ަސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ): އެ މަނިކުފާނުގެ ސުލޫކީ މައްސަލައެއް ވަނީ ޖޭއެސްސީން ހުށަހަޅާފައި
02 ޖޫން 2019 - 15:01
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ފަނޑިޔާރެއްގެ މައްސަލަ ބައްލަވައި އެޖެންޑާކޮށް ދިނުމަށް އެދި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ސިޓީއަކުން ޖޭއެސްސީގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަކު، ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ ކޮން ފަނޑިޔާރެއް ކަމެއް ނިއުޝާ ވިދާޅެއް ނުވި އެވެ. އެކަމަކު، ފަހުން "މިހާރު" އަށް ނިއުޝާ ވިދާޅުވި ގޮތުގައި ޖޭއެސްސީ އަށް ނަޝީދު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އެވެ. އެ މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނިއުޝާ ވިދާޅުވީ ޖޭއެސްސީ އަށް މިހާރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގޮތެއް ނިންމާފައި ނުވާ މައްސަލަތަކުގެ މައުލޫމާތާއި އެ މައްސަލަތައް ގޮސްފައި އޮތް ހިސާބު އެނގޭނެ ގޮތަށް އެ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމު ކުރުމަށް ވެސް ނަޝީދު ޖޭއެސްސީ އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ކޮމިޝަންގެ މަސައްކަތްތައް ގަވައިދުން މީޑިއާ އަށް އާންމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ މައްސަލަ ޖޭއެސްސީގައި އެޖެންޑާ ކުރުމަށް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާ މެންބަރު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރަން ޖެހޭނެ އެވެ. އެގޮތުން މިދިޔަ އަންގަރާ ދުވަހު މަޖިލިހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުވެވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަޝީދު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ނަޝީދުގެ ބައެއް ނިންމެވުންތައް ހާމަކުރައްވައި ނިއުޝާ ވިދާޅުވީ މަޖިލިހަކީ ޕްލާސްޓިކް ބޭނުން ނުކުރާ ތަނެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހަކީ ތިމާވެއްޓާ ރައްޓެހި މާހައުލަކަށް މަޖިލިސް ހަދަން ކަމަށް ނިއުޝާ ވިދާޅުވި އެވެ.
"މީގެތެރެއިން އެނާޖީ ސާވިން ލައިޓްސްތައް ފަދަ އިންތިޒާމުތައް ހަމަޖައްސާނަން،" ނިއުޝާ ވިދާޅުވި އެވެ.
ނިއުޝާ ވިދާޅުވީ މަޖިލިހުގެ ގަވައިދުގެ ދަށުން ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ވިޕުން ކަނޑައަޅައި ދެއްވުމަށް އެދި ނަޝީދު ޕާލަމެންޓްރީ ގްރޫޕްތަކުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ގްރޫޕްތަކުން އަންގަމުންދާ މިންވަރަކުން އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
03 June 2019
މަޖުލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު. ކޮންމެ ބޭފުޅަކަށް ވެސް ދެއްވާފައިވާ ލަޤަބު ބޭނުންކުރައްވާ!
EMMEN
03 June 2019
މިރާއްޖޭގައި ގޭންގްކުއްތަކާއި، މީހުންމެރުމާއި، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއްނުހޯދި އެތައް އަހަރެއްވެ އެތައް ފުރާނަތަކެއް ވަކިވެ ގޮއްސާ ވަނީ ސަރުއީ ނިޒާމް ހިސޯރުކޮށްގެން ތިބި މީހުންގެ އަމިއްލަ އެދުން ބޮޑުވެ މުޅި ނިޒާމް ތިރިން ފެށިގެން މައްޗަށް ކަރަފްސަނާ ފަސާދައިގެ ތެރެއަށް ގައްބާލާފަވާތީ، މީހަމަ ބަޔެއްގެ އަމިއްލަ އެދުމާ ބާރުވެރިކަމަށްޓަކާ ސިސްޓަމެޓިކަލީރޭވިގެން ހިންގާކަމެއް. ކިތައް އާއިލާމިކަމުގެވިކްޓިމް އަށްވެ މުޅި އުމުރު ހިތާމަ ކުރަނީ
ޙަސް
02 June 2019
މީނާއާއި ސުޖާއު ކިޔާމީހަކާއި ދެމީހުން ހުޅުމާލެއިން ސްކޫލެއް، އުމުރުން 1 މަސަދުވަސްނުވާ ކުންފުންޏަކަށް ދަމައިގެން ގޮތްވެސް ބަލަން ގޮވާލަން
ޝާހިދު
03 June 2019
ތި ދެމީހުންގެ ކަންތައް ރަނގަޅަށް ބަލަންވާނެ..
މުހަންމާދި
02 June 2019
"ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ނަޝީދު ޖޭއެސްސީ އަށް ހުށަހަޅުއްވައިފި" - މުހައްމަދު ޔާމީން ގެ މި ޚަބަރުގެ ސުރުޚީގައި "ފަނޑިޔާރު އަބްދުﷲ ދީދީ" ލިޔެފައި، "ރައީސް ނަޝީދު"، ނުވަތަ "ރައްތިތުންގެ މަޖިލިސްގެ ރައީސް ނަޝީދު" ލިޔެފައި ނެތުމުން މިއީ ގަސްދުގައި ރައީސް ނަޝީދުގެ ހައިބަތު ކުޑަކުރަން ހިތުލައިގެން ކޮށްފައިވާ ކަމެއްބާއޭ ނުވަތަ އަތުން ދޫވެގެން ގޮސްފައިވާ ކަމެއް ބާވައޭ ހިތަށް އަރާ!
ހީކުރާ
02 June 2019
ބަޔަކު ހީކުރަނީ ނަޝީދުގެ ބަދަލު ހިފުމުގެ ރޫޙު ނުހުރޭކަމަށް. ކަމެއް ކުރިއަސް ނުފެންނަ ހާލަތުގައި ތިބޭ ބައެއް.
މުހަންމާދި
02 June 2019
މީ ބަދަލު ހިފުމެއްތޯ ނުވަތަ ހުކުމެއް ވިއްކީތޯ ބަލަމާ ދޯ !
ބޭސް
02 June 2019
ސައިޒު ދައްކާލަންޖެހޭނެއެވެ. ޔާމީނުގެ ވެރިކަމުގައި ހިންގި ޖަރީމާތަކުގައި މި މީހުންގެ ބައިވެރިވުންވެސް ބޮޑެވެ.
ލަކުޑި ހަމީދު
02 June 2019
ރައީސް ނަޝީދު ވަރެއް ނެއް! ސާބަސް ރައީސް! ރައްޔިތުން މިތިބީ ރައީސް ނަޝީދާއެކު!
ބުލްބުލޭ
03 June 2019
ޢަހަރެމެން ގަންނަިލަދު އަދި އެބަކިޔައެއްނު ތިމަންނަޔަށް މަންޑޭލާއޭ ކިޔާށޭ. ހުރިހާ ބާރެއް ނުލިބިގެން ތެޅިފޮޅެނީ
މަރީނީ
02 June 2019
ސާބަސް ރައީސް ތިޔަ ކޯޓުތަށް އިސްލާހު ކުރުމަށް އަޅުގަނޑު މެން ސުޕަމެޖޯރިޓީ ދިނީ، ތިޔަ ގެންދަވަނީ ބަރާބަރަށް، ރައްޔިތުން މިތިބީ ރައީސް އާއެކީގައި އަޅުގަނޑުމެނަށް ބޭނުން ވެއްޖިއްޔާ އަންގާލާ، މިފަހަރު މީ ރައޔިތުން ގެ ފަހަރު، ވަރަށް އަނިޔާދީފި ތިޔަ ކޯޓު ތަށް.
ބޭބެ
02 June 2019
އިބޫ ހުށަހެޅިނަަމަ
ސްކިޕަރ
02 June 2019
ކޮބައިތޯ ހައިކޯޓުހެ ޢިއްޒަތްރެރި އިސްފަނޑިޔަރު