ޚަބަރު / އަބްދުލްމަޖީދު އަބްދުލްބާރީ

އެއީ ކޮރަޕްޝަނާއި ޑޮކިއުމެންޓްރީގެ ވާހަކަ އޮއްބާލަން ކުރާ ކަމެއް: ޑރ. މަޖީދު

އިދިކޮޅު އިއްތިހާދުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑރ. މަޖީދު (މ): އޭނާ ވިދާޅުވީ އޭނާ ހައްޔަރު ނުކުރާ ކަމަށް.---ފައިލް ފޮޓޯ: އެމްޑީޕީ

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާއިން އޭނާ ހައްޔަރު ނުކުރާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ މީހުން ތަފާތު ގޮތްގޮތަށް އަޑު ފެތުރީ، ސަރުކާރުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަތައް އޮއްބާލަން ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޑެއިލީ މިރާގެ ނޫހުން އިއްޔެ ބުނެފައި ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ރޭ އިރާކޮޅު މާލެއަށް ފުރަން އުޅުނިކޮށް އުމުރުން 53 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އެ މީހާގެ އަތުގައި 45،000 ޑޮލަރު (6.7 މިލިއަން ލަންކާ ރުޕީސް/ 691،200 ދިވެހި ރުފިޔާ) ހުރި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ޑެއިލީ މިރާގައި ހައްޔަރުކުރި މީހާގެ ނަން ޖަހާފައި ނެތަސް "މިހާރު" އިން ބެލިބެލުމުން އެނގުނު ގޮތުގައި އެއީ ދީނީ އިލްމުވެރިޔާ މަޖީދެވެ. އެކަމަކު އޭނާ ވަނީ އެމިރޭޓްސް ފްލައިޓުން ރޭ ރާއްޖެ ވަޑައިގެންފަ އެވެ.

ފައިސާ ހުރީ އަތް ދަބަހުގައި ފޮރުވާފައިވާ ކަމަށް ޑެއިލީ މިރާގައިވެ އެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.

ލަންކާގެ ގާނޫނު ބުނާ އަދަދަށް ވުރެ އިތުރަށް އެ ގައުމުން ޑޮލަރު ބޭރު ކުރައްވަން އުޅުއްވިތޯ "މިހާރު" އިން ދެންނެވުމުން އެއަށް މަޖީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ހަމައެކަނި ވިދާޅުވީ "ކޮންމެ މީހެއްގެ އަތުގައި ވެސް ލާރި ހުންނާނެ" ކަމަށާއި މައްސަލަ ބޮޑުކޮށްލައިގެން އުޅެނީ ސަރުކާރަށް ނިސްބަތްވާ މީހުން ކަމަށެވެ.

"އެއީ ހައްތާ ވެސް ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އާއި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ވާހަކަ އަށް ހިޔަނި އަޅުވަން ވެގެން ބަޔަކު ކުރާ ޖެއްސުމެއް. އަސްލު މިކަން ބޮޑުކުރަނީ ސަރުކާރުގެ ފަރާތުން. އިންޓެލިޖެންސަށް މައުލޫމާތު ދީ އެކި ގޮތްގޮތުން ކަންކަން ބޮޑުކޮށްލީ،" މަޖީދު ވިދާޅުވި އެވެ.

ލަންކާގެ މައި އެއާޕޯޓުން ހައްޔަރުކުރިތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ވެސް ނުހިނގާ ކަމަށެވެ.

"ސުވާލުކުރާތީ، މަޑުކޮށްލީމާ ފްލައިޓް މިސްވީ،" މަޖީދު ވިދާޅުވި އެވެ.

އޭނާ ލަންކާއަށް ވަޑައިގެންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު ބައެއްް އިސް ބޭފުޅުން މިހާރު ތިއްބެވީ ލަންކާގަ އެވެ. މި ދުވަސްވަރު ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ގުޅުން ގޯސް ކަމަށް ބެލެވޭއިރު، ނަޝީދުގެ ދިފާއުގައި ވެސް އެ ގައުމުގެ ސަރުކާރުން ދާދި ފަހުން ވަނީ ވާހަކަ ދައްކައިފަ އެވެ.

48 ކޮމެންޓް, 232 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާސް

06 September 2016

ދެން ކޮބައިތޯ އެ ޑޮލަރުތައް ... ކޮންތާކަށްތޯ ފޮރުވީ.. ކުރާސުވާލަށް ޖަވާބުދޭން ޖެހިލުންވަނީ ކޮނަކަމަކާތޯ؟ ތީތޯ ސްޓީލިންގް ޕެރަޑައިސް އަކީ ؟

The name is already taken The name is available. Register?

ރޯނުއެދުރު

06 September 2016

ކަމެއްފޮރުވަން ކުރާސުވާލާ އިދިކޮޅަށް މި ޖަވާބުދެނީ

The name is already taken The name is available. Register?

އިބޫ

06 September 2016

މިފަހަރު މިއޮތީ މިކމެއް ހިނގާފަ، ދެން އެހެން ބައެއްގެ ބޮލުގައި އެޅުވުމަށްވުރެ، ތިމާ އަސް ކުރެވުނު ކަންތަކުގެ ޒިންމާ ނަގާ، ދީނީ އިލްމު ވެރިންގެ އަގު ހިފެހެއްޓުން މޮޅުއިތުރުވާ ކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ...ވެދުން

The name is already taken The name is available. Register?

ޢިބިރިހިން ބެއްޔާ

05 September 2016

"އިންޓެލިޖެންސަށް މައުލޫމާތު ދީ އެކި ގޮތްގޮތުން ކަންކަން ބޮޑުކޮށްލީ،" މަޖީދު ވިދާޅުވި އެވެ. ދެން އިތުރުވާހަކައެއް ބޭނުމެއް ނެތެއްނޫންތޯ؟

The name is already taken The name is available. Register?

ޑރ ފެލޯޝިޕް

05 September 2016

އަމިއްލަ ނަފްސަށްވެސް ތެދުވެރި ނުވާނެ މި ސިޔާސީ ކަންކަމުގައި އުޅޭމީހުން. ކުށެއް ކުރެވުމަކީ ވެދާނެ ކަމެއް ކޮންމެހެން އަނެއްބައެއއގް ބޮލުގައި އަޅުވާފައި ތިމާ ނުކުރާކަމަކައް ހެދުން ނޫން ކަމެއް ތިޔަ މީހުންގެ ކިބައިން ނުފެނޭ. ކީއްތަވާނީ ނޭގިގެން ކުރެވުނު ކަމެއްކަމައް ބުނިނަމަ. ހުރިހާ ކަމެއް އެކައްވެސް އިނގޭކައްނުޖެހޭނު، ނޭގުމަކީ ލަދުވެތިވާން ޖެހޭކަމެއްނޫނޭ..

The name is already taken The name is available. Register?

އަލިފުބާގަ

05 September 2016

މި ބޭކަލުންނަށް މީހުން ކުރާ ސުވާލަށް ޖަވާބު ދެއްވަންވެސް އެނގިނުލައްވާ! މަޖީދުގެ މިނިސްޓަރު ކަމުގަ ކަންކަން ކުރެއްވައި ދެއްކެވި ވާހަކަތަކުން ވަރަށް ފޫހިވީ.

The name is already taken The name is available. Register?

މިހާދު

05 September 2016

ރީތި ކޮށް އޮންނަ ގޮތަށް ފައިސާ ބޭރުކުރައްވާތި ދެން. ފައިސާ ޑިކްލެއަރ ކޮށްލާފަ ގެންދަވާނީ. އޮންނަ މިކަހަލަ ގަވައިދު ތަކަށް ބޯލަބަންޖެހޭނެ.

The name is already taken The name is available. Register?

ޑޮލަރޭ

05 September 2016

ކެކެކެކެކެކެކެކެކެކެކެކެކެކެ.މަޖީދު ހީކުރީ މަޖީދު ތީ މާ ސިޔާސީ އުރައްޕެއް ހުރި މީހެއްކަމަށްތަ މަޖީދުގެ ވާހަކަ ދައްކައިގެން ޑޮކިއުމެންޓްރީގެ ވާހަކަ އޮބެން.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

05 September 2016

ބައެއް ބޭފުޅުންނަށް ތިމާއޮޅި އަދި އެހެންމީހުންވެސް އޮޅޭ.

The name is already taken The name is available. Register?

ބަކަރި

06 September 2016

ވަރައް ހިތުގަ ޖެހިއްޖެ ދޯ

The name is already taken The name is available. Register?

ނަމެއް ނެތި

05 September 2016

ޢަމިއްލައަށް ކުށް ކޮށްފަ ބަންދުކުރީމަ އެކަންވެސް އެއީ އެހެން ބަޔަކު ކުރިކަމެއް. މިކަހަލަ ވާހަކަ ޑރ.މަޖީދު ކަހަބޭފުޅަކު ދެއްކެވީމަ ބަޔަކު އަޅެ ހޭބަލި ވެދާނެއެއްނު. ތިޔަ 45،000 ޑޮލަރުަ އަތް ދަބަހަށް ލީ ވެސް ސަރުކާރުންތަ؟ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދޭން ނުކެރުނިއްޔޯ؟ ބޯހަލާކު މިކަހަލަ ސިޔާސީ މީހުނާހެދި

The name is already taken The name is available. Register?

ނިރު

05 September 2016

ނޭވާ ހޮޅިޔަށް އެޅިފަ އޮންނަ އިރުވެސް މިކަހަލަ މީހުން ތެދުބަހުން ވާހަކަ ނުދައްކާނެ. ނޫސްވެރިޔާ ކުރާ ސުވާލާ ދިމާ އިދިކޮޅު ޖަވާބެއް އެދެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454