ޚަބަރު / ކަރެކްޝަނަލް ސާވިސް

ރުކްޝާނާ އެންއައިސީ އަށް އައްޔަން ކުރަން 84 މާކްސް

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުން. (ކ-ވ) ޔޫސުފް މާނިއު، ޝެހެނާޒް، ރުކްޝާނާ އަދި އަލީ މުހައްމަދު މަނިކު.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެމްބަރު ކަން ކުރެއްވި ރުކްޝާނާ އިބްރާހިމް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު 84 މާކްސް ދީފި އެވެ.

ރުކްޝާނާގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނަށް ކުރިމަތިލި 26 މީހުންގެ ތެރެއިން އެންމެ ގާބިލީ ރުކްޝާނާ އެވެ. ކޮމިޓީގެ މެމްބަރުން މާކްސް ދިނުމުން އޭނާ އަށް ލިބިވަޑައިގަތީ 84.33 މާކްސް އެވެ.

ރިޕޯޓްގައިވާ ގޮތުން، އެންއައިސީ އަށް އައްޔަންކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ކޮމިޝަނަށް ކުރިމަތިލެއްވި ހަތަރު ބޭފުޅަކަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު އަލީ މުހައްމަދު މަނިކަށް 78.83 މާކްސް، އެންއައިސީގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް 75.30 މާކްސް އަދި ރާއްޖެ އިން ޔޫއޭއީ އަށް ކުރިން ކަނޑައެޅި ސަފީރު އައިޝަތު ޝެހެނާޒް އާދަމަށް 77.57 މާކްސް ލިބިވަޑައިގެންނެވި އެވެ.

މާކްސް ދިނުމުގައި ބަލާފައިވަނީ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށެވެ.

އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފަރުހާދު އައްޔަން ކުރުމުގެ ކުރިން މަސައްކަތް ކުރެއްވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.

ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.

ރުކްޝާނާ ޕީއައިސީގެ މެމްބަރު ކަމަށް ވަޑައިގެންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީއައިސީ އުވާލައި، އެންއައިސީ ނަމުގައި އާ ކޮމިޝަނެއް އުފެއްދެވުމުގެ ކުރިންނެވެ. އެގޮތުން، ރުކްޝާނާ އެ މަގާމަށް އައްޔަން ކުރެއްވީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ.

21 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 5%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރީފު

27 June 2019

މާނިއު އަކީ މުޅިއޮޑީގައި ލައްވާލާތޯ ދުވާމީހެއް އަލްހާނެކޭ ނެތް ތަފާތެއް

The name is already taken The name is available. Register?

ދޭވާނި

26 June 2019

ޑރ.ޝެހެނާޒު ދައުލަުގެ މަތީމަޤާމުތަކެއް ފުރުއްވައި ދިގުމުއްދަތަކަށް ޚިދުމަތް ކުރުމުގެ އިތުރުން އެކަޑަމިކު ކޮލިފިކޭޝަނާއި ފަސްބައި ސާފުކަަށް ބަލާއިރު މިނިވަން މުއައްސަސާތަކާއި ބެހޭކޮމެޓީއިން ދެއްވާފައިވާ މާކުސްއާއިމެދު ސުވާލުއުފެދޭ. އެޑިއުކޭޝަން މިނިސްޓުރީ ޒިންމާދާރު މަޤާމުތަކުން ފެށިގެން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބެސަޑަރުކަން ކުރި މީހަކަށް މިހާ ދެރަވަރކޮށް މާކުސް ދީފައިވަނީ ސޯޝަލްމީޑިއާގައި ހޯބޯނުލަވާތީބާއެވެ.

The name is already taken The name is available. Register?

ފޮތް ނުކިޔާތީ

27 June 2019

މައްސަލައަކީ ޔާމީނުގެ އަނިޔާވެރިކަން ދިފާއުކުރަން އޭގެ ތެރޭގައި ހޭކިފައި ހުރީމަ. މީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ނޫންތޯ؟

The name is already taken The name is available. Register?

ޑޮން 2012

26 June 2019

ރުކްޝާނާއަކީ ތިޔަ މަޤާމަށް އެންމެ ޤާބިލް ފަރާތް. ޕީއައިސީގައި މަސައްކަތް ކުރެއްވި އިރު ލީޑަރޝިޕް ދައްކައިދިން. ޤާނޫނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކަނބަލެއް.

The name is already taken The name is available. Register?

ހަތާ

26 June 2019

ކަމަކަށް މީހާޤާބިލް ވަނީ ކިޔާނަމަކުން ނުވަތަ ހަސަބަކުން ނޫނެވެ. އަދި ކިއެއްތަ އަތުގަ އޮންނަ ފާހަކުން ނުވަތަ ކުރިން އަދާކުރި ވަޒީފާ އަކުން ނޫނެވެ. ޝެހޭ އެމްބަސީއެއްގައި މަސައްކަތް ކުރުމުން އެން.އައި.ސީގެ މެމްބަރުކަމަށް ޤާބިލް ވަންޏާ މެރިން އިންޖިނޭރެއް އިކޮނޮމިކް މިނިސްޓރީ ވެސް ހަވާލު ކުރަން ވީތާ. ރުކޫ އަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވައިގެން ހުންނެވި އެދާއިރާގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ހުނަރުވެރި މީ

The name is already taken The name is available. Register?

އޭޖީ

26 June 2019

ތިޔަތާކު ނެތް ތަޖުރިބާ އަށް ބެލިއަސް އެހެން ގޮތަކުން ބެލިޔަސް ޝެހޭ ވަރުގެ ޤާބިލް މީހަކު.! ރުކްޝާނާ އިލްމެއް ހުއްޓަސް މެޑަމް ބުނީމާ ބުނި ގޮތެއް ހަދާ އަހަރެމެން ރައްޔިތުން ހާލުގައި ޖެހުނު ދުވަހު ކޮމިޝަންގެ މުސާރަކައިގެން ގޭގަ އޮތުން އެއީ ނާގާބިލްކަން.! މިސަރުކާރު ގެނައީ އުންމީދަކާއި އެކު.!

The name is already taken The name is available. Register?

ޖޮއްރު

26 June 2019

ކޮމިސަނެއްގަ އުޅެފަ ހުރިއްޔާ ފުލްމާކްސް ދީފަ ދޯ މިއޮތީ. ށެހޭ މިއޮތީ ކިހިނެއް ހަދާފަ؟ ދަރިވަރުންނަށް މާގިނަ މާކްސް ލިބިފަ މިއޮތީ

The name is already taken The name is available. Register?

ހަސަން ނުވަވަނަ

26 June 2019

ހައިރާނެއް ނުވަން. ފައްކާ ދޮންރިހަ އެކްޓިވިސްޓެއް.

The name is already taken The name is available. Register?

ކޮއްކޯ

26 June 2019

އަދޭ ކިހިނަކުން ތިޔަމާކުސްދީފަތިޔަހުރީ. ތައުލީމާ އެކްސްޕީރިއަންސާއި ސިޔާސީނުފޫޒު ނެތް މީހަކު ހޮވަންޏާ ތިޔަ ތަނުގަ ހުރީ އެކަން ހައްގު އެންމެ މީހެއް. ދެން ޕާޓީ ކުދިންނަށް ދޯ އައްޑިހައިގެ މާކުސް ދީފަ މިއޮތީ

The name is already taken The name is available. Register?

ރާޖާ

26 June 2019

މިހާތަނަށް ރުކުޝާނާ މަސައްކަތް ކުރި ތަންްތަނުގައި ކުރި މަސައްކަތަށް ބަލާއިރު ތިޔަ ފަދަ ޕަރފޯމެންސެއް ދެއްކިފައި ނެތް ކަމަށް ފެންނަނީ. ޕީއައިސީގަ އިން އިރު ކުރެވުނު ކަމެއް ނެތް. ދެން އެކްޓިވިސްޓުންގެ ވެރިކަންތާ.

The name is already taken The name is available. Register?

ވިދުވަރު

26 June 2019

މާރކްސް މި ދެނީ ކިހިނެތްބާ؟ ތަޢުލީމާއި ތަޖުރިބާއަށް. އަދި ކޮމިޝަނެއްގަ މަސައްކަތްކޮށްފަ ހުރިއްޔާ ފުލް މާރކްސް ލިބެނީބާ! ެމީހަކު މަސައްކަތް ކޮށްފަ ހުރީ ކިހިނެތްތޯ ނުބަލާބާ! ނަޒާހަތްތެރިކަމެއް ނެތި މަސައްކަތް ކުރިއަސް ފުލް މާރކްސް ލިބެނީ ކަންނޭގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454