28 މެއި 2019 - 00:23
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް އެމްޑީޕީން މިރޭ ނިންމި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ނިންމި އީވާ އަބްދުﷲ އަށް، އެ ޕާޓީގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
މަރުހަބާ ވިދާޅުވެ ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކައި އާ މަޖިލީހާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްޑީޕީގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ ރައީސް މިރޭ ޓްވީޓް ކުރައްވާފައިވާއިރު ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ދުވަސް ވަރު ވެސް ރައީސް ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް މީހާ ކަމަށް ވިދާޅުވެފަ އެވެ.
As MDP’s most senior official, I offer my warm congratulations to Pres. @MohamedNasheed and MP @evattey for securing the nomination for Majlis Speaker and Deputy respectively. Congrats also to the PG Group. I look forward to work with the new Majlis on behalf of all Maldivians.
— Ibrahim Mohamed Solih (@ibusolih) May 27, 2019
ރައީސް މިރޭ ކުރެއްވި ޓްވީޓް--
އެ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ މީހަކު ރައީސްކަމުގެ މަގާމުގައި ހުރެއްޖެ ނަމަ އެ ޕާޓީގެ އެންމެ އިސް މީހަކީ ރައީސެވެ.
ޕާޓީގެ އެންމެ އިސް މީހާކަމަށް ރައީސް މިރޭ ވިދާޅުވެފައިވާއިރު މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ ބަހުސް ހޫނުވެ އެމްޑީޕީ ތެރެ އޮތީ ވަރަށް ބޮޑަށް ދެ ބަސްވެފަ އެވެ. މަޖިލީހުގެ ރައީސަކަށް ގެނައުމަށް ރައީސް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި އަދި ކުރިން ތ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ހަސަން އަފީފެވެ. ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހަންމަދު އަސްލަމަށެވެ.
MDP ge bodu nimmun: Vaguthu kudathan vejje!
The most trusted news source in the Maldives
Mihaaru
ނަޝީދު މަޖިލީހުގެ ރައީސް އަކަށް ގެނައުމަށް ނިންމުން--
މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ގެނައުމަށް ނިންމީ އެ މަގާމަށް އެންމެ ވާދަ ކުރެއްވި އަފީފާއި އަސްލަމް އެގޮތަށް މިރޭ ހުށަހެޅުއްވުމުންނެވެ. އެ ބޭފުޅުން ވިދާޅުވީ މަސްލަހަތަށް ވިސްނާފައި އެންމެ ރަނގަޅު ގޮތަކީ ނަޝީދު އެ މަގާމަށް ވަޑައިގަތުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާއު
28 May 2019
ރައީސްކަމުގެ ނިމުން ގެންނަ ފުރަތަމަ މަރްހަލާއަށް މަރްހަބާ ކިޔަންވާނެ..
ނެތޭ
28 May 2019
އެންމެ ޑިމޮކްރެޓިކް ޕާޓީގައި މަގާމަކަށް ވާދަކޮށްލައިގެން ރީތިކޮށް މީހަކު ހޮވުމުގެ ގާބިލްކަމެއް ނެތްކަން މިކަމުން އެނގެނީ. އަދި އިބޫއަށް އިތުރު ބާރެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަނުދޭނެކަން މިކަމުން އެނގެނީ. އަދި ޕާޓީ ތެރޭގައި ކިތަންމެ ނޭދެވޭ ނުކިއްސަރު ކަމެއް ހިނގިއަސް އެކަމާމެދު ޚިޔާލެއްހާ ހިސާބުވެސް ވަކި މީހަކާ ޖެހުނީމަ ފާޅުކޮށްލަން ނުކެރޭ، ކޮންމެ ނިންމުމަކަށް ރަބަރ ސްޓޭމްޕް ޖަހާނެފަދަ ބަޔަކު މިފަހަރު މަޖްލިހަށް ހޮވުނުކަން އެނގެނީ.
12345
28 May 2019
މިވަރުގެ ގޮތްކުޑަ އިންސާނަކު ނުހުންނާނެ.
އިއްބެއް
28 May 2019
ޕޮލިޓިކަލް ޕްލޮޓް ޓްވިސްޓު ވި ދޯ. ސަޅި. ފިލްމުތަކަށް ވުރެ ސަޅި ޓްވިސްޓެއް މީ.
އަދީލް
28 May 2019
ގައުމުގެ ވެރިއަކަށް ހުރި މީހަކު މިފަދަ ނުބައި އަމަލުހިންގާ އޮޅުވާލާ މަކަރު ހަދައިފިނަމަ އެމީހަކު ވެރިކަމުން ބޭލުމަކީ، ތަހްޒީބު މުޖްތަމަޢުތަކުގައި ކަންކުރާގޮތް. ދިވެހިރާއްޖެއަކީ، ހަސަދައާއި ފިތުނައާއި، ދޮގުހެދުމާއި، ފައިސާގެ ދަހިވެތިކަމަށް ހެއްލި ހަލާކުވެފަތިބި އިންސާނުން ލަދުގަންނަ ދަރަޖައިގެ ދަށްފެންވަރަކަށް ވެއްޓިފަ ތިބި ބަޔަކަށްވާތީ، ރައްޔިތުންގެ މޫނަށް ކުޅުޖެހިއަސް ފޮހެލާފަ، ބުނާނެ 6 ކުޅި ކުރިއަށޭ ތިކުޅުއްވީ. ވަރަށްވެސް ފުރިހަމައޭ.
އުއްމީދު
28 May 2019
ހާދަ ޑްރާމާއެކޭ ދޯ!!! އިނގިދާނެތާ މި މީހުންގެ ހުރި ވަރެއްވެސް! އުންމީދުކުރަން 05 އަހަރު ފަހުން އެހެން މީހުންނެކޭ އެއްފަައިން ބަދަލުކުރަން ނުޖެހޭވަރަށް ރައްޔިތުންނަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް މަޖިލީހުގެ ތެރެއިން ކޮއްދޭނެކަމަށް.
ފިސާރިކަނބަލެއް
28 May 2019
ކޮބާ ލައްކައެއްޗިއްސެއް ކިއެއްނޫން ރ، ނަޝީދުއަށް، އެބޭފުޅުންނަށް މިހާރު ހަމަރަގަޅައްވެސް ސާފު ވެގެންދާނެ، މިއީ ހިތާހިތުގެ ގުޅުމެއްކަން، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރަށްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފުއަގުލަބިއްޔަތަކުން
ގަލަން
28 May 2019
ފަޅަނީ ހަމަ އެއް ކަރައެއް. އިބޫގެ ވެރިކަން ވެސް ނިމިގެން ދާނެ.. އިންޝާ ﷲ.. މި ވެރިކަން ގެންނަން ޖާނާއި މާލުން ގުރުބާންވެ ވޯޓުދިން މީހުންގެ ހައްޤުކޮބާތޯ؟ އާރާއި ބާރު ލިބުނީމަ ބޮޑާވެ ނަހަމަ ގޮތުގައި ބޭނުން ނުހިފާށެވެ.
ކަތީއްބެ
28 May 2019
އެހެންގޮތެއް ނެތީމަ މަރުޙާބާވެސްކިޔާނެ، އަދި ފައިބުޑަށްގޮސް އާދޭސްވެސްކުރާ ހިސާބަށް ދާނެ، މިމީހުން ކޮށްފަ ނުކުރާނެކަމެއް އަންދާޒާކުރަންވެސް ނޭގޭނެ، އެހެނެއްކަމަމު ތިޔަ އިންސާނާ ކުރާނެކަންކަން ވަރަށް ސަރީޙަކޮށް އަންދާޒާކުރެވޭނެ، ރައްޔިތުން ވާވެއްދުމުގެ ލާމަސީލު ނަމޫނާއެއް، އަދި އެހާމެ ކާމިޔާބުވެސްމީހެއް، އެހެނަސް ޝައިޠާނާއާ ގާތްވީ ވަރަކަށް ﷲގެ ރަޙުމަތުން ބޭރުވާނެކަން ކަށަވަރު/.
ޢައްޓަމަސް
28 May 2019
ލިބިއްޖެޔާ އާއިލީ ވެރިކަމެއް ނުކުރަނީ ކާކު މިޔޮތީ އާއިލީ ވެރިކަން ފެށިފަ ދެންތިބޭ ކުޅިބަލަން
ހޮނުގުގުރި
28 May 2019
ކުރިން ތި ނަޝީދު ބުނި ރާއްޖޭގެ ރައީސް ކަމެއްވެސް ބޭނުމެއްނޫނޭ މިފަހަރު ބުނީ މަޖުލީހިގެ ރައީސްކަމެއްވެސް ބޭނުމެއްނޫނޭ ތިމަންނައަށްވުރެން ގާބިލު މީހުން އެމްޑީޕީ އެބަތިއްބޭ ވީމާ މީނަގެ ނިޔަތް ވަރަށް ސާފު