ކްރިމިނަލް ކޯޓު
01 ޖޫން 2019 - 00:26
އަނބިމީހާގެ ޕާސްޕޯޓު ހިފައިގެން ފިލަން އުޅެނިކޮށް ހިފެހެއްޓި ބަންގްލަދޭޝް ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހަފުތާގެ ހޯމަ ދުވަހު މައްޗަންގޮޅި ގެއެއް ފާސްކޮށް ބަންގްލަދޭޝް ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަށިވިއްކާ ކަމުގެ ތުހުމަތުކުރެވުނު އަންހެން މީހާއަކީ ވެސް ބަންގްލަދޭޝް އަންހެނެކެވެ.
އެ އަންހެން މީހާ ހަށިވިއްކުވަނީ އޭނާގެ 39 އަހަރުގެ ފިރިމީހާ ކަމަށާއި އަދި ފިރިމީހާ ކޮށްފައި ހުރި އަނިޔާތަކުގެ ނިޝާންތައް ވެސް އަންހެން މީހާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ. އަނބިމީހާ ރާއްޖެއަށް ދޫކޮށް ފުރަން އުޅެނިކޮށް ފިރިހެން މީހާގެ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހުކުރު ދުވަހެވެ.
ފުލުހުން އަންނަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ އަންހެން މީހާއަށް ސޭފް ހައުސް ހަމަޖައްސައިދީފަ އެވެ.
އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ތިން ފިރިހެނުންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.
ޓޫރިސްޓު ވިސާގައި ދެމަފިރިން ރާއްޖެ އައީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުމާލު10
01 June 2019
އިމިގުރޭޝަނާ ބަގްލަދޭޝް މީހުނާ ވަރަށް ގާތް ގުޅުން އޮވޭ.
ޢަބްދުﷲނާފިޒް
01 June 2019
"އަނބިމީހާ ދޫކޮށް ފުރަން އުޅެނިކޮށް ހިފެހެއްޓި މީހާގެ ބަންދަށް ހަތް ދުވަސް" އަދިވެސް ބަންދުގަ ބަހައްޓައިގެން ދައުލަތުން ކާންދީ ބޯންދީ ބަލަހައްޓަންވީތަ، ތިމީހާއާއެކީ އަނބިމީހާވެސް އަވަސްގޮތަކުން ފުރުވާލަބަލަ، އޭރުން ތިކަން އެއްބޮނޑިން ނިމުނީނު.
ކޮތަރު
01 June 2019
ހުރިހާވެސް މައްސަލައަކީ އިމިގުރޭޝަން ކޮރަޕްޓްވުން. އަދިވެސް އޮތީ ގަދަޔަށް ކޮރަޕްޓްވެފަ.
ގޯސް
01 June 2019
ހަމްދަރުދީގެ ކުރިއަށް ގާނޫނު ނެރެބަލަ. ހަމްދަރުދީވާނީ އެމީހުން ގައުމުން. ދެރަކަމެއް.
falcon_autho
01 June 2019
ޓޫރިސްޓް ވިސާގައި އަންނާނީ ކޮންމެވެސް ރިސޯޓަކަށް/ ހޮޓަލަކަށް ނުވަތަ ގެސްޓް ހައުސްއަކަށް. އެތަނުން އެމީހުން އެހެންތަކަށް ބަދަލުވާނަމަ އެމަޢުލޫމާތު އެމީހުން އެތެރެވުމަށް ބޭނުން ކުރި ހޮޓަލުގައި އޮންނަންވާނެ އަދި ދަނީވެސް ހުއްދަ ކުރެވިފައިވާ ތަނެއްކަމުގައި އެތަނުގައި ލިޔެވިޗެކްކުރެވިފާ އިމިގްރޭޝަނުގައި މައުލޫމާތު އޮންނަންވާނެ. އެހެންނޫނީ މީހުން އެތެރެކޮށްފައި ޕާސްޕޯޓް ހިފައިގެން އެދަނީ ދިވެހިދައުލަތާ އެމީހާގެ ޚަރަދު ޙަވާލުކޮށްފައި.
ހުސެެން
01 June 2019
ބަގްލަދޭސްއައް ޓޫރިސްޓު ވިސާ ނުދޭން ބޭނުން ވާ ދިވެހިން ލައިކް ކޮއްދެއްވުން އެދެން... އަޅުގަޑްމެންގެ ގައުމު ހަލާކްވެ ނިމިއްޖެ
ލައިފް
01 June 2019
ތިޔައީ މިހާޜު މިގައުމުގައި ވަރައް ބޮޑުވެއްޖެ ކަމެއް ބަންގާޅީންގެ ވިޔަފާރި ޑޮލަރުވިއްކަނީ ހަށިވިއްކަނީ ޑްރަގް ވިއްކަނީ މީހުންގެ އަނބިން ނާއި ބެހެނީ އަމިއްލަ ވިއަފާރި ހިންގަނީ ފޮރިންއިސްވެސްޓްމެންޓް ގާނޫނާއިވެސް މުޅިން ޚިލާފައް
އަމީތާބު
01 June 2019
ގޭންގުތަކުގަވެސް ބައްގާޅު ޑިޕާރޓްމަންޓް ތަކާ ޔުނިޓްތައް ހުރޭ.
ޚާޗުސް
01 June 2019
15 ދުވަސް ނަމަވެސް ޖަހަިދިންކަން ރަނގަޅު ތިކަން ނިމޭއިރު ތިޔަމީހާވެސް ދޫކޮއްލާނެ މާގިނަ ދުވަސްތަކެއްނުވެ އެކަމަކު ދިވެހިން ޖަލުބަންދުގައި ހުކުމެއްނުކޮއް އިތުރު މުއްދަތެއް ނުޖަހާ ގިނައަހުރުތަކެއް ވަންދެން ޖަލުބަންދުގަ ތިބިކަމުގެ ޚަބަރު ފެތުރުނުތާ އަދި މާކަ ގިނަފުވަހެއްނުވޭ
އަހުމަދު
01 June 2019
ތި ހަމަ ރާވައިގެން ކުރާ ފާހިސް އަމަލު. ރަގަޅަށް ވިންޔާ ތި މަންޖެ އައިއިރުވެސް ހުރި އަނިޔާ ތަކަކަށް ތިވާނި ކޮންބައެއްތީ. އަހަރެން އެއްދުވަހަކު މަސައްކަތެއް ކޮށްފަ އެމީހުން ބުނި ވަރަށް ރުފިޔާ ދީފަ ގެއަށް ވަދެފަ އިރުކޮޅެއް ނުވަނީސް މީހަކު އައިސް ބުނެފި އަހަންމަދާ ވޭ އެ ސޮރު ހާދަވަރަކަށް ރޮއިއެބޭ ކަލޭ އޭނަޔަށް މަސައްކަތް ކޮށްފަ ރުފިޔާ ނުދީގެން. އަހަރެން އަވަސް އަރުވާލައިފަ ބޭރަށް ނުކުތް އިރު ދޮރުކައިރީ ހުރެގެން މި ރޮނީ ދިން ރުފިޔާ އަދި ވެސް މަދު ވެގެން އެކަމް އޭނަ އެއްބަސްވީ އަގޭ މި ދިނީ. ދެން ކީއްކުރާނި މަޖެހުނީ އެނެއްކާ އިތުރު 50ރ ދޭން ކޮންމެ ގޮތެއް ވިޔަސް ފޮނުވާލަށް އެބަޖެހޭވިންޔާ. އެހެންނޫނީ ގޭ ދޮރުމަތީ އިދެގެން ރޮނީވިންޔާ މީހުން އެއްކޮށްފަ..މިވަރު ނުލަފާ ބައެއް ތީ ބަގުލާމީހުން ނަކީ