ތިނަދޫގައި މިއަދު އެކްސިޑެންޓްވި ކާރާއި އެ ކާރު ޖެހުމުން ވެއްޓުނު ފާރު -- ފޮޓޯ: ޕޮލިސް
23 މެއި 2019 - 20:37
ގދ. ތިނަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ކޮންޓްރޯލުން ނެއްޓުނު ކާރެއް ގެއެއްގެ ފާރެއްގައި ޖެހި، ފާރު ވެއްޓިއްޖެ އެވެ.
މި އެކްސިޑެންޓު ހިނގީ އެ ރަށުގެ ގާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކައިރިން ކާރު ނެއްޓެންވެގެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.
ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލުން ނެއްޓުނު ކާރާއި އެ ކާރު ޖެހުމުން ވެއްޓުނު ފާރު -- ފޮޓޯ: ޕޮލިސް
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު ކާރަށާާއި އެ ގޭގެ ފާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކާރު ޖެހުނު ފާރުގެ ބޮޑު ބައެއް ވަނީ އެ ގޭގެ ގޯތި ތެރެއަށް ވެއްޓިފަ އެވެ. އަދި އެ ކާރުގެ ބަމްޕަރު ވެސް ވަނީ ނެއްޓިފަ އެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މިއަދު ހަވީރު 5:30 ހާ އިރު ހިނގި މި އެކްސިޑެންޓް ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެތަނުން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ވެސް ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނަސް ޓެކްސީ އަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
24 May 2019
މިސަރުކާރު ވެރިކަމަށް އައިފަހުން ކޮންމެދުވަހަކުވެސް ކޮންމެސް ހާދިސާއެއްގަ މީހަކު މަރުވުން ކޮންމެދުވަހަކު އެކްސިޑެންޓް ހިނގުން. މުޅިންވެސް މިކަހަލަ ހަބަރު. އަނެއްޚަ ކޮންކަހަލަ ބައެއްބާ ވެރިކަމަށް ގެނެވިފާ މިތިބީ.
ދަންނަ ނުދަންނަ
24 May 2019
މިއޮތީ އަނެއްކާ އަނެއް ކަންތައް. ވައްކަން އެހާވަރު. މަސްތުވާތަކެތި ވިއްކުން އިންތިހާގައި. އެކްސިޑެންޓްވުން ހަބޭސް. އެކްސިޑެންޓެއް ވީމާ އެމީހާ ގެނެސް މައްސަލަ ބަލާފައި 40 އެތިފަހަރުން ތަޢުޒީރުކުރަން ގާނޫނުގައި ލިޔެފައި އެ އަދަބު ފިސާރި ބާރާއެކު ދީބަލަ. އޭރުން މިކަން ހުއްޓޭނެ. ތަޢުޒީރުގެ އަދަބު ނުގެނެސް ކުށް ކުރުމެއް ނުހުއްޓޭނެ. ސިންގަޕޫރަށް ހަދަން ބޭނުމިއްޔާ ސިންގަޕޫރުގައި އޮންނަ ގޮތަށް ތައުޒީރުގެ އަދަބު ދޭންޖެހޭ.
މުޙައްމަދު އަލާއުއްދީން
23 May 2019
މީވެސް ނިދީގެ މައްސަލައެއްތޯ؟