މެމްބަރު ޖީހާން: އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާ ދެކޮޅަށް އޭނާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި -- ފޮޓޯ/މިހާރު
26 ޖޫން 2019 - 14:24
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުުކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
އެޗްއާރުސީއެމް އިން އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ކަނޑައަޅައިި، ހުކުމްކުރީ އެޗްއާރުސީއެމްއާ ދެކޮޅަށް ސުޕްރީމް ކޯޓުގެ އިސްނެގުމުގައި ބެލި ސުމޯޓޯ މައްސަލައެއްގަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން އޭރު ބެލީ އެޗްއާރުސީއެމް އިން ތައްޔާރުކުރި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ރިޕޯޓުގައި އެ ކޮމިޝަނުން ފާހަގަކުރި ކަންކަމާ ގުޅިގެންނެވެ.
އޭގެ ހަތަރު އަހަރު ފަހުން އެ ހުކުމާ ދެކޮޅަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެޗްއާރުސީއެމްގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. އެ ގަރާރުގައިވަނީ ގާނޫނު އަސާސީން އެޗްއާރުސީއެމްއަށް ދީފައިވާ ބާރުތައް ސުޕްރީމް ކޯޓުގެ ހުކުމުން ނިގުޅައިގެންފައިވާ ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަންގެ ޒިންމާތައް އަދާކުރަން ދަތިވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ހިންގީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
މީގެ އިތުރުން އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަށް ހުރަސް އެޅުމުގެ ބާރު ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށާއި އަދި މިނިވަން މުއައްސަސާތަކުން ޒިންމާ އަދާ ނުކުރާ ނަމަ، އެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެންގުމަށް ވެސް އެ ގަރާރުގައި ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބީގާ
26 June 2019
އޭތް!!ކޮންތާކު ތިޔައުޅެނީ ވީވައުދު މަތިން ހަދާން އެބަހުރިތަ؟ގޮސްވަދެވުނީމަ ހަދާން ނެއްނެތްދޯ؟ .ވައުދެއް ވިކަމެއްވެސް ކީކޭ ކިޔައިގެން ގޮސް އެތަނައްވަތްމީހެއްތީ ސުޕްރީމްކޯޓޭ ނުކިޔަ ހިންނަވަރު މީހުންނައް ވީވައުދު ހަދާނކޮއްބަލަ އޭގެ ފަހުގަ ސުޕްރީމް ކޯޓޭ ކިޔަސް ކިޔާނީ ހިންނަވަރު މީހުނައް ބޮނޑިބަތްކޮޅެއް ދެވުނީމަ ނިމުނީ ތަ .ގަރާރެކޭ ކިޔާ މީހުން އެއް ނުކޮއް ވައުދު ފުއްދާބަލަ
އަހަރުމެންވެސް
26 June 2019
ދޮންވެލާފަ ހާދަ ރީއްޗޭ އޯ
ހފހގފހ
26 June 2019
ކަނބުލޯ ޤާނުނެކޭ ފާސްކުރަން ޖެހޭނީ. އެމެންނަކީ ޤާނޫނު މާނަކުރުމަގައި ފަހުބަސް ބުނާ މީހާ. ޤާނޫނު ހަދާ ބައެއްނޫން. ޤާނޫނު ގައިޑް ލައިނޭ ކިޔާ ހެދީ ލަދު ތަންކޮޅެއް މަދުވީމަ.
ދޯރި
26 June 2019
ތި ގޮތަށް މަޖިލީހުން ފާސް ކުރާ ގަރާރުގެ ގާނޫނީ ބުރަދަނަކީ ކޮބާތޯއެވެ. ތި ގަރާރު ވަނީ ހަމައެކަނި މަޖިލީހުން ދެކޭގޮތަށެވެ. ގާނޫނީ އެއްވެސް ބައިންޑިން އަކަށް ނުވާނެއެވެ.