ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންތަކެއް. .---ފޮޓޯ: ނިޝާން އަލީ/މިހާރު
25 ޖޫން 2019 - 17:20
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެވޭ އުމުރު 40 އަހަރަށް މަތި ކުރުމަށް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހުގައި ޖޭއެސްސީގެ މެމްބަރެއްގެ ހުރުން ލާޒިމް ސިފަތަކުގެ ތެރޭގައި 40 އަހަރުވެފައިވުން ހިމެނެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރުން 25 އަހަރުވެފައިވާ މީހަކަށް ކޮމިޝަންގެ މެމްބަރު ކަން ކުރެއްވޭނެ އެވެ.
ކޮމިޝަންގެ މެމްބަރަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ދެން ހިމެނެނީ މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކު ކަމުގައިވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރި ނުވުމާއި ބުއްދި ހަމައަށް ހުރުމެވެ.
ސިރާޖުގެ އިސްލާހުގައިވާ ގޮތުން ޖޭއެސްސީ އަށް ކަނޑައަޅާ މެންބަރަކީ ގާނޫނީ ވަކީލެއް ކަމުގައިވާ ނަމަ އެ މީހަކު ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ދެމި ހުރިހާ ހިނދަކު ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލަތު ކޮށްގެން ނުވާނެ އެވެ. އިސްލާހުގައި ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް ވަކިކުރެވޭ ގޮތް ވެސް ހިމެނެ އެވެ.
އިސްލާހުގައި ޖޭއެސްސީގެ ރައީސް ނުވަތަ ނައިބު ރައީސް އެ މަގާމުން ވަކިކުރެވޭނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ކޮމިޝަންގެ ޖަލްސާއަކަށް ހުށައަޅާ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައީސް އާއި ނައިބު ރައީސް އިތުބާރު ނެތްކަމަށް ހުށައަޅައިފިނަމަ އެ ނިންމުމަށް ވޯޓަށް އަހާ ގޮތެއް ނިންމުމަށްފަހު މެނުވީ ކޮމިޝަންގެ އިތުރު މަސައްކަތެއް ތަވާލުކޮށްގެން ނުވާނެ ކަމަށާއި އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެ މައްސަލަ އެއްވެސް ކޯޓަކަށް ވެސް ހުށަނޭޅޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުމުގެ ބޭނުމަކީ ފަނޑިޔާރުންނާ މެދު ކުރާ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާ ގުޅޭ ގާނޫނީ އުސޫލުތައް ހަރުދަނާ ކުރުމަށާއި އެކި ގާނޫނުތަކުގައި ހުރި އިޖުރާއުތައް އެއް ގާނޫނަކަށް ގެނައުން ކަމަށެވެ.
އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޖޭއެސްސީ އަށް ލިބޭ ބާރުތަކާއި މައްސަލަ ރައްދުވާ ފަނޑިޔާރުންނަށް ލިބިދޭ ހައްގުތައް ބަޔާން ކުރުމަށާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ހުށަހަޅައި، ބަލައި ގޮތެއް ނިންމުމުގައި ފަސޭހަ އިޖުރާއަތުތަކެއް ކަނޑައެޅުމަށް ކަމަށް ބިލްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
26 June 2019
ތިިއީ ދާރުންނަދުވާތަ؟ނިިނާޢީކުށުން ކުށްވެރިިވެފައިިވާ މީހުންނަށާއިި އުމުރުން 40 އަހަރު ނުފުރޭ މީހަކަށް މަޖުލިިހަށް ކުރިިމަތިިނުލެވޭ ގޮތަށް އަދިި ޢައުރަ ނިިވާނޮކޮށް މަޖުލިިހަށް ނުވަދެވޭ ގޮތަށް ހެދުމަކީ ވަރަށް މުހިިންމު ކަމެއް މިބިިލު ހުށްހަޅާދޭނެ އެމް.ޕީ އަކުނެތްތޯ
އަބްދުއްالله
26 June 2019
18 އަހަރު ގަ ޕާލިމެންޓަށް ވޯޓުލާ މީހުނަނާއި، އެ ވޯޓުގަ ޕާލިމެންޓަށް ހޮވޭމީހުންގެ ބުއްދި ފުރިހަމަވަނީ 40 އަހަރު ވީމަތަ؟
އީދުކަޅުބެ
25 June 2019
ވަރަށް ރަނގަޅު ހުށަހެޅުމެކެވެ. އިންސާނާގެ ބުއްދި ފުރިހަމަވަނީ ޢުމުރުން 40 އަހަރު ވުމުންނެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލާމީހުންނަކީ، ފަނޑިޔާރުންނަށްވުރެ ދޮށީ ޢުމުރުގެ، ތަޖުރިބާ ލިބިފައިތިބި މީހުންނަށް ވާންޖެހޭނެއެވެ.
އަބްދުއްالله
26 June 2019
ހުރިހާ ފަނޑިޔާރުންނަކީ 40 އަރަށްވުރެން ހަގު ކުދިން ވިއްޔާ ދޯ؟
ދިހި
25 June 2019
40 އަހަރު ވުމަށްފަހު މިކޮޅަށްވުރެ އެކޮޅު އޮންނާނީގާތުގަ.. ރިސަވަތާ އަމިއްލަ އެދުން ކުއިއަށްނެރުން ބޮޑުތަނުން މަދުވާނެ.. ތިވަރުގެ ގާބިލް ވިސްނުމެއް ގެންގުޅުނު މެމްބަރަކު މުޅިމަޖިލީހުގެ ހަޔާތުގަވެސް މަދުވާނެ..
ނެގުނުކަތީބު
25 June 2019
އެބުނާހެން އެ މަޖުލީހުގައި ފެންވަރެއް ސްލޫކެއް ޢުމުރެއް ވަނަވަރެއް ނޯވޭ. އަދި ޙާޒިރީއެއް ކުރާނެ މަސައްކަތެއް ނޯވޭ! ބޭނުންވަނީ އަޑުގަދަކޮށް ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމުގެ ރެކޯޑެއް އޮތުން! ދިވެހިރައްޔިތުން މޮޔައިންގެ އަތަށް ކަނޑި ދިނީމާ ވާނެ ހައެތި މިވަނީ.
ހިތާ
25 June 2019
ގާނޫނު ހަދާ މަޖްލިހުގެ މެމްބަރަކަށް އައުމަށް އުމުރެއް، ފެންވަރެއް އުސޫލެއް ހަމައެއް ނެއް. މިހާލަތުގައި ތިބޭ ބަޔަކު އެހެން ފަރާތްތަކުގެ ޝަރުތާ މެދުގައި ވާހަކަ ދައްކަން ކުފޫ ހަމަ ވޭބާ؟ވިސްނާލަން ޖެހޭ ކަމެއް
ހުއްތޭ
25 June 2019
ކާކު ކަނޑާލަންވީތަ. އަންނި ރައީސް ކަމަށް ގެންނަން ހަދާ އުކުޅު
މާލެމީހާ
26 June 2019
ލަތީފާ ކަނޑާލަން
މަގޭބުނީ
25 June 2019
ބަރާބަރު ނިންމުމެއް، ރަސޫލް ޒަމާނުގައި މަޖިލިސްކުރާގެ ، ދާރުއްނަދުވާ އަށް 40 އަހަރުނުވާމީހުންނަކަށް ނުވަދެވޭނެ. އިންސާނަކު ފުރާ ފުރިހަމަވަނީ އުމުރުން 40 ވުމުން......، މީ ހަޤީގަތް.....
މުލޭ
25 June 2019
ކަމެއް ކޮށްދެންޏާ ސިޔާސީ މީހުންނާއި ފަނޑިޔާރުން ނުހިމަނައި ތި ކޮމިޝަން އެކުލަވާލެވޭނެ ގޮތެއް ހަދައިދީ. މަޖުލިސް މެންބަރުންނާއި ފަނޑިޔާރުން ތިބޭހާ ހިނދަކު ރަނގަޅަކަށް ނުދާނެ. މިހާރު އޮންނަ ގޮތުން މަޖުލިހުގެ މެންބަރުން ހިމެނޭތީ މަޖުލިހަށް އެމީހުން ޖަވާބުދާރީ ކުރެވޭކަށް ނެތް. ފަނޑިޔާރުން ހިމެނޭތީ ފަނޑިޔަރު ގެއިންވެސް އެމީހުން ޖަވާބުދާރީ ނުކުރެވޭ. ދެބައި މީހުންގެ ޒާތީ ހަސަދަ ފެންނަނީ.
މަރޭމިތުރު
25 June 2019
އހަރެންނަށް ކަމުދަނީ މިހާރުގައި އުމުރު އޮތްވަރު! އުމުރު މަތިކުރުމުގެ މަގްސަދެއް ނުވިސްނޭ! އެހެން ނުނަސް ޒުވާނުންނަށް ވަޒީފާތަކުން މަހުރޫމްވާގޮތް ހަދައިގެން ނުވާނެކަމަށް ދެކެން. މީހެއްގެ ތައުލީމަކީ ބޭރުން ފެންނަ ކަމެއްނޫން. އެތެރޭގައި ހުރި އެއްޗަކުން ތައުލީމު މިނިކިރަންވާނީ!