އިލެކްޝަންސް ކޮމިޝަނުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ތިން މެމްބަރަކު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަދާލަތު ޕާޓީ އާއި ޑީއާރުޕީގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އެ ދެ ޕާޓީ 50،000ރ. އިން ޖޫރިމަނާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އޮޑިޓް ރިޕޯޓު ހުށަނާޅައިގެން އަދާލަތާއި ޑީއާރުޕީ ޖޫރިމަނާ ކުރިއިރު ޕީޕީއެމްގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ޕާޓީ ވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ޕީޕީއެމުން ފައިސާ ޚަރަދު ކުރިކަން ބަޔާން ކޮށްފައިވާތީ އެ ޕާޓީ 20،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ފައިސާ ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހާ 5،000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
Siyasee partyge gaanoonugai audit report hushalhan onna muhdhathugai, audit report hushahalhaafai nuvaathee, Adhaalath Party adhi Dhivehi rayyithunge Party 50,000/- rufiya in joorimanaa kurumah nimmaifi
— Elections Commission (@ElectionsMv) May 20, 2019
ސިޔާސީ ޕާޓީތަކުން މިދިޔަ އަހަރު ހިންގި ހަރަކާތްތަކާއި ލިބުނު ފައިސާ އާއި ޚަރަދު ކުރި ގޮތުގެ ރިޕޯޓު، ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އީސީ އަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް އެ މުއްދަތުގެ ފަހުން އަހަރީ ރިޕޯޓު ހުށަހަޅާފައިވާތީ އެމްޑީޕީ އާއި އަދާލަތާއި ޕީޕީއެމަށް ކޮމިޝަނުން ވަނީ އެ ގޮތަށް އަމަލު ނުކުރުމަށް އަންގައި އިންޒާރުދީފަ އެވެ.
Siyaasee Partyge ganoonugaivaa gothaa khilaafah faisaage kanthahthah balahattaafaivaa kamah PPM ge audit reportgai auditor faahaga koffaivaathee PPM 20,000/- rf in joorimanaa kurumah adhi e partyge faisaage kanthah balahattaa faraai 5,000/- rf in joorimanaa kurumah EC in nimmaifi
— Elections Commission (@ElectionsMv) May 20, 2019
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މުރާސިލް
20 May 2019
އަދާލަތު ޑީއާރުޕީ އަށް ސަރުކާރުން ފައިސާ ނުޑި އަދި ޖޫރިމަނާ ހާދަ ދެރައޭ ދޯ ..
ބުރާންތިބޯ
20 May 2019
ޑީ އާރުޕީ ކިޔާ ޕާޓީއެއް އެބަ އޮތްތަ؟؟
މަރޭމިތުރު
20 May 2019
މިގޮތައް ކުރެވޭ ޖުރިމާނާގެ ފައިސާ ވަންނަންޖެހޭނީ ފިނޭންސައް. އެހެނީ ޕާރޓީތަކަށް ފައިސާ ދޫކުރަނީވެސް ފިނޭންސުންވީމަ. މިކަމަކީ ރަނގަޅު ކަމެއް. ގަވާއިދުގައި ބައިތިއްބަންވާނީ!
ރަދީފު ބިންތު މަރޭ
20 May 2019
އިންޑިޔާމީހުންނަށް ކިޔާދޭން ފެނޭ.. އެމީހުން ތިޔަބުނާގޮތަށްހަދާފާނެ..