ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލިހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި

28 މެއި 2019 - 22:35

43 comments
29 މެއި 00:52

މާދަމާ ޖޭއެސްސީ އަށް މަޖިލީހުން މެންބަރަކު ހޮވައި މަޖިލީހުގެ ގަވައިދު އިސްލާހުކުރުމާ ބެހޭ މަޝްވަރާކުރައްވާނެކަން އިއުލާނުކުރައްވަމުން މަޖިލިސް ނިންމާލައްވައިފި.

29 މެއި 00:51

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ވަޑައިގެން، މަޖިލީހުގައި ތަގުރީރު ކުރައްވާނެ ކަމަށް ނަޝީދު އިއުލާނުކުރައްވައިފި.

29 މެއި 00:50

މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކުރައްވައިފި

29 މެއި 00:46

ހުރިހާ ސިޔާސީ ލީޑަރުންނަށް މަރުހަބާ ދަންނަވަމުން، ހުރިހާ ޕާޓީތަކަށް ވެސް ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވި.

29 މެއި 00:45

ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަން މެންބަރުން ބޭނުންވާ ކަންކަން މި މަޖިލީހުގައި ކުރަން ފުރުސަތު އޮންނާނެ.

29 މެއި 00:44

މިއީ ވަރަށް ފޮނި އުންމީދުތަކާ އެކު އިންތިހާބުކޮށްފައިވާ މަޖިލީހެއް. މިއީ ސިފައިންގެ ފިޔަވައި އެންމެ ގިނަ ދުވަސްވީ މުއައްސަސާ. މިއީ ރައްޔިތުންގެ ގެ. ތިޔައީ ރައްޔިތުންގެ މަންދޫބުން. ތިޔަ ބޭފުޅުން ޖެހޭނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން.

29 މެއި 00:43

ނަޝީދު ވާހަކަ ދައްކަވަނީ. މަޖިލީހުގެ ކުރީގެ ދެ ރައީސުން ކަމަށް ގާސިމް އިބްރާހިމާއި އަބްދުﷲ މަސީހަށް ޝުކުރު އަދާކުރެއްވި. ގާސިމަށް ހާއްސަ ޝުކުރެއް އަދާކުރެއްވި. އަދި ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް ވެސް ޝުކުރު އަދާކުރެއްވި.

29 މެއި 00:40

ރައީސް މުހައްމަދު ނަޝީދާ މަޖިލީހުގެ ރިޔާސަތު ހަވާލުކޮށްފި.

29 މެއި 00:36

އީވާ އަބްދުﷲ އަށް 76 ވޯޓު، ނުފެންނަ 9: ނައިބު ރައީސަކަށް އީވާ އިންތިހާބުވެއްޖެ!

29 މެއި 00:28

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ މަޖިލީހަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓް. އެ މަނިކުފާނު ވަނީ ގައުމަށް ކުރިއެރުމާއި ހަމަޖެހުން ގެނައުމުގައި މަޖިލީހުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައި.

29 މެއި 00:24

ވޯޓުގެ ކަންތައް ބެލެއްޓުމަށް ނެގި ފެސް މެންބަރުންގެ ކޮމިޓީން ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި

29 މެއި 00:24

ރިޔާސަތުން ފިޔަވައި، ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވޯޓު ދެއްވި.

29 މެއި 00:23

ނައިބު ރައީސަކު ހޮވުމުގެ ވޯޓުލުން ވެސް ނިމިއްޖެ. އެންމެ ބޭފުޅަކު ނަން ހުށަހަޅުއްވާފައި ވާތީ ނެގީ ފެންނަ ނުފެންނަ ވޯޓެއް.

29 މެއި 00:09
29 މެއި 00:06

ނައިބު ރައީސް ހޮވުމުގެ ވޯޓުލުން ކުރިއަށް ދަނީ

29 މެއި 00:00

ދެން އޮންނާނީ މަޖިލީހުގެ ނައިބު ރައީސަކު ހޮވުން. ކުރިމަތިލެއްވީ އީވާ އެކަނި. ނަމަވެސް ކުރިއަށް ގެންދާނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ރިޔާސަތުން އިއުލާން ކުރައްވައިފި

28 މެއި 23:55

ނަޝީދަށް 67 ވޯޓު، ގާސިމަށް 17 ވޯޓު، ބާތިލް 1 ވޯޓު: މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުވެއްޖެ!

28 މެއި 23:44

ވޯޓު ގުނުމަށް ކަނޑައެޅި ފަސް މެންބަރުންގެ ކޮމިޓީން ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި

28 މެއި 23:43
28 މެއި 23:42

ދެން އޮންނާނީ ވޯޓު ގުނައި ނަތީޖާ އިއުލާނުކުރުން. އޭގެ ފަހުން ނައިބު ރައީސަކު ހޮވަން ވޯޓު ނަގާނެ.

28 މެއި 23:42

ހުރިހާ މެންބަރުން ވޯޓު ދެއްވައިފި. ޖަލްސާ އަށް ވަޑައިގެން ތިއްބެވި 86 މެންބަރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ސިޔާމް ފިޔަވައި އެހެން މެންބަރުން ވޯޓު ދެއްވައިފި. ރިޔާސަތުން ވޯޓު ދެއްވާނީ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި.

28 މެއި 23:27

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށް ވޯޓު ނަގަނީ. -- ފޮޓޯ: މަޖިލިސް

28 މެއި 23:16

ވޯޓުލާން ފަށައިފި. ކޮންމެ މެންބަރެއްގެ ނަން ރިޔާސަތުން އިއްވެވުމުން އެ މެންބަރަކު ވަޑައިގެން ވޯޓު ދެއްވަނީ

28 މެއި 23:12
28 މެއި 23:12

ވޯޓުލާން ފެށުމަށް ރަނގަބީލު ޖަހައި ތައްޔާރީތައް ވެއްޖެ. އެންމެ ފުރަތަމަ ވޯޓު ނަގާނީ ރައީސަކު ހޮވަން

28 މެއި 23:04
28 މެއި 23:03

ވޯޓު ކަރުދާސް ޕްރިންޓްކުރުމަށް 10 ވަރަކަށް މިނެޓް ހޭދަވާނެ ކަމަށާއި، އެ މަސައްކަތް ނިމުމާ އެކު ވޯޓުލުން ފަށާނެ ކަމަށް ރިޔާސަތުން އިއުލާނުކުރައްވައިފި

28 މެއި 22:58

ރިޔާސަތުން ބުނި ގޮތުގައި މި ދެ ވޯޓު ނަގާނީ ވަކިވަކިން ސިއްރު ވޯޓެއްގެ ގޮތުގައި. އަދި ނަން ހުށަހެޅުއްވި ބޭފުޅުންގެ ނަންތަައް ހިމަނައިގެން ވޯޓު ކަރުދާސްކޮޅު ޗާޕް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ރިޔާސަތުން އިއުލާން ކުރި.

28 މެއި 22:57

މަޖިލީހުގެ ޖަލްސާ މިރޭ ކުރިއަށް ދަނީ

28 މެއި 22:57

އީވާ ފިޔަވައި އެހެން ބޭފުޅަކު މި މަގާމަށް ވާދައެއް ނުކުރައްވާ

28 މެއި 22:53

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ އީނާ އަބްދުﷲގެ ނަން ހުށަހަޅުއްވައިފި. އެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް. ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

28 މެއި 22:49

މަޖިލީހުގެ ރައީސް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހަޅުއްވައިފި. އެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު. އަދި އެ ނަމަށް ތާއީދު ކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހަންމަދު ލަތީފު

28 މެއި 22:48

މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޮޅީ އުތުރު މެދު ދާއިރާގެ މެމްބަރު ރައީސް މުހަންމަދު ނަޝީދުގެ ނަންފުޅު ހުށަހަޅުއްވައިފި. އެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް. ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

28 މެއި 22:46

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

28 މެއި 22:46

މި ކޮމެޓީ އަށް ވޯޓަށް އެހުމުން ހުރިހާ މެމްބަރުން ވަނީ ފެންނަ ވޯޓު ދެއްވާފައި. އެއީ 85 މެމްބަރުން. ރިޔާސަތުން ވޯޓު ނުދެއްވާއިރު، އެއް މެމްބަރަކު ޖަލްސާ އަށް ވަޑައެއް ނުގަންނަވާ

28 މެއި 22:44

ފަސް މެމްބަރުންގެ ކޮމެޓީގައި ތިއްބަވާނީ، ތުޅާދޫ ދާއިރާގެ ހިސާން ހުސެއިން، އިސްދޫ ދާއިރާގެ އަލީ ހަމީދު، ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މުހަންމަދު ސައީދު އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން

28 މެއި 22:42

މުހަންމަދު ރަޝީދު ހުށަހެޅުއްވި ފަސް މެމްބަރުންގެ ކޮމެޓީ ފިޔަވައި އެހެން ހުށަހެޅުމެއް ހުށަހަޅާފައެއް ނުވޭ. އެހެންވެ ދެން ވޯޓަށް އަހާނީ އެ ކޮމެޓީ ފާސްކުރުމަށް.

28 މެއި 22:40

މަޖިލީހުގެ ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ -- ފޮޓޯ: މަޖިލިސް

28 މެއި 22:38

ވޯޓުގެ ކަންކަން ބަލަހައްޓަން ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލަން ފުރުސަތު ހުޅުވާލުމުން އަލިފުށީ ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު އެ ކޮމެޓީ އަށް ފަސް ބޭފުޅުންގެ ނަން ހުށަހަޅުއްވައިފި. އަދި މަރަދޫ ދާއިރާގެ މެމްބަރު އެ ނަންތަކަށް ތާއީދު ކުރައްވައިފި.

މިރޭ ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ ދާދި ދެންމެއަކު މަޖިލީހުގެ އިދާރާގައި ފަށައިފި އެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހަންމަދެވެ.

މަޖިލީހުގެ ރައީސަކަށް ކުރިމަތިލައްވާ ގޮތަށް އެމްޑީޕީން ނިންމައިފައި ވަނީ އެ ޕާޓީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ރައީސް މުހަންމަދު ނަޝީދެވެ. ނައިބު ރައީސް ކަމަށް ހުށަހަޅަން ނިންމާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެކަން އެގޮތަށް ނިންމާފައި ވަނީ ރޭ އެމްޑީޕީން ބޭއްވި ޕީޖީ ގުރޫޕުގެ ޖަލްސާގަ އެވެ.

43 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީސާ މަސީހު

29 May 2019

19 ވަނަ ރައްޔަތުންގެ މަޖިލީހު ރައީސަކީ ތިޔަކަމައް އެކަށީގެންވާ މީހެއްނޫން ވާހަކަދެއްކުމުގެ ބަހުރުވަ ދެއްކޭނުދެއްކޭ ވާހަކަނޭގުން އަހުލާގެށްނެތުން ނަވާރަވަނަ މަޖިލީސްވާނެ ރައްޔަތުން ލަދުގަންނަވަރުގެ މަޖިލީހަކައް ދެވަނަ މަސީހު

The name is already taken The name is available. Register?

މަކުނުސިޓީ

29 May 2019

ކަލްޓް އޮފް ޕާސަނަލްޓީ. މިއީ ދެކުނު އޭށިޔާގެ ގިނަ ގައުމުތަކުގެ ސިޔާސީ ނިޒާމަށް ޖެހިފަވާ ބައްޔެއް.

The name is already taken The name is available. Register?

ތަމްސްއަޕް

29 May 2019

އިއްޔެ ޖަލުގައި ޓެރަރިޓެއް މިއަދު އިއްޒަތްތެރި ރައީސެއް. ގަދަ

The name is already taken The name is available. Register?

ހާސަރު

29 May 2019

މަރްހަބާ ރައީސް ނަޝީދު. އެމަނިކުފާނު ބޮލުގަ (ވެލާނާގޭގައި އުކާލަންހުރި ކުނިތަކުތެރޭން އިސްކޯލްފޮތެއްނެގުމުގެ) ވަގުބަދުނާމް އަޅުވާ މައްސަލަ ޖެއްސި މީހުނާ ހުކުމް ކުރި މީހުން ދުނިޔޭގައި ތިއްބާ މިއަދު އެއިންނެވީ މަޖްލިހުގެ ރައީސްގެ މަގާމުގާ އިންތިހާ ބާރާއެކު. މިކަމުން އިބްރަތް ލިބި ހަމަ އެކަކަށްވެސް ނުހައްގު އަދަބު ނުދޭން އެންމެންވެސް ނިންމަވާ.

The name is already taken The name is available. Register?

ކިހާބަލަ

29 May 2019

ގާޒީއެއް ނަގައިގެން ހިފަހައްޓައިގެން އުޅެން ހަދައިގެން ވެރިކަން ވެއްޓުމުންވެސް ލިބުނު އިބްރަތެއް ނެތް. އޭގެ އިދިކޮޅަށް ވެރިކަން ވެއްޓުމުން އެކަން ނުހައްގު ކަމަކަށްވީ. އެކަމު ހުކުމުންވެސް އެނގޭ ފަދައިން އެއީ އެކަން ކުރަންވާ ގޮތް ނޫންކަން ވަރަށް ސާފުކޮށް އެބަ އެނގޭ. އަދި އޭގެ ފަހުން ރައްޔިތުން ނޫނެކޭ ބުނުމުންވެސް ލިބުނު އިބްރަތެއް ނެތް. މީހަކަށް ބާރު ލިބެނީ އޭނާ ހުރިހާ ކަމެއް ރަގަޅަށްކޮށްގެންނޫންކަން މާޒީގެ އެތައް ކަމެއް ހެކިވޭ.

The name is already taken The name is available. Register?

އަނދަވަޅު

29 May 2019

ވަރަށް ކަޑަ ކަމެއް ރައްޔިތުން ކޮށްގެން މިތިބީ.. އިސާހުގެ ނަމުގައި ކެނެރީގެ އަށް ޤައުމު ވިއްކާލާގެން ތި ތިބީ..

The name is already taken The name is available. Register?

ސަކީނާ

29 May 2019

މާތްﷲގެ ކުޅަދުންވަންތަކަން. ރައީސް ނަޝީދުވަރުގެ ހިތްވަރުގަދަ ލީޑަރެއް މިދިވެހި ތާރީޙް ދެކުނުހެނެއް ހިޔެއްނުވޭ. ހަޔާތެއް ޖަލުގައި !!

The name is already taken The name is available. Register?

ކަސީނާ

29 May 2019

ހިތްވަރުގަދަ ކަމުން ހައިކޮމިޝަން ތެރޭ ފިލާ އޮތް ހަނދާންވެސް ވޭ! އަދި ޖަލު ހުކުމް ތަންފީޛުނުކުރަން ބޭސްފަރުވައިގެ ދޮގު ބަހަނާގައި ގައުމުން ބޭރުގައި އުޅުނު ހަނދާންވެސް ވޭ!

The name is already taken The name is available. Register?

ވެދާނެ

29 May 2019

ގާސިމް ވޯޓުލާ މޭޒުކާރިއަށް ޖެހުނުކަމެއްނޭގެ އަތުވެއްޖެ.. ކާކުގެ ވޯޓެއްބާ ބާތިލުވީ.. މާއަވަސް އަރުވާލައިގެން ނުބައި މާކެއްޖެހުނީތަ.. ހާދަ ހީވެޔޭ..

The name is already taken The name is available. Register?

ކިޔުންތެރި

29 May 2019

މަރުޚަބާ

The name is already taken The name is available. Register?

33434343

29 May 2019

ދެން އަޑުއަހާ. އިންކަމް ޓެކްސް، އިންހެރިޓެންސް ޓެކްސް، ކެޕިޓަލް ގެއިން ޓެކްސް، ރާއްޖޭގައި އުފައްދާ ޚިދުމަތް ތަކެތި ވިއްކައިގެން ލިބޭ ލާރި ރާއްޖޭގެ ބޭންކަަކަށް! ވައްސަލާމް

The name is already taken The name is available. Register?

އިސްމާލުކަލޭފާނު

29 May 2019

ދެން ބިލުތަކުގާ ރަބަރުތައްގަނޑުޖެހޭނީ ރަނުންރަނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454