ބަޔަކު މިސްކިތުގައި: ރޭ މިސްކިތަކަށް ވަދެ ހަމަލާދޭން އުޅޭ ކަމަށް ބުނާ ވާހަކަ މަންޒަރު ދުށް މީހުން ދޮގުކުރޭ-- ފޮޓޯ: މިހާރު
27 ޖޫން 2019 - 10:40
ރޭ މަޣުރިބު ނަމާދު ވަގުތު އިސްކަންދަރު މިސްކިތަށް ބިދޭސީ އަންހެނަކު ވަދެ ނަމާދުކުރަން ތިބި މީހުންނަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް އެ މަންޒަރު ދުށް ބައެއް މީހުން ދޮގުކޮށްފި އެވެ.
ބައއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ އަންހެން މީހާ އިސްލާމްދީނަށް ހުތުރު ބަސް ބުނެ، ނަމާދު ކުރަން އުޅުނު މީހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކީ ހިނގާފައިވާ ކަމެއް ނޫން ކަމަށް މަންޒަރު ދުށް ބައެއް މީހުން "މިހާރަ"ށް ބުންޏެވެ.
މީގެ އިތުރުން ފުލުހުން ވެސް ބުނެފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ނަފްސާނީ މައްސަލައަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަނިކޮށް އެހީތެރިޔާ އަށް ނުކިޔަމަންތެރިވެ ހޮސްޕިޓަލުން ނުކުމެގެން ދިޔަ މީހެކެވެ. ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ އަލުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި މީހަކު ނަން ހާމަ ނުކުރަން އެދި "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ އަންހެން މީހާ މިސްކިތުގެ ގޯތިތެރެއަށް ވަނީ އޭނާ ފަހަތުން އައި ބަޔަކަށް ފިލުމަށެވެ. ނަމަވެސް މިސްކިތު ތެރެއަށް ނުވަދެވެނީސް އެ މީހުން އޭނާ ހިފަހައްޓާފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
"ނަމާދަށް ހުރި މީހަކަށް ހަމަލާދޭނީ ކިހިނެއް އޭނާއަށް މިސްކިތް ތެރެއަކަށް ނުވެސް ވަދޭ. މިސްކިތު ގޯތިތެރެއިން އޭނަ ހިފަހައްޓައިފި. ދެން އޭނާ ކީހާ ވެސް އެއްޗަކީ "ސްޓޮޕް. ލީވްމީ" [ދޫކޮށްލާ]. އިސްލާމްދީނޭ ކިޔައިގެން އެއްވެސް އެއްޗެއް ނުކިޔާ، އަދި ހުތުރު އެހެން ބައެއް ވެސް އޭނާ ބޭނުމެއް ނުކުރޭ،" އެ ވަގުތު އެ މިސްކިތް ކައިރީގައި ހުރި މީހަކު ބުންޏެވެ.
އޭނާ ނަގާފައިވާ ވީޑިއޯއަކުން ވެސް ފެންނަ ގޮތުގައި އެ އަންހެން މީހާގެ ފަހަތުން ބަޔަކު އައިސް ގައިގައި ހިފަހައްޓާތީ އޭނާ ގޮސް ވަނީ މިސްކިތުގެ ގޯތިތެރެއަށެވެ. އަދި އެތަނަށް ވަންތާ 15 ވަރަކަށް ސިކުންތުގެ ތެރޭގައި އެތަނުން ނެރެގެން ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
27 June 2019
ދިވެހިންގެ އެކަނި ސިފައެއް މާބޮޑަށް ދީނީވެގެންއުޅުން، ދިވެހިން ނޫނީ އެހެންބަޔަކަށް ނޭނގެނީތޯ އިސްލާމްދީން...................................... ދިވެހިންގެ މާބޮޑު ސިފައެއް ކަންކަމުގައި ދީނީކުލަ ޖެއްސުން. ހަގީގަތަކީ މިހެންއުޅޭ ދިވެހިންނަށް އިސްލާމްދީންވެސް މާބޮޑައް ނޭނގޭކަން.
ސާލިހާ
27 June 2019
ވަގުތުނޫސްމީ ވަރުގަދަބައެ މުޅިންވެސް ދޮގުހަބަރު ފެތުރޭތޯ އުޅޭނީ ތަންކޮޅެއް ޒިއްމާދާރުވެ ގައުމު ފަސާދަކުރަން ނުއުޅެބަލަބަ
ޚަލެ
27 June 2019
ވަގުތު ނޫހަކު ނުވެސް ޖަހާ ތި ހަބަރެއް
haneef
27 June 2019
އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ގެ ހުން ނާނެ ނަފްސާނީ މައްސަލަ މިހާރު މީ އާކަމެއްނޫން ދިވެހިންގެ ތެރޭގައިވެސް އުޅޭ މިކަހަލަ ނަފްސާނީ މީހުން.
ހަސަނު
27 June 2019
މީޑިއާ ތަކެއްނޫން، ހަމަ އާންމުކޮށް ގަސްތުގަ ދޮގު ހަބަރު ފަތުރާ މީޑީއާ އިން އެ ހަބަރު ވެފެތުރީ...
ދޮންދުބުނރި
27 June 2019
އެއްވެސް ބަޔަކު ދައްކާވާހަކައެއް ގަބޫލެއް ނުކުރަން.
ލޯކަ!
27 June 2019
ތި ހުރިހާ އެއްޗެއްވެސް ތިކިޔަނީ ހަމަކަލޭމެނެވެ. ނުކައެއް ނުފުރާނަމޭ! އެހެނެއްނުވާނޭ ކައިގެންނޭފުރާނީ! ކިޔައިޒުވާބު ތިކުރަނީވެސް ހަމަކަލޭމެންނެވެ. މުޅިމުޖުތަމައު ގަޑުބަޑު ތިކުރަނީ ހަމަކަލޭ މެންނެވެ.
ކައްޓެލި
27 June 2019
ދިވެހިން އައިފޯނު ހިފާފަ އުޅުނަސް ވިސްނުމާ އަަމަލު މިހުންނަކީ އިންޑިޔާގެ ވިލެޖު މީހުންގެ ފެންވަރުގަ.
ޙަބީބު
27 June 2019
ފާސިގުން ފަތުރާ ދޮގުހަބަރު ގިނަވާނެ ކުށެއްނެތި މައުސޫމު އަންހެނުން ބޮލުގަ ޒިނޭގެ ބަދުނާމު އެޅުވުން ވަރައްގިނަ މީހަކާ ވާހަކަ ދެއްކުމަކީވެސް އެއީ އެމީހާޔާ ގުޅުންހިންގުން ދެންއެވީ ވަރިކުރަން އިސްލާމުދީނުގަ ދޮގުހަދާ މީހުންނައްހުރި އަޒާބު މާލޭގެ މަގުތަކުން ފެންނާނެ ގޮތްގޮތައް ހަރުކުރުން ވަރައްމުހިންމު ޖާހިލުޒަމާން މިއޮތީ ފަހުޒަމާންމީ
ޙާލާ
27 June 2019
އިސލާމް ދީނަށް ފުރައސާރަ ކޮއްފިއްޔާ ބޯހސމަ ނުޖެހޭ ބަލިމީހެއް. މުސްލިމަކު ކަމެއް ކޮއްފިއްޔާ ޓެރެރިސްޓެއް.
ގޮބޮޅި
27 June 2019
ދޮގުހަބަރާ ފިތުނަދަސާދަ އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރާ އެއް ނޫސް ރާއްޖޭގައި އޮވޭ