މާލޭގެ މަގެއްގެ ޓްރެފިކް: ގެއްލުނު ސައިކަލެއް ވިއްކާލަން ފޭސްބުކްގައި އިއުލާން ކޮށްފައި ވަނިކޮށް ވަނީ ފެނިފައި.
11 ޖޫން 2019 - 17:31
ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ސައިކަލެއް، 15،000ރ. އަށް ވިއްކާލަން ފޭސްބުކްގައި އިއުލާން ކޮށްފައިވަނިކޮށް ހޯދައިފި އެވެ.
ޔަމަހާ ނޯވޯ މޮޑެލްގެ ސައިކަލު ގެއްލިގެން، އެ ހޯދަން އާއްމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދުނެވެ. ސައިކަލުގެ މައުލޫމާތާ އެކު މިއަދު ހެނދުނު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެ ސައިކަލު ގެއްލުނީ ބާ ޖަމާލުއްދީން ސްކޫލްގެ އިމާރާތުގެ ކުރިމަތީގައި ބަހައްޓާފައި ހުއްޓާ، ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އޭގެ ފަހުން ފަޅާ އެރީ އެ ސައިކަލް ގަންނާނެ ބަޔަކު ހޯދަން ފޭސްބުކް ގުރޫޕެއްގައި ބަޔަކު އިއުލާން ކޮށްފައި ވާ ކަމެވެ. ސައިކަލުގެ ފޮޓޯއާ އެކު، އެ އުޅަނދު ވިއްކާލަން އިއުލާން ކޮށްފައިވަނީ 15،000ރ. އަށެވެ. އެކަމަކު އެއްކޮށް ފައިސާ ދައްކާ ނަމަ 10،000ރ. އަށް ވެސް ދޭނެ ކަމަށް އިއުލާން ޖެހި މީހާ ބުންޏެވެ.
ސައިކަލު ވިއްކާލަން އިއުލާން ކުރީ އެ ވަގަށް ނެގިތާ މާގިނަ އިރެއް ނުވަނީހެވެ.
އަގުހެޔޮކޮށް ވިއްކާ އެ ސައިކަލު ގަންނަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި އެވެ. އޭގެ ތެރެއިން އެކަކު، އެހާ އަގުހެޔޮކޮށް ސައިކަލު ވިއްކަނީ ކީއްވެތޯ ސުވާލު ކުރުމުން، އިއުލާން ޖެހި މީހާ ބުނީ ބޭނުމަކީ އާ ސައިކަލެއް ގަތުން ކަމަށެވެ.
އަދި ސައިކަލުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި ޓެސްޓު ކުރަން ދުއްވާލަން ސައިކަލު ލިބިދާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
މި އިއުލާން ޖެހުމާއެކު ބައެއް މީހުން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
12 June 2019
އެއީ އިސްތިސްނާ މީހެއް. މިހާރު އެކަހަލަ މީހުން ވަރަށް ގިނަވާނެ.
ސާމީ
12 June 2019
މެންބަރު ވައްޑޭ ރޭގެ ރ ޓީވީޕޮރޮގްރާމެއްގަ ވިދާޅުވި އެބޭފުޅާގެ މިންގަޑުން ކިރާފަ މިދިޔަ ދައުރާ އަޅާބަލާއިރު މިހާރު ވަރައްބޮޑުތަން ރަނގަޅޭ އެކަމަކު މީޑިއަރތަކުގެ ހެޑުލައިނުން ފެންނަނީ ވަގައްނަގައފި ފޭރިގެންފި ވަޅިޖަހައިފި ގަންހިންގައިފި
އަލީ!
11 June 2019
ދެން އެމީހާއަތުވިތަ؟ ސައިކަލު އެކަނިދޯ އަތުވީ؟
ihaaru.
11 June 2019
ސައިކަލް ވިއްކާލަން އުޅުނުމީހާ އެނެދޮރުން ފޮނުވާލީތަ؟ ޤައުމު ފޫދިޔައީމަ ވާނީ ތިޔަހެން!
ލަންބެ
11 June 2019
މީނާއަށް ވާނީ ވަކިކޮންކަމެއް ހެއްޔެވެ. މާދަމާ އަނެއް ސައިކަލް ވަގަށް ނާގާފަ ވިއްކަންވެސް މީނާ ހުންނާނެއެވެ. މި ރާއްޖޭގައި ޤާނޫނުތައް ތަންފީޒުވާވަރުން މީހުން މިތިބީ ބިރުން ރޫރޫ އަޅައެވެ. ރިހާކުރު ފުޅިއެއް ވަގަށް ނަގައިފިއްޔާ ދެތިން އަހަރުގެ ޖަލުހުކުމެކެވެ. ދަުލަތުގެ ފައިސާ ބިލިއަނުން ނަގައިފިއްޔާ ރާއްޖޭން ބޭރު ދަތުރެކެވެ.
ޚާކީ
11 June 2019
ފަނަރަހާސް ރުފިޔާއިން ކިހާ ބައިވަރު ދުއިސައްތަ ރުފިޔާ ނެރެވޭނެހޭ؟
12345
11 June 2019
ގައުމުގެ ރައިސްމާލު ދޮވެލި މީހުން މިނިވަންކޮށްފަ ދެން އިންސާފެއްބާ މިތާ އޮންނާނީ؟ މީ އެބުނާ އެޖެންޑާ 19 އަކީ. ވަގުންނަށް ފްރީޑަމް
ދޮން ބުޅާ
12 June 2019
ޔާމީން ހައްޔަރު ކުރޭ
ބޮންދު ކުޑޭ
12 June 2019
ރައިސްމާލު ކިޔާ އެއްޗެއްނޯވޭ
ރަދީފް
11 June 2019
ޓެސްޓް ރައިޑަށް ދުއްވަން ދޭން ކަލެތި ކާކުތަ؟؟ މީނަގެ ނަމަކަށް ވައިބާގަ އޮންނަނީ ''މަލާޒް ހަންޑި'' މިހެން.ވެދާނެ ރޭގަނޑު ހަންޑި ހިނގަން ނިކުމެ އުޅެނިކޮށް ސައިކަލް ފެނުނީމަ އަރައިގެން އައީ ކަމަށް.
ދޮންދީދީ ރށި
12 June 2019
ވަރަށް ވާ މޮޅު ކޮމެންޓެއް މީ
ރަދީފް
11 June 2019
ހެހެހެހެހެ ބޮޑު ވަގު.
އިކުތިސާދީ ޗޯރ
11 June 2019
މިއީ އަދިކުޑަވަގެއް.. ބޮޑުވަގު ހިފާނަން ވަރައް އަވަހަށް...
ތުނިޔަ
11 June 2019
ނުހިފޭނެ....ބަލަންތިބޭ! އެއްކަމެއްވެސް ނުވާނެ! ޒީރޯ ޓޮލެރެންސަކީ ކެމްޕެއިން ސްލޯގަން..
ހަސަން ނުވަވަނާގެ އަމާ
11 June 2019
ބޯގޯސް ސޮރެއްދޯ..