06 ޖޫން 2019 - 11:15
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރުދުވަހު ރާއްޖެ ވަޑައިގަންނަވާތީ ސަލާމަތީ ސަބަބުތަކަށް ޓަކައި މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާއްމު ކޮށްފައިވާ ޗާޓުން ދައްކާ ގޮތުން ބޮޑުތަކުރުފާނު މަގު، މަސްވެރިން ޕާކުން ފެށިގެން ގޮސް ދަތުރުވެރިން މާރުކޭޓާ ހަމައަށް ވަނީ ބަންދު ކުރާނެ އެވެ. އެ ނޫން ވެސް ގިނަ ސަރަހައްދުތަކެއް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
India ge PM Narendra Modi ge dhathuru fulhaai gulhigen, security beynumah chart gai RAIY kulain faahaga kohfaivaa zone thakugai 06 June 2019 vana dhuvahuge 19:00 feshigen 08 June 2019 vana dhuvahuge 00:00 aai hamayah ehgamu ulhandu park kurumakee manaakameh. pic.twitter.com/Z6VwZXKXBn
— Maldives Police (@PoliceMv) June 5, 2019
ބަންދު ކުރާ ސަރަހައްދުގެ ޗާޓް--
މިރޭ 7:00 އިން އާދިއްތަ ދުވަހުގެ ރޭ 12:00 އަށް ބައެއް މަގުތަކުގައި ޕާކުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން ބަންދު ކުރާ ސަރަހައްދާއި ގްރީން ޒޯން ސަރަހައްދުގެ އިތުރުން އަމީރު އަހުމަދު މަގާއި މެދުޒިޔާރަތް މަގު ހިމެނެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެ ދުވަހަށެވެ.
މޯދީ އަލަށް ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތތތހހ
06 June 2019
ބުރިޖާ ދަެުމަވަންތަ ހޮސްޕިޓަލްއަކީ ދިވެހިންނާ އެކަށީގެންވާ ވަރަށްވުރެ ސްޓޜންޑަރޑް ހައިތަންތަން. އިންޑިޔާއިން އެޕަރޫވް ކުރިއެެއްޗެއް ދިވެހިންމަށް ލިބެންވާނީ.
ޖޖޖޖ
06 June 2019
ޓެރަރިސަޓުންގެ ގައުމަކަށްތަ މިކަލޭގެ މިއަންނަނީ؟
މަޝާރު
06 June 2019
އޮޅިއްޖެ. ވަންވޭ ކުރުމަށް ހަމަޖެހިފައިވާ މަގުތަކުގައި މަގުބަންދުކުރާ ކުލަވެސް ޖައްސާފައި އެބަހުރި. މަގުބަންދުކޮއްފައި ވަންވޭއަކަށް ހެދުމުގެ ބޭނުމަކީ ކޮބައިތޯ؟
މޮހޮރު
07 June 2019
މިކަލޭގެ އަންނާތީ މީހުން ހިނގަންވެސްޖެހެނީ އެއްކޮޅަށް ކަންނޭނގެ އެއްނު
ބޮޑުރިޔާ
06 June 2019
މީނާ އަންނާތީ މާލެއިން މީހުން ހުސްނުކުރިކަން ހަމަނަސީބެއް
ސައިމާ
06 June 2019
މިފަހަރުވެސް ބުރިޖަށް އަރައިވަޑައެއްނުގަންނަވާނެ. ލޯންޗުގަ އަންނައިރު، ބްރިޖާއި، ދުރުން ދަރުމަވަންތަ ހޮސްޕިޓަލާ، އެއޮތް ހުޅުމާލެފެނި ހާދަ މޭކަރާނޭ ދޯ؟ ދެރަކަމަކީ އެން.ޑީ.ފީ ކުދިން އަހަރުންނަށް ވިސްނައިދިނީ، ލޯނުނުދެއްކި މިހުރިހާ ހަރުމުދަލެއް ޗައިނާއަށް ދޭންޖެހޭނޭ ކިޔާފަ. އެކަމަކު ވެރިކަމަށް 7 މަސްވީއިރު، ފެންނަގޮތުން މާގިނަދުވަހެއްނުވެ، މިހުރިހާ ތަންތަނަކާ، ރާއްޖެވެސް، އަހަރުމެން އަތުން ބީވެ، އިންޑިއާގެ އަތަށް އަރާނެ. މަރުހަބާ މަރޭމިތުރު ސާހަބް!
ޒިލް
06 June 2019
ދިވެހިން އިންޑިޔާ މީހުންނާ މެދު ދެކޭ ގޮތާއި، އިންޑިޔާގެ ވެރިން ޚާއްސަކޮށް މިހާރުގެ ވެރިކަަންކުރާ ބީޖޭޕީއާ މެދު ދެކޭގޮތް ވަރަށް ސާފު. އިންޑިޔާއަށް އެކަނި ބަރޯސާވާ ޚާރިޖީ ނިޒާމެއް ދިވެހިން ބޭނުމެއް ނުވޭ. ޗައިނާއިންވެސް މި ގައުމުގައި އެތައް މަޝްރޫއެއް ހިންގާފައި އެ ދިޔައީ. ސިފައިން އަރުވައިގެން ޗަރުކޭސް ކުޅޭކަށް އެމީހުން ނުޅޭ. އެހެންވެ އަހަރެމެން ޗައިނާއާ ގުޅެން ބޭނުންވަނީ. އެކަމަކު އިންޑިޔާ ދޫކޮށްލާ ވާހަކައެއް ނޫން މިބުނީ.
ާަހުން
06 June 2019
ޥަރަށް ފޫހިވާ މަރޭމިތުރެެެއް.
ޖަމަލު
06 June 2019
މާލެ ނައިސް އާރަށަށް ދޭބަލަ!
ޖަމްޝީދް
06 June 2019
ޗައިނާގަ 1 މިލިއަން މުސްލިމުން ބަންދުކޮށް ރޯދަ ހިފުން މަނާކުރިޔަސް އެތަން އޯކޭއޯ ޕީޕީއަށް.. ހަހަހ
ދަލޭ
06 June 2019
އަހަރެމެންކައިރީބއަހައިގެން އަހަރެމެން ހުއްދަދީގެންނެއްނޫން ޗައިނާއިން ކަންކަންކުރަނީ. އެނގޭ ކަމަކީ ކަޝްމީރުގައި އެހިންގާ ގަތުލް އާއްމު ފަދަ ޖެނޮސައިޑެއް ޗައިނާގަ ނުހިންގާކަން. ދެން މިގައުމުގެ ދާހިލީ ކަންކަމަށް ޗައިނާއިން އަތްނުބާނާކަން އެނގޭ. ޗައިނާއިން މިގައުމުގެ ސިޔާދަތީ މިނިޗަންކަމަށް އިޚްތިރާމްކުރި. އިންޑިޔާއަކީ މިގަރުނުގެ އިސްތިއުމާރީ ފިކުރު އެންމެ ބޮޑަށް ގެނގުޅޭ އަދި މުސްލިމުންނާ ސީދާ ދެކޮޅު ގައުމެއް.
ހަސަން ނުވަވަނަ
06 June 2019
މީނަ އަންނަ ދުވަހު ގެރިރިހަ ކެއްކުން މަނާ ނުކޮށްފިއްޔާ ރަނގަޅު. މިވަރުން ދަންޏާ އެކަންވެސް ކުރާނެ
ބޮންދު
07 June 2019
ޕީޕީއެމް ކުދިން ލޯކުދިވާނެ. އެހެންވެ ފެންނަ ތަންކޮޅު ކުޑައީ.