ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---
16 މެއި 2019 - 12:37
އުމުރުން 15 އަހަރުގައި ވިހެއި ކުއްޖާގެ ފަރުވާ އަދި ނުނިމޭ ކަމަށާއި އެ ކުއްޖާގެ ހާލަތާއި ރައްކާތެރިކަން ދިނުމުގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އުމުރުން 14 އަހަރުގައި ބަލިވެ އިން ކުއްޖާ މިދިޔަ ހަފުތާގައި ވިއްސީ ގޭގެ ފާޚާނާތެރޭގަ އެވެ. އެކަން ކުރީ ރައްޓެހިވެގެން އުޅުނު ކުއްޖާ އާއި އާއިލާ މީހެއްގެ ބައިވެރިވުމާ އެކު ކަމަށް ތުހުމަތު ކުރެ އެވެ. ދުވަސް ފުރައި ވިހެއި ދަރިފުޅު ވަނީ މަރުވެފަ އެވެ. އެ ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކަމެއް ނުވަތަ ވިހާފައި މަރާލީ ކަމެއް އަދި ސާފެއް ނުވެ އެވެ.
ވިހެއުމަށް ފަހު ދަރިފުޅުގެ ފޫޅު ބުރިކޮށްލަން އުޅުމުގެ ތެރޭގައި ހަށިގަނޑަށް ސީރިއަސް ގެއްލުންތަކެއް ލިބުމާ ގުޅިގެން އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ ފުރަތަމަ އެންމެ އިސްކަމެއް މިނިސްޓްރީން ދެނީ، އެ ކުއްޖާގެ ސިއްހީ ފަރުވާ އަށް ކަމަށެވެ. ފަރުވާ ނިމުމުން، މައްސަލަ ބަލައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވި އެވެ.
"އެ މައްސަލަ ކުރިއަށް ގެންދެވެން އޮތީ، އެ ކުއްޖާގެ ފަރުވާ ނިމުމުން،" އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާ ވިއްސި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، ރައްޓެހިވެގެން އުޅުނު މީހާ އެވެ. އެކަމަކު މިކަން ވެސް ފުލުހުން ކަށަވަރެއް ކޮށެއް ނުދެ އެވެ.
އާއިލާ އެކު ދިރިއުޅެމުން އައި 15 އަހަރުގެ ކުއްޖާ ބަލިވެ އިން ކަމެއް ރަށުގެ މީހުންނަކަށް ނޭނގެ އެވެ. ގްރޭޑް ނުވައެއްގައި ކިޔަވާ އެ ކުއްޖާ ވަރަށް ފަހަކާ ޖެހެންދެން ވެސް ސްކޫލަށް ދިޔަ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
17 May 2019
ލަދެއްހުރިމީހަކުނަމަ މިހާރު މާފައްއެދިފަ މަޤާމުންއިސްތިފާދީފީސް އިބްތިހާލުގެ މައްސަލަ ނުބެލުނުމީހަކަށް ދެންކޮން މައްސަލައެއްބެލޭނީ
17 May 2019
ހިތާމައަކީ ކުއްޖާއަށް ބޮޑު ކުށެއް ކުރެވުމުން އެ ކުށް ފޮރުވަން މިކަހަލަ މައިންބަފައިން މަސައްކަތް ކުރާތީ! މިކަހަލަ މައިންބަފައިންނާ ހެދި މި ޖީލު މި ހަލާކުވަނީ! ކުށް ކުރީމަ ފޮރުވަން ނޫޅޭ... އެކަށީގެންވާ އަދަބު ދީ ... ތަޢުބާވުމަށް ކުއްޖާއަށް ދަސްކޮށްދޭނަމަ މިކަހަލަ ކަންކަން ތަކުރާރުވާލެއްވެސް މަދުވާނެ!
ބަބުރަންޖީ ހާޖީ
16 May 2019
އިބްތިހާލު މައްސަލަ މިހާރު ކިހިނެތް ދަނީ؟ ހަނދާންހުރިހެންވެސް ހިޔެއްނުވޭ. އާކަންތައްތައް އަންނަންފެށީމާ ބާކަންތައްތައް ހަދާނުގެ ދުންފުނީގެތެރެއަށް ގެއްލިގެން ހިނގައިދާނެ.
ޕޮގުބާ
16 May 2019
ތިކުއްޖާ ގޭގަ ވިއްސަން އުޅުމަކީ ކުއްޖާޔަށްދިން ވަރަށްބޮޑު އަނިޔާއެއް ތިވަރުކުއްޖަކު ބަނޑު ބޮޑުވީމަ 9މަސްވަންދެން ރަހީނުކޮއްގެން ގެންގުޅިފަ ތިވަރުގެ ބޮޑު އަނިޔާއެއް ދިންބަޔަކަށް ވަރުގަދަ އަދަބެއް ދޭންޖެހޭނެ. ތިކުއްޖާ ވިހާފަހުންނާނީ ވަރަށް ހިތްދަތިހާލުގަ އެއްވެސް ސިއްހީއެހީތެރިކަމަކާނުލާ މިހާރުން މިހާރަށް މައްސަލަބަލާ ތިކަމުގަ ޒިންމާވާ ފަރާތްތަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރަން ވާނެ
މޫސަސ
16 May 2019
ފަރުވާ ދީފަ ކުއްޖާގެ މައްސަލަބަލަން މަޑުކުރިޔަސް މިއަށްހާ ދުވަހު ކުއްޖާގެ ކަންތައް ސިއްރުކޮށްގެން އުޅުނު މީހުން ޔަޤީންވާއިރު އެމީހުން ހައްޔަރުނުކޮށް ތިބުމަކީ ވަރަށް ބޭ އިންސާފުކަމެއް. ދޫކޮށްލާފަ ތިބީފަ އެތަށްބަޔަކާ މިހާރު ދާނީ މަސްވަރާކޮށް ޑީލްތަށް ހަދަމުން
މޮޔަމީހާ.
16 May 2019
ތަންތަނުގެ އިސްމަގާމުތަކަކަށް އަންހެނުން ކުފޫހަމަނުވޭ ޝިދާތާ އިސްތިއުފާ.. 100% އިން %30 އަންހެނުންގެ ދައުރުތިރިކުރަން ފެނޭ އީސީން ބުނި ގޮތަށް..
ހިގޮ
16 May 2019
ޝިދާތާ އަކީ ކަމެއް ދަމެއް ދަންނަ މީހެއް ނަމަ ފުރަތަމަ އެކުއްޖާ ބަލިވެ އިން ހިސާބުން ތިބުނާ ރައްޓެހިވެގެން އުޅުނު ކުއްޖާޔާ ތިމައިން ބަފައިންގެ އިހުމާލުވެސް ހޯދާ ސިއްޚީ ފަރުވާ ދޭތަނަކުން އެކުއްޖާ ވިއްސާނެ މިހާރު ތިވީގޮތުން ތުއްތު ކުއްޖާ މަރުވީ ކަމެއް މަރާލީ ކަމެއްނޭގުނު މައިމީހާ އަށް ގެއްލުން އަމިއްލަޔަށް ވިއްސުމަކީ ޖަރީމާ އެއް ބައިވެރިންނާ ޝިދާތާގެ އިހުމާލު ވެސް ބަލަން ޖެހޭނެ...އަދިވެސް ޓީވީ ތަކަށް އަރާ އަންހެނުންގެ ހައްގޭ ކުޑަކުދިންގެ ހައްގޭކިޔާ
ޒުވާނާ.
16 May 2019
އަދުލުއިންސާފު ނެތްތާކު ކޮންމެފަދަ ޖަރީމާއެއްވެސް ހިންގަފާނެ އަދުލުއިންސާފު ނެތްތާކު ދިރުމެއްނުވޭ މުސްލިމުންގެ ނަމުގަތިބެ ކުރާކަންތައް އަދިވެސް ފުލުހުންނާ ޖެންޑާޔާ ކޯޓުތަކުން ބަލަނީ ސިއްރުކުރެވޭތޯ މިހެންހެދުމުން ދެވަނަ މީހާ ލަދަކާނުލާ މިކަހަލަ ޖަރީމާތަކައް އަރައިގަނޭ
މިންމި
16 May 2019
މިހާރު މި އުޅޭ ކުދިން ލިޔާ ހަބަރު ކިޔާފައިވާ އިނގޭ އެއްޗަކަށްވުރެ ނޭނގޭ އެއްޗެހި ގިނަ.. ކޮންރަށެއްގައި ކޮން އިރަކު ހިނގި ކަމެއް ކަމެއްވެސް ނޭނގުނު.
މާމިގިލީ މީހާ
16 May 2019
މާމިގިލީ
އިމަނާ
16 May 2019
ފުރަތަމަ ބަލަންވީ ސދތ ގެ މައްސަލަނޫންތޯ. ކަމެއްނުވާމީހުންގެ ސަބަބުން މިކަހަލަމައްސަލަތައް އިތުރުވާނެ. ޒިންމާ ނަގަންޖެހޭވަރަށް ޒިންމާއެއް ނުނެގޭ. ބަލަންޖެހޭ ކަންކަމެއް ނުބެލޭ. އިސްތިއުފާ!