ޕީޕީއެމްގެ ކެމްޕޭނު ޖަލްސާއެއް ކުރިއަށްދަނީ: ކެމްޕޭން ޖަލްސާތަކަށް މާލެ އަށް މީހުން ގެންނަން ކުރި ދަތުރުތަކަށް އެ ޕާޓީން ވަނީ އައިލެންޑް އޭވިއޭޝަނަށް ފައިސާ ދައްކާފައ. -- ފޮޓޯ: މިހާރު
28 މެއި 2019 - 11:14
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެެސް) އަށް ޕީޕީއެމުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައިފި އެވެ.
މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމުން އިއްޔެ އެ ކުންފުންޏަށް 3.8 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
"ޕީޕީއެމުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެންނަށް އެ ވަނީ އިއްޔެ ދައްކާފައި،" މޫސަ ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދަން ކުރި ކެމްޕޭން ދަތުރުތަކަށް ފަހުން ފައިސާ ދައްކާ ގޮތަށް އައިލެންޑް އޭވިއޭޝަނުން ޕީޕީއެމާ އެކު އެއްބަސްވުމެއް ހެދި އެވެ. އެ ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އެރި އެވެ.
އެ ފައިސާ ޕީޕީއެމުން ނުދައްކައިގެން އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅި އެވެ. އީސީ އަށް މައްސަލަ ހުށަހެޅުމާ އެކު ޕީޕީއެމުން އެއް މިލިއަން ރުފިޔާ ދެއްކި އެވެ. އިއްޔެ ދެއްކީ ބާކީ އޮތް 3.8 މިލިއަން ރުފިޔާ އެވެ.
މި ފައިސާ ދައްކާފައި މި ވަނީ ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ދިނުމަށް އީސީން ފިނޭންސަށް ފޮނުވާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމްދޫން. ބޮންޒޯ. ތ.ދިޔަމިގިލި
28 May 2019
ނުދައްކާ ކޮންތާކަށް ދާނީވެސް. ޙަހަހ
ބަޖާޖު
28 May 2019
ފީފާގެ ފައިނޭންޝިއަލް ފެއަރ ޕްލޭ ރޫލް ގޮތަށް ދިވެހިރާއްޖޭގެ ޕާޓީތައްވެސް ފައިނޭންޝީއަލް ފެއަރ ޕްލޭ ރޫލްގެ އެއްގެ ދަށުން މަސައްކަތް ކުރުމަށް ފެނޭ. މިހާރު މި ފެންނަގޮތަށް ދަރަނިވެރި ވެގެން ނަފްސާ ފުރާނައާއި ޕިކްފައިން ވިއްކައިގެން ދެކޮޅު ނުޖެއްސިގެން ޕާޓީތައް އުޅެން ނުޖެހޭ.
ހަސަން ނުވަވަނަ
28 May 2019
ޔާމީން ވެރިކަމުގަ މޯލްޑިވިއަންގެ މެނޭޖަރުންނާނާ އެސިސްޓެންޓު މެނޭޖަރުންގެ މުސާރު އޯގާތެރި ވެރިކަމުގަ އަމިއްލައަށް ދެގުނަ ބޮޑުކޮށްގެން ޕާޓި އެކްޓިވިސްޓަކަށް ކޮމްޕެނީގެ މެންޑޭޓުގަ ނުވެސް ނެތް މަގާމެއް ހަދައިގެން ވަރަށް ފުރިހަމަ ޖަޒީރާވަނަތް ވެރިކަމެއް އެބަކުރޭ
ހަސީން
28 May 2019
ތި ދެން ހޮޅުއަށި ވާހަކަ. މުސާރަ ބޮޑެއް ނުކުރޭ މަވެސް އެތާ މިއުޅެނީ. ފިނޭންސަށް ނޫނީ މިތާ އޮފީހަށް ގުޅާލާފައި އަހާލިއަސް އެވަރު އިގޭނެ. ދެން ބުނަން. މިހާރު އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކީ އެދާއިރާއިން ރާއްޖޭން މަތީ ތައްލީމް ހާސިލުކޮށްފައި ތިބި މަދު މީހުންގެ ތެރެއިން މީހެއް. އޭނަ އައީ ޕޮލިޓިކަލީ އެކްޓިވް މީހެއް ނޫން. ދެން ސިޔާސީ ގޮތުން އެފިކުރެއް ގަބޫލު ކުރާ ބަޔަކު ދޯ އެސަރުކާރެއްގެ އިސް މަގާމުތަކަށް ލާނީ ކޮންމެ ގައުމެއްގައިވެސް.
އަންްނި
28 May 2019
އެންމެންނަށް މުސާރަ ބޮޑުކުރި ވާހަކައެއް ނޫން. އެތާ އުޅޭ މީހެއް ވެއްޖެއްޔާ އިނގޭނެ ޑެޕިއުޓީ މެނޭޖިންގެ ޑިރެކްޓަރގެ މަގާމަށް ޖެނިފާ އައްޔަންކުރިކަން. އަދި މުސާރަ 80000ރ. މިއީ އަލަށް އުފެއްދި، ކޮމްޕެނީގެ މެންޑޭޓުގައި ދުވަހަކުވެސް އޮތް މަގާމެއް ނޫން. މެނޭޖަރުންގެ މުސާރަ ދެގުނަ ބޮޑުކުރިކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް. ތިމާ ލޯބިވާ މީހާ ދިފާއުކުރަން ރޯދަމަހެއްގައިވެސް ކިތަންމެ ފަދަ ބޮޑު ދޮގެއް ހަދަންވެސް ފަސްނުޖެހޭނެކަން މިއެނގެނީ.
ހުސްނާާ
28 May 2019
ހަސީނަކީ މޯލްޑިވިއަންގައި އުޅުނަސް ކުނިކަހާ މީހަކަށްވެސް ވެދާނެ، ނޫނީ ކެބިން ކްރޫއަކަށްވެސް ވެދާނެ. އެހެންވީމާ މުސާރަ ބޮޑު ނުވެދާނެ. މެނޭޖްމެންޓް ލެވެލް މީހުންގެ މުސާރަ ބޮޑުކުރީ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައާ ދާދި އެއްވަރުގެ މުސާރައަކާއެކު، މަގާމެއް ފަހާފަ ޖެނިފާ ލައްވާފަ އެހެރީ. ދެންވެސް ދޮގެއް ހެދެން އޮއްވާ ތެދެއް ނަހަދާ ވޭތޯ ބަލާތި
ހަސަން ނުވަވަނަ
28 May 2019
https://maldivian.aero/corporate/our-management.html ކަލޯ ހަސީނު މި ލިންކަށް ފިތާލާފަ ބޯޑް އޮފް ޑިރެކްޓަރސްގެ ދަށުން ތިންވަނައަށް އިން ނަން ބަލާބަލަ.