އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އިންތިޚާބުގައި އެއްވެސް މަކަރެއް، އޮޅުވާލުމެއް ނެތް ކަން މިހާރު ސާފުވާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
16 މެއި 2019 - 13:48
މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ބަހާނެ އެވެ. މެމްބަރުންގެ އަދަދަށް ބަލައިގެން އެ ފައިސާ ދޭއިރު މި އަހަރު އެންމެ ގިނައިން ލިބޭނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 50،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ އިތުރުން ފައިސާ ދޭން ފިނޭންސަށް ފޮނުވަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމަށް ފައިސާ ދިނުން މަޑުޖައްސާލީ އެ ޕާޓީގެ އަހަރީ ރިޕޯޓު އަލުން އިސްލާހުކޮށް ހުށަހަޅަން އަންގާފައިވާތީ ކަމަށެވެ. އެހެންވެ ޕީޕީއެމުން ރިޕޯޓު ހުށަހެޅިހާ އަވަހަކަށް ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިއަ އަހަރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ވެސް، ތަފާތު ސަބަބުތަކާ ހެދި، އީސީން ހިފެހެއްޓި އެވެ. އެގޮތުން އެ ފައިސާ އެ ޕާޓީއަށް ލިބުނީ މި މަހު އެވެ.
މި އަހަރު ވަކިވަކި ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދެއް އީސީއަކުން އަދި ހާމައެއް ނުކުރެ އެވެ.
2019 vana aharuge dhaulathuge budgetun faisaa libey party thakakee MDP, PPM, JP adhi MDA kamah kanda alhai, mi party thakuge therein MDP, JP adhi MDA ah faisaa dhookurumah Finance Ministry ah fonuvumah commission in nimmaifi
— Elections Commission (@ElectionsMv) May 16, 2019
ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން ލަސްވީ، އީސީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުން، އޭގެ ސައްހަކަން ބެލުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެކަމަކު ފައިސާ ދޫކުރާނީ 10،000 އަށް ވުރެން މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަކީމްދީދީގެ އަލިދީދީ
16 May 2019
މަގާމު ގެއްލޭދުވަހަކު މަގުމަތިން ކަލޭމެނާ އިންސާފު ބައްދަލުކުރާނެ...
ބޭބެ
16 May 2019
އިންސާފު؟
ބޮޑުމީހާ
16 May 2019
ކަލޭމެން ރަގަޅެއްނުވާނެ. އަބަދުވެސް ތިބޭނީ އެވަގުތު ވައިޖެހޭ ކޮޅަކަށް.
ޔަގީންއ
16 May 2019
ޕީޕީއެމްގަތިބޭނެ400000މެމްބަރުން
ިއިބްރާ
16 May 2019
ތިޔަކަންތަށްކުރަނީ ތިލަފަތުން. އެމްޑީޕީގެ ވެރިކަންނިމި ދެންއަންނަބަޔަކުވެސް އެމްޑީޕީގެ ފައިސާ ހިފަހައްޓާނެ. އެއީ ޑިމޮކްރަސީގެ ރީތިކަން.