިމާކޮށް ކުނި އުކާލާ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ދުވާލާއި ދަންވަރުގެ ވަގުތުތަކުގައި ވެސް ވެމްކޯއިން އަންނަނީ ގޭގެއިން ކުނި އުކާލަމުންނެވެ.
Roadha mahu Wamco ge hidhumaiy dhey gadithah kanda alhaifi
The most trusted news source in the Maldives
Mihaaru
ރޯދަ މަހު ވެމްކޯއިން ކުނި އުކާލަދޭ ގަޑިތައް
މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓުވަން އެންވަޔަރަމެންޓް ޕޮލިސް ވެސް ހަރަކާތްތެރިވެ އެވެ. މަގުތަކުގައި ކުނި ގިނަވެގެން މި އުޅެނީ މަގުތަކަށް ކުނި އަޅާ މީހުން ބަލައި ޖޫރިމަނާ ވެސް ކުރަމުން އަންނަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިއިބްރާ
14 June 2019
ސިޓީކައުންސިލްވަނީ ފޭލިވެއްޖެ
17 May 2019
މި ކަމަށް ހައްލެއް ހޯދަވައި ދެއްވާ؟
ހުސީނާ
16 May 2019
އަޅެ މުޅި ޗަނބޭލީމަގުގައި މިއޮންނަނީ ޕެެލެޓް. އެއިން އެއްޗެއް ނަގާލަބަަލަ.
ޓަކި
16 May 2019
ޢެއްވެސްކަމެެެެއްވާބަަައެއް ނޫނ ޢެއީހަމަފޮނި
މީވީގޮތޭ
16 May 2019
މާލެ އެކަންޏެއް ނޫނެވެ. އެއޮއް ހުޅުމާލޭގެ ތިންވަނަ ފްލެޓާ ދިމާވެސް ހީވަނީ ކުނި ކޮއްޓެއް ހެންނެވެ. އެހިސާބުގައި ދުވާ ވަހުންވެސް ދުއްވޭ ވަރެއްވެސް ނޫނެވެ.
ދޮން އާމިރު
16 May 2019
ޝިއު ބުރުޒުމަގުން ހިނގާބަލަ.
ބިސްބެ
16 May 2019
ކުނި އަޅާ ސަރަހައްދު އެބަ އިގޭ...ނިކަން ކެމެރާ ގަޑެއް ތިސަރަހައްދުގަ ހަރުކުރާށެވެ.މޮނިޓަރ ކޮށް ވެމްކޯ އިންވެސް ބަލާނީއެވެ.ދާދި އަވަހަށް ވަގު ހިފިދާނެ.
ފިނިހަކަ
16 May 2019
ޓީވީއެމް ވަށައިގެން ކެމެރާހުރޭ. އެތާއޮތް ޕިކަޕެއް ފުރި ބަންޑުންވާތާ 2 މަސް ވެއްޖެ. މިއުޅެނީ ކައުންސިލަށް ކޮންބާރުތަކެއް މިހާރު ނުލިބިގެން.
މިގޭ
16 May 2019
އަނގަތަޅާ ސިފާކޮބާ . އެއްކަމެއްވެސް ކުރާކަށަ ނޭނގޭ. އަޅޭ އަހާލަބަލަ. ޖަމަލުފޮޑި
ހަސަން ނުވަވަނަ
17 May 2019
ގުއޮފޮޑި ތަޅާ އެއްޗެއް އެއީ ނިކަން ވަސް ހުންނާނެ
ތިއްތި
16 May 2019
މިހާރު އަނެތްކާވެސް ތިކަން އާމުކަމަކައް ވެއްޖެ... މަގުމައްޗައް ކުނިއެޅުން، ބެހެއްޓުން ކަންތައްތައް ބަލާނެ މީހަކު ނެތް...
ޝިފާއްތަ
16 May 2019
އަޅޭ މިކަން ކުރީގަ އެތާތިބި ވެރިންކުރީ ކިހިނެއްބާ، އެމީހުން ކައިރި އަހާލުމަކީ ދެރވާންޖެހޭ ކަމެއްނޫނޭ މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ނުފެށެނީސް މިކަމާ އުޅެބަލަ.. ކޮބާތަ މޭޔަރު ކީކޭތަ މިކަމާ ވިދާޅުވަނީ