ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---
13 ޖޫން 2019 - 21:25
އއ. އަތޮޅުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް މިއަދު ހައްޔަރުކުރި 58 އަހަރުގެ ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކޯޓުން 15 ދުވަސް ކަނޑައަޅައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާ ކަމަކަށް ވާތީ، އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރެ އެވެ. އެހެންވެ މި ކުއްޖާ ވެސް ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު ދިނީ ކޮން ކޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހާ މިއަދު ހައްޔަރުކުރީ، އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ފުލުހުން އިއްޔެ ބުނެފައި ވަނީ އެ މީހާ ހައްޔަރު ނުކުރެވި ލަސްވީ، އޭގެ ކުރިން ހޯދަންޖެހޭ ޑޮކިއުމެންޓުތަކެއް ނުލިބި ދިގުލައިގެންދާތީ ކަމަށެވެ.
ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އަމިއްލަ އަށް ފުލުސް ސްޓޭޝަނަށް ގޮސް އިއްޔެ މައްސަލަ ހުށަހެޅިއިރު، އެ ކުއްޖާ އަށް ވެސް އެހެން ބައެއްގެ ފަރާތުން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައުލޫމާތު ތަހުގީގުގެ ތެރޭގައި އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
14 June 2019
ކުޑަކުދިންނާ ބެހޭ މީހުންގެ އަތޮޅާއިރައް އަދި ފޮޓޯވެސް ޢާއްމުކުރަންވީ އޭރުން ރައްޔިތުންނަށް އެގޭނީ އެމީހުންގެދަރިން މިފަދަ މީހުންގެ އަނިޔާއިން ސަލާމަތްކުރަން
ނިކަމެތި އަޅުގަނޑު
13 June 2019
ތިޔަ ބަންދު ޖެހީ އިޖުރާތު ފުރިހަމަ ކޮއްފަބާ؟ ތިޔަ އިޖުރާތުގަ އޮވެދާނެ ޗިޓް އޮންނަންޖެހޭނީ މިވެނި ފޮންޓަކުންނޭ ލިޔެވިފަ ދެން އިޖުރާތު ފުރިހަމަ ނުވާނެ. ދެން ގާނޫނުގެ ކުރިމަތީގާ މުހިއްމުވާނީ އެބުނާ ފޮންޓްގެ ހަައްގު ކުއްޖާގެ ހައްގަށް ވުރެން.
ލަންބެ
13 June 2019
ޚަބަރުގައި އެބައޮތް، ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާ މައްސަލައެއްކަމަށް، މީގަ ސުވާލު އުފެދިގެން މިއުޅެނި މިހާ ސީރިއަސް މައްސަލަތަކުގައި، ޑޮކިއުމެންޓެއް ނުލިބިގެން މިކަލޭގެ ހައްޔަރު ނުކުރެވި ހުރިހުރުމަށް، މައްސަލަ ހުށހެޅިކަމަށްވަނީ މިދިއަމަހު 25 ވަނަ ދުވަހު، މިކަހަލަކަންތައް އެބަޖެހޭ ރަނގަޅުވާން.