ކުރީގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
13 ޖޫން 2019 - 20:12
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުން 85،000ރ. ނުނަންގަވަން އެމަނިކުފާނު ނިންމަވައިފި އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވަ އެވެ. އަދި މަޖިލިހުގެ ރައީސްގެ މަގާމުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ "މިހާރު" އަށް މިރޭ ވިދާޅުވީ ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން އެމަނިކުފާނު ހަމައެކަނި ބޭނުންފުޅު ވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ދޭ އިނާޔަތް ކަމަށެވެ.
އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުން ދެނީ 87،000ރ. އެވެ.
އަމީން އާންމު ވިދާޅުވި ގޮތުގައި މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށް 10،000ރ ގެ އިނާޔަތް އުނިކުރަން ނަޝީދު ފިނޭންސްގައި ވަނީ އެދިވަޑައިގެންފަ އެވެ.
"އެހެންވެ، އެ އިނާޔަތްތައް ކަނޑާލުމަށް އެދި ފިނޭންސް މިނިސްޓްރީގައި ވަނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންގެ އިނާޔަތުގެ ތެރެއިން ބައެއް އުނިކޮށްފި ނަމަ، ނަޝީދަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 160،000ރ. އެވެ.
ރާއްޖޭގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުލަތުން މިހާރު އިނާޔަތް ދެނީ ނަޝީދުގެ އިތުރުން މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަބްދުﷲ ޔާމީނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
14 June 2019
ނަޝީދުގެ މަކަރުން އަނެއްކާވެސް ރައްޔިތުން ގުބޯހެއްދީ. ދައުލަޔެއްގެ މަގާމަކަށް އަންނަނަމަ ކުރީގެ ރައީސްގެ ހުރިހާއެއްޗެއް ދޫކޮށްލަންވާނެ. އަދި މިއީ ގާނޫނަކުން ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އޮންނަންކެހޭނެ ކަމެއް. ތިޔަކަމަށް ގާނޫނެއްހަދާ. އަދި މަގާމުން ވަކި ވުމުން އެއްވެސް ބަޔަކަށް ޕެންޝަންގާނޫނުން ލިބޭއެއްޗެއްނޫން އެއްޗެއް ލިބިގެން ނުވާނެ.
މާޝާލަތުފީ
14 June 2019
ނަޝާދުގެ ކޮންމެ ކަމެއް ރަގަޅު ހަލާލު ކަމަށް ކަމަށް އެގިތިބެ ހަދާބަޔަކު އެބަތިބި. ﷲގެ ދަރުބާރުގައި ޖަވާބު ދޭންޖެހޭ ދުވަހުވެސް ދޮގުހެކު ނަޝީދުގެ ދިފާއުގައި މިވެރިންނަށް ދެވޭނެތޯ؟
ހަޒާނާ
14 June 2019
މުސާރަ ކުޑަ ކުރަން ވީއެވެ.
ސުފުރާ
14 June 2019
ރާއްޖޭގައި އެބައުޅޭ އަތްމަތި ތާށިވެ ދަރިންގެ އެޕާޓްމަންޓަށް ކުލިދައްކާނެ ފައިސާކޮޅެއްވެސް ނެތި ހެޔޮއެދޭމީހުން ދޭއެއްޗަކުން ކައިބޮއެ އުޅޭ މީހުން. އެފަދަމީހަކަށް ތިފައިސާ ހަދިޔާކުރިނަމަ މާރަނގަޅެއްނޫންތޯ.
ފަޅޯ
14 June 2019
ތިހާ ހެޔޮފުޅިއްޔާ ތިތަނުން އެއްތަނުގެ މުސާރަ ނުނަގަބަލަ .... ނުކެރޭނެ އެވެސް ބޭނުން.. ދުނިޔޭގެ ލަދަށް ތިވަރުވެސް ތިވީ
ޒަބީބޭ
14 June 2019
ދެން ހަމަ ޤާނޫނަކުން ނިއްމާފަ އޮންނަ ކަންކަން ތިޔަހެން އަމިއްލަ ނިއްމުމަކުން ބަދަލެއް ނުކުރެވޭނެ. ތިކަން ކުރަން ޖެހޭނީ ރައީސް ކަން ކޮށްފައި ތިބޭ މީހުންނަށް އިނާޔަތް ދިނުމަށް މަޖިލީހުން ފާސްކޮށްފައި އޮތް ޤާނޫނަށް ބަދަލުގެނެސްގެން. އަޅެ ނަޝީދަށް ހަމަ ޗާޓުން ބޭރުން ނޫނީ އެއކަމެއްވެސް ކުރަން ނޭގެނީތަ.
ދެރަ ސޮރުން ނަށް ދެރަ ގޮތް
14 June 2019
އަދި ކިރިޔާ މި އެގުނީ ނަޝީދު ދެ މުސާރަ ނަގާކަން..އެކަމަކު އަހަރެން 65 އަހަރު ވުމުން (5000ރުފިޔާ ލިބެން ފެށުމުން)އަހަރެންގެ ވަޒީފާގެ ޕެންޝަން މިއުޅޭ މަނިކު ވަނީ ކަޑާލާފައެވެ.
ހަޤީޤަތް ޤަބޫލް ކުރޭ
14 June 2019
މިހާރުވެސް ދެ މުސާރަ އެބަ ނެގެއެވެ. ކުރީގެ ރައީސުންގެ މުސާރައިން /87000 ރުފިޔާއާއި އަދި މަޖްލީސް މެމްބަރު ކަމުގެމުސާރަ 65000ރުފިޔާ އެބަ ނެގެއެވެ. އެބުނާ ނަމޫނާ ދެއްކި ކަމަށްވާނީ ކުރީގެ ރައީސުނަށް ދޭ މުސާރަ އިން އެއްމެ ލާރިއެއް ވެސް ނުނެންގެވި ނަމަ ނޫން ތޯއެވެ
ހަމަ ބުއްދި
13 June 2019
މިވަރުން ވެސް ނަޝީދަކީ ނަމޫނާ ބޭފުޅެއް ކަމަށް ބަޔަކު އެބަ ހަދައެވެ. އެކަމަކު ރައީސް ކަން ކުރެއްވި ބޭފުޅުން ނަށް ދޭ އިނާޔަތުން ވެސް އެބޭފުޅާ 87 ރުފިޔާ އެބަ ނަގައެވެ. ނިކަން ބަލާށެވެ /160،000 ރުފިޔާ ލިބިވަޑައި ގަންނަވާ މަޖްލީހުގެ އެހެން މެމްބަރެއް މިނޫނީ އެބަ ހުރިތޯއެވެ؟
ްއަދުރޭ
13 June 2019
އެއީ ހަމަ ނަމޫނާބޭފުޅެއް. ކަޑަވޭދޯ؟!
ދޮށީކޮއި ޢަލީގެ މުޙައްމަދު
14 June 2019
އިނާޔަތް ދޭމީހުންނަށް އެދެވެނީ ހަލާލުނޫން އެއްޗެއް ކަންއެނގިތިބެ ދެމުންދަނީ
ހުސޭނު ގެ އިހިސާނު
14 June 2019
މިކަމުގައި ނަމޫނާ ދެއްކި ކަމަށް ޤަބޫލް ކުރެވެން އޮތީ ކުރީގެ ރައީސުންގެ މުސާރަ އެއްކޮށް ދޫކޮށް ލެއްވި ނަމައެވެ..ހަމަ އެކަނި މަޖްލީހުގެ މުސާރަ ނަންގަވާ ނަމަ ތާއެވެ.
ހެއްވާ
13 June 2019
ކޮބާ ނަޒާހަތް ތެރިކަން...އެކަމަކު ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުން ނާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޝައިޚް ރަޝީދަށް އިނާޔަތު ދޭން ވުމުން ދައުލަތުގެ މާލިއްޔަތަށް ލޯޑް ބޮޑުވެގެން ފަޅާގެން ނުދިޔައީ ކިރިޔާއެވެ.