ޕޮލިސް ކޮމިޝަނަރު ހަމީދު: ކުށްކުށާ ގުޅިގެން ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމަން އޭނާ ގޮވާލެއްވި -- ފޮޓޯ/މިހާރު
28 މެއި 2019 - 12:40
ކުށުގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން އަމިއްލައަށް ނިކުމެ ކަންކަމުގައި ގޮތް ނުނިންމަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގޮވާލައްވައިފި އެވެ.
ދާދިފަހުން ކ. ދިއްފުށީގައި ވައްކަން އިތުރުވުމުން އެ ރަށު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ވަގުންނާއި ކުރިމަތިލައި، ހަމަނުޖެހުންތައް ހިންގައިފަ އެވެ. އަދި ދާދިފަހުން ހުޅުމާލޭގައި ކުޑަކުއްޖަކާ ބެހުނު މީހަކު މަގުމަތީގައި ގަންހިންގުވަނިކޮށް ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްފަ އެވެ.
ހަމީދު އިއްޔެ ކުރެއްވިި ޓްވީޓެއްގައިވަނީ ފުލުހުންނަށް ރައްޔިތުން އިތުބާރު ކުރަން އުނދަގޫވާ ފަދަ ކަންތައްތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު ކުށްތައް ހިނގުމުން އެކަން ބެލުމަށް ރިޕޯޓްކޮށް، އެކަންކަން ބެލުން ފުލުހުންނާ ހަވާލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނު ރައްޔިތުންގެ އަތްމައްޗަށް ނުނެގުމަށް ގޮވާލާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
"ގާނޫނުގެ ވެރިކަމަށް އިހްތިރާމް ކުރުމަށް އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ވެސް ޒިންމާއެއް އެބައޮތް." ހަމީދުގެ ޓްވީޓްގައިވެ އެވެ.
Whilst understanding the issues around trust and confidence in the police servive, we urge the public to report crime and disorder matters to us and not take law in to hands. We are working on to improve. We all have a duty to respect the rule of law.
— Mohamed Hameed (@M_Hameedh) May 27, 2019
ހަމީދުގެ ޓްވީޓް
ދިއްފުށީގައި ދެ ތިން ރޭ މަތިން ހިނގި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވެ އެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި އެސްއޯ ފުލުހުން ވެސް އެރަށުގައި ބޭތިއްބި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޕޭ
29 May 2019
ޢިންސާފު ަ
އިންސާނާ
28 May 2019
އެހެން ވެއްޖިއްޔާ ސީޕީމެން ނިދިންހޭލާ ރައްޔިތުންނައްވުރެން ކުރިން ރައްޔިތުންނައް ގޯނާކުރާމީނުންނާދޭތެރޭ ގޮތްނިންމަވާ އޭރުން ހުރިހާކަމެއްވެސް ދާނީ ރަނގަޅައް
ބަނޑަހަ
28 May 2019
ދަރިއާ ބެހިގެން ރިޕޯޓްކުރީމަ އައިސް ހައްޔަރުނުކުރިޔަސް މައިންބަފައިން ތިބެންވީ ކަމެއްނުކޮށް އަތްއުރާލައިގެން ދަރިން ރޯއަޑު އަހަން؟؟ ގަންހިންގުވީމަ އޭނަގެ ސަލާމަތަށް އެމީހާވެސް ގެންދިޔައީ. ސޯޝަލް މީޑިއާގަ ޕޮލިސް ބޭޒާރުކުރިއްޔާ ނޫނީ ފިޔަވަޅެއް ނާޅާ. ތިން ބޭންނާ ބެހުނު މީހާވެސް މިނިވަންކަމާއެކު. ދެން ބުނާނެ ތަހުގީގު ނިމެންދެން ބަންދުގަ ބަހައްޓާކަށް ނުޖެހެއޭ! ފުލުސް މީހާވެސް ކުދިންނާ ބެހިފަ މިނިވަންކަމުގަ ލަންކާގަ! ޕޮލިސް ވަނީ މުޅިން ފެއިލްވެފަ.
ސާރު
28 May 2019
ސާރ!!! އަޅުގަނޑުމެން ވެސް މިއުޅެނީ ކިޔެވުމުގަ އާއި ދިރާސާ ކުރުމުގައި އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ދިމާވާ މައްސަލަތަކުގެ ހައްލުތައް އީޖާދު ކުރުމުގައި އަވަދި ނެތި ރާއްޖެއަށް މިހާލަތު އަންނާނެ ކަން މާކުރިން އިގޭ އަދި ކުރިޔަށް އޮތީ މާނުރައްކާ ހާލަތެއް މުއްސަދިންގެ ފައިސާއާއި ދޭތެރޭ ސުވާލް އުފައްދައި މުދާތައްނަގަން ރައްޔިތުންނުކުންނާނެ ސަބަބަކަށް ވަނީ ކޮރޮޕްޝަން ބޮޑުވެ އާންމުންގެ ފަޤީރުކަން އިންތިހާއަށް ދިއުން
ޢަދަބުދީ
28 May 2019
ތިކަން ވަރަށް ފަސޭހައިން ހުއްޓުވޭނެ އެވެ. އަމިއްލައަށް ގޮތް ނިންމައި، ކުށްކުރި މީހާއަށް އަނިޔާ ކުރަނީ ވެސް ގިނަފަހަރަށް ހަމަ ކުށްކުރުމަށް އާދަވެފައި ތިބޭ މީހުންނެވެ. އެފަދަ ޢަމަލު ހިންގާ މީހުންނަށް ވެސް ޙައްޤު އަދަބު ދޭށެވެ. ތިހެން ބަޔާނެއް ނެރެލައިގެން ޙައްލު ވާވަރަށްވުރެ މިހާރު ރާއްޖޭގެ މީހުން ޙަޔާތްކުޑަ ވެފައި، ނުބައެވެ.
ރާވެރިބެ
28 May 2019
ވަރަށް ރަނގަޅު ވާހަކައެވެ. ނަމަވެސް މުޖުތަމައުން އިންސާފު ގެއްލި ބާރުވެރިކަން ކުށްވެރިންގެ އަތްމައްޗަށްގޮސް ގާނޫނަކުން ގަވާއިދަކުން މުޖުތަމައުގެ މައްސަލަތަކަށް ހައްލު ނުލިބޭނަމަ ދެންވާނީ މިފަދަ ގޮތެކެވެ. ކިތަންމެ ބޭނުންނުވިޔަސް ނުވެ ނުދާނެ ކަމެކެވެ.
ކަތްދައްތަ
28 May 2019
ރައްޔިތުން ޤާނޫނު އަތްމައްޗަށް ނަގަންފަށަނީ ދައުލަތް ފޭލިވުމުން. ވެރިކަމާއި ރައްޔިތުންނާއި ދެމެދު އޮންނަ "ސޯސަލް ކްންޓްރެކްޓް" އާ އެއްގޮތަށް ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވުމުގެ ނަތީޖާއަކީ ރައްޔިތުން އަދާކުރަމުންދާ "ކިޔަމަންތެރިކަން" ނިމުން. އެއީ ޢަދުލުއިންސާފުގެ ދާއިރާ ނުވަތަ ޤާނޫނު ހަދާފަރާތް ނުވަތަ ޤާނޫނު ތަންފީޛުކުރާ ފަރާތުން އަދާކުރަންޖެހޭ ކަންކަން ނުކުރެވުމުގެނަތީޖާ.
ޗުލްބުލް ޕާންޑޭ
28 May 2019
ޤާނޫނު ރައްޔިތުންގެ އަތްމައްޗަށް ނުނަގާށޯ! އަޅެފަހެ. ކިތައްމެ ފަހަރަކު ރިޕޯޓު ކުރިޔަސް ޕޮލިހުން އެޓެންޑް ވަނީ ބައެއް މައްސަލަތަކުގައި. އަދި ޕޮލިހުންގެ އިސްވެރިންގެ މަސްލަހަތު އޮތް މީހަކު ކުށެއް ކޮށްގެން ރިޕޯޓުކުރާނަމަ، އެކަމަކަށް އެއްވެސް ހައްލެއް ފުލުހުންގެ ފަރާތުން ނުލިބޭނެ. ޖިންސީ ކުށުގެ ކިތައް މައްސަލަ ހުށަހެޅިފައޮތީ؟ ކިތައް މައްސަލައަށް އެކަށީގެންވާ ފިޔަވަޅު އެޅިފަވަނީ؟ މީޑިއާ އަށް ދިޔާމަ އެކަނި މިމީހުން މީ ތިބޭ ބަޔަކަށް ވަނީ.
1234
28 May 2019
ޙަމީދު ޓްވީޓް މެދުވެރިކޮށް މުޚާތަބު ތިއަކުރަނީ އިނގިރޭސި ރައްޔިތުން ނުވަތަ އެމެރިކާ ރައޔިތުންނާ ތޯ
ހަސަން ނުވަވަނަ
28 May 2019
ގާނޫނޭ ގަވާއިދޭ ކިޔަން މީނަގެ ލަދުހަޔާތް ކޮބައިބާ؟ ދައުލަތުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުންހުރި ސިއްރު މައުލޫމާތު ރީނދޫ ބައިގަނޑަށް ލީކް ކޮށްގެން ހުރި "ނަޒާހަތްތެރި"އެއް.