29 ޖޫން

June 29, 2020 15
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ ބިދޭސީ އަންހެންމީހާ ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް އޭނާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

18 ޖޫން

June 18, 2020 27
ޖީހާނަށް ގޯތި ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯއްޗެއް ދިން މައްސަލަ އާއި އެރަށުން ގޯތި ދިނުމުގައި އަމަލުކުރި ގޮތް ބަލަން ފަށައިފި ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

16 ޖޫން

June 16, 2020 60
ގަމުން ގޯތި ދޫކުރީ އުސޫލާ ހިލާފަށް ޕޮއިންޓް ދީގެން

ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯއްޗެއް ދިނީ އެ ރަށު ކައުންސިލުން ހާމަކުރި އުސޫލާ ހިލާފަށް ޕޮއިންޓް ދީގެން ކަމަށް ބުނާތީ އެކަން ދިފާއުކޮށް ކައުންސިލުން ނެރުނު ބަޔާނުން އިތުރު ސުވާލުތައް އުފެދިއްޖެ އެވެ.

15 ޖޫން

June 15, 2020 51
ޖީހާނަށް ގޯތި ދިނީ އުސޫލުގެ ތެރެއިން: ކައުންސިލް

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބިވަޑައިގަތީ އުސޫލުގެ ތެރެއިން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

13 ޖޫން

June 13, 2020 92
މައްސަލަ ބޮޑުވުމުން ޖީހާންގެ ގޯތި ދޫކޮށްލައިފި

ރާއްޖޭގެ އެންމެ ބޮޑު ރަށް ، ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯތި ލިބިވަޑައިގެން ގޮތާ މެދު އެތައް ބަޔަކު ސުވާލު އުފެއްދުމުން އެ ގޯތި ދޫކޮށްލައްވަން އެންމެ ފަހުން އޭނާ ނިންމަވައިފި އެވެ.

08 ޖޫން

June 08, 2020 10
ވަޒީފާ ނެތް މީހުންގެ އެލަވަންސް ދޭން ބާބެއް ހިމަނަނީ

ވަޒީފާއަދާ ކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާއިރު، ވަޒީފާ ނެތް މީހުން ސަރުކާރުން އެލަވަންސް ދޭންޖެހޭ ގޮތަށް އެ ބިލުގައި ހިމަނަން ހުށަހަޅައިފި އެވެ.

04 ފެބުރުއަރީ

February 04, 2020 17
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑު ކުށަކަށް ހަދަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހަދަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

19 ޖެނުއަރީ

January 19, 2020 11
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ

ޖިންސީ ޝިކާރައަކަށް ކުދިން ވުމުގެ ނުރައްކާ އޮތް އާއިލާތައް ޖެންޑާ މިނިސްޓްރީ އަށް މިހާރު ވެސް އެނގޭނެތީ، އެފަދަ އާއިލާތަކުގެ ކަންތައްތައް މޮނިޓާ ކުރުމުގެ މަސަައްކަތް ހަފްތާއެއްގެ ތެރޭގައި ފަށަން، އެ މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

17 ޖެނުއަރީ

January 17, 2020 13
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހާޒިރު ކުރަން މިރޭ ނިންމައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 3
ޓްރެފިކިންއާ ބެހޭ ކޮމިޓީއަށް ބަދަލު ގެންނަން ބިލެއް

މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

11 ނޮވެމްބަރ

November 11, 2019 22
ހައިލަމާ ގުޅޭ ބަޔާނަކީ ޒިންމާ އަދާކުރުމެއް: ޖީހާން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަން ހާމަކޮށް، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަޔާން ނެރުމަކީ ޒިންމާއެއް ކަމަށް އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.

21 އޮކްޓޯބަރ

October 21, 2019 4
ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް

ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ 15 އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

20 އޮކްޓޯބަރ

October 20, 2019 7
ފެންމަތިވި މައްސަލަ: ފިޔަވަޅު އެޅުން ޖީހާނަށް ލަސް!

ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ އެތައް އަހަރެއް ހޭދަކުރަން ޖެހުނު ގިނަ ކުދިން (މިހާރު 18 ފުރިފައިވާ އަންހެނުން) ތަކަކަށް އިންސާފު ހޯދައިދިނުމަށް މުއައްސަސާތަކުން ފިޔަވަޅު އެޅުން ލަސް ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2019 17
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!

އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅު ހައްދަވަނީ ބޯދާ ވިސްނުމެއްގައި ކަމަށް ވިދާޅުވެ، އަންހެނުންގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރުގެ ޖީހާން މަހްމޫދު މިއަދު ނުކުންނަވައިފި އެވެ.

29 ޖޫން

June 29, 2019 25
ޝިދާތާ ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ގެ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޖަވާބުދާރީ ކުރުވުމަށްޓަކައި އޭނާ ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ ބައްދަލުވުން މިރޭ ސިއްރުކޮށްފި އެވެ.

28 ޖޫން

June 28, 2019 49
ސޯޝަލް މީޑިއާ ބޭނުން ނަހަމަ ގޮތުގައި! ހައްލަކީ ކޮބާ؟

ސޯޝަލް މީޑިއާގައި މީހަކު ފޮޓޯއެއް އާއްމުކޮށްލަފާނެ އެވެ. އެއީ މިވެނި، އެވެނި މީހެކޭ ބުނެފާނެ އެވެ. އެއީ ތެދެއްތޯ، ދޮގެއްތޯ ދެން ތިބި މީހުން ނުބަލަ އެވެ. ޝެއާކޮށް ނަގަނީ އެވެ. ހަގީގަތެއް ބެލުމެއް ނެތި ކޮމެންޓްތައްކޮށް ބަދުނާމު ކުރަނީ އެވެ. މިއީ ރާއްޖޭގައި ވަރަށް އާއްމުވެއްޖެ، ބޮޑު މައްސަލައެކެވެ. އެފަދަ ކަންކަން ކުރުމަށް ހާއްސަ...

26 ޖޫން

June 26, 2019 4
ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ދެކޮޅަށް ގަރާރެއް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުުކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

15 މާޗް

March 15, 2019 14
ޖީހާނަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ހިންނަވަރުގައި

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޖީހާން މަހްމޫދަށް ކެމްޕެއިން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުފަން ރަށް ޅ. ހިންނަވަރަށް މިއަދު ވަޑައިގެންފި އެވެ.

08 އޮކްޓޯބަރ

October 08, 2016 8
ރިޕޯޓްތައް ފޮނުވުމުގައި ހުރަހެއް ނެތް: އެޗްއާރުސީއެމް

އދ. އާއި އެކި ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ރިޕޯޓުތަކާއި މައުލޫމާތު ފޮނުވަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2016 12
އެޗްއާރުސީއެމްގެ ބާރު ހަނިކުރި މައްސަލަ އދ. އަށް

އިންސާނީ ހައްގުތަކާ ހިލާފުވެ ހިންގާ ކަންކަމުގެ މައުލޫމާތު އދ. ގެ ސަމާލުކަމަށް ގެންނަން ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އެކަން ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅައިދޭން އިންޓަނޭޝަނަލް ސާވިސް ފޯ ހިއުމަން ރައިޓްސް (އައިއެސްއެޗްއާރު) އިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.