ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: މަޖިލިސް
08 ޖުލައި 2019 - 16:37
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަރަނި 14 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، އެ ކުންފުނީގެ ލޯން، 14 ބިލިއަން ރުފިޔާ އަށް އަރާއިރު އެއީ ސަރުކާރުން ހިންގާ އެކިއެކި މަޝްރޫތަކަށް ނެގި ފައިސާ ކަމަށެވެ. އޭގެ ތެރޭގައި ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ބެންކުތަކުން ނަގާފައިވާ ލޯނުގެ އަދަދު 9.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައު އައިސީބީސީން ނަގާފައިވާ 368 މިލިއަން ޑޮލަރާއި ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން ނަގާފައިވާ 159 މިލިއަން ޑޮލަރު ހިމެނެ އެވެ. އޭގެ ތެރެއިން އައިސީބީސީން ލޯން ނަގާފައިވަނީ ލިންކް ރޯޑުގެ މަސައްކަތަށާއި 7،000 ހައުސިން ޔުނިޓްގެ މަޝްރޫ އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ. - ފޮޓޯ: މަޖިލިސް
އާތިފް ވިދާޅުވީ އެ ލޯންތަކަށް މިހާރު ފައިސާ ދައްކަމުން އަންނަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އެއީ 7،000 ފްލެޓް އާއި ލިންކް ރޯޑް ޕްރޮޖެކްޓަކީ މި ވަގުތު އެޗްޑީސީ އަށް އެއްވެސް ފައިސާއެއް ލިބޭ ޕްރޮޖެކްޓްތަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އާތިފް ވިދާޅުވިގޮތުގައި ހުޅުމާލޭން ބިން ވިއްކައިގެން ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އޭރު ހަރަދުކޮށްފައި ވަނީ މުހިންމު ނޫން މަޝްރޫތަކަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ވޯޓާ ފައުންޓަންއެއް ހަދަން ދެ މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ބޭނުން ނުކުރާ ޕާކިން ސިސްޓަމްތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިސާޗެއް ހެދުމުގެ ނަމުގައި އެ ކުންފުނީގެ އިމާރާތެއް ބޭނުންކޮށްގެން ޕީޕީއެމަށް ކެމްޕެއިން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެ ރިސާޗް ރިޕޯޓްތައް އަދިވެސް ނުލިބޭ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ކުރީ ސަރުކާރުން 7،000 ހައުސިން ޔުނިޓް އަޅަން ފަށާފައި ވަނީ އެޗްޑީސީގައި ނެތް ފައިސާ ހޯދައިގެން ކަމަށާއި އެއީ އެ ކުންފުނި ހިންގާ އުސޫލުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެޗްޑީސީގެ މެންޑޭޓަކީ ހުޅުމާލޭގެ ބިން ވިޔަފާރީގެ އުސޫލުން ބޭނުންކޮށްގެން ކުންފުނި ހިންގުމެވެ.
އާތިފް ވިދާޅުވީ އެ ކުންފުނީގެ މެންޑޭޓުން ބޭރުން ކުރަން ފަށާފައިވާ ކަންކަން ހުއްޓާލުމަށާއި ދަރަނި ދައްކާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނީގެ އެސެޓް ވެލިއުއަކީ 31 ބިލިއަން ރުފިޔާ އެވެ. އެއީ ނޮންކަރަންޓް ވެލިއުގެ ގޮތުގައި 21 ބިލިއަން ރުފިޔާ އާއި ކަރަންޓް އެސެޓްސްގެ ގޮތުގައި 10 ބިލިއަން ރުފިޔާ އެވެ. ކަރަންޓް ލައިބިލިޓީ 9.8 ބިލިއަން ރުފިޔާ އަށް އަރާއިރު ނޮން ކަރަންޓް ލައިބިލިޓީ 2.8 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ކެޕިޓަލް އިންޖެކްޓްގެ ގޮތުގައި ސަރުކާރުން އެޗްޑީސީ އަށް 81 މިލިއަން ރުފިޔާ މިހާތަނަށް ދީފައިވާއިރު ލޯންގެ ގޮތުގައި 315 މިލިއަން ރުފިޔާ ސަރުކާރުން އެ ކުންފުންޏަށް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފު
09 July 2019
މި މީހުން ލޯނު މި މާނަ ކުރަނީ އެ ނަގާ ދުވަހުގެ އަނެއް ދުވަހު ދައްކާ ނިމިފައި އޮންނަންވާނެ އެއްޗެއްގެ ގޮތުގައި. ކުރީ ސަރުކާރުން ނަގާފައި ހުރި ލޯނެއް ދައްކަންޖެހޭ މުއްދަތެއްވެސް އޮންނާނެތާ. އެ މުއްދަތުގެ ތެރޭ އެ ލޯނު ދެއްކޭނެ ގޮތެއްވެސް އޮންނާނީ ރާވާފައި. އެވާހަކަ ނުދައްކާ ހައްތަހާވެސް ދަރާފައި އޮތް ވާހަކަ މިދައްކަނީ. ކޮން ސަރުކާރަކުންބާ އަރާއިރު ކުރީގެ ލޯނު ދައްކަން ނޯންނަނީ؟
ބަހައްޓާ
09 July 2019
އަދިވެސް އެ 7000 ފްލެޓް މީހުންނަށް ނުދީ ބަހައްޓާ. އޭރުން އަދި މާ ފައިދާވާނެ. އެއް ކަމަކުންވެސް ދައުލަތަށް ފައިސާ ވަންނާނެ ގޮތެއް މި މީހުންނަށް ހޯދެނީކީ ނޫން. ހަމައެކަނި ކުރީ ސަރުކާރުގެ ދަރަނީގެ ވާހަކަ ދައްކާލާފަ ނިންމާލުން މި އޮންނަނީ. ޔާމީން ތިޔަ ހުރިހާ ދަރަންޏެއް ދައްކާނެ ގޮތުގެ ޕްލޭން ކޮށްފަ އޮތް މީހާ ނުހޮވުމުން ފެންނާނީ ތިހެން ދަރާފަ އޮތްތަން. މިހާރު ހޮވުނު މީހުން ގޮތް ހުސްވެގެން އުޅޭތަން މި ފެންނަނީ.
jinaa
09 July 2019
މައުމޫން ކީ ނާސިރު ވާހަކަ، ނަސީދު ކީ މައުމޫން ވާހަކަ، ޔާމީން ކީ ނަސީދު ވަާހަކަ، ސޯލިޚް ބުނަނީ ރައްޔިތު މީހާއަށް ދައުލަތުން ވީ އެތި ކޮޅު ޖެހުނު ގޮތަކަށް ކާލަން.
ރައްޔިތުބެެއްޔާ !
08 July 2019
އެޗް ޑީ ސީ އުވާލަން ފެނޭ ! ދަރަނި އާއްމު މީހުން އެކި އެކި ނަން ނަމުގައި ޖޫރީ މައިނާ ކޮށްގެން ނެގީމާ ރަގަޅުވާނެ ! ކޭ މީހަކަށް ހަލާލް ގޮތަށް އޮތް ގާނޫނާއި ގަވައިދަށް ސަލާމް !
އިސްމާލި
08 July 2019
ހެޔޮތާ ސަތޭކަ މިލިއަން އެރިއަސް. ޢެ ކުންފުނި އެހާލަތައް ދުއްވާލި ބޯޑާއި ޗެއަރމަން މެން އެ ތިބީނު ހެވިފާ.
ރެޓޭ
08 July 2019
ހުޅުމާލެ ހިއްކީ ތިކުންފުނިން ބަރަވެލި ދުވަލީގަ ގެދޮރުއަޅާ ވިޔަފާރި ކުރާކަށް ނޫން! ޔާމީން ހެދީ ރަނގަޅަށް ލޯނު ނަގައިގެންވެސް އަވަސް ސްޕީޑުގަ ފުލެޓް އަޅަންޖެހޭ! ދެމަފިިރިން 24 ގަޑިއިިރު މަސައްކަތްކޮށް ލިބޭލާރި ކުއްޔަށް ދޭންޖެހެނީ!
ކަކުނިބޯ
08 July 2019
މިފައިސާވެސް ދަރާފައޮތީ ޗައިނާއަށް މިބާނުލާ ޗައިނާއެމްބަސީއިން ހަޅެއްލެވިޔަކަސް ނުވަނެ ދިވެހިސަރުކާރުމެދުވެރިވެ ދިވއރައްޔިތުންގެ ކުންފުނިތަކުގެ ބޮލުގައިއަޅުވާފަހުރި ދަރިނިތަށްވެސް ދިވެހިދައުލަތުގެ ދަރަންޔާއެކުގުނަންޖެހޭ ...ގެއްލުންވާނީ ހަމަ ދައުލަތަށް ސަވަރިންގ ގެރެންޓީއާއި ނުލާދޭންކެރުނުތަ ނުކުރުން ޗައިނާއެގްޒިމް ބޭންކަށް
ބޯވަބޯ
09 July 2019
ދަރާފަ އޮތްތަން މި ސަރުކާރަށް ފެންނާނީ. ދަރަނި ކުޑަކުރާނެ ގޮތެއް އެ މީހުންނަކަށް އެނގޭނީކީ ނޫން. ދަރަންޏަކީ ލޯނު ނަގާ ދުވަހު ވަގުތުން ދައްކަން އޮންނަ އެއްޗެއްތަ؟ ގެ ހަދަން ނަގާ ލޯނުންވެސް މީހުން ދަރާފަ އޮންނަނީ ދަރިންގެ ދަރިންނަށް.
އިބުރާ
08 July 2019
އެހެންވީމާ ރައީސް ނަޝީދު އެވިދާޅުވަނީ ހަމަ ތެދުފުޅެއް ނޫންތޯ. ސީދާ ސަރުކާރުގެ ނަމުގައި ޗައިނާ ދަރަނި ތަކެއް ނުބަހައްޓައި ދައުލަތުގެ އެކިއެކި އިދާރާތަކުގެ ނަމުގައި ނަގައި ފޮރުވާފަ މިހިރީ. މިހާރު މިވީ ގޮތުން އެޗްޑީސީގެ ނަމުގައި ދައުލަތުގެ ދަރަނި ޗައިނާއަށް އެކަނި އެބައަރާ 9.9 ބިލިއަން ރުފިޔާއަށް. ދެން ބަލަން ތިބެމޭ އަދި ތިކަހަލަ ކިތަކެއް ކަމެއް ފެނިގެންދާނެ.
ޑުރެކިއުލާ
08 July 2019
ތިޔަ ކުންފުންޏަކީ އޮޅުވާލައިގެން ބަޖެޓުގެ ބޭރުން ރައްޔިތުންގެ ފައިސާ މާލެއަށް އޮއްސަން މާލޭމީހުން ހަދައިގެން އުޅޭ ކުންފުންޏެއް. ހުޅުމާލޭގައި ވޯޓާތީމުޕާކާއި ނީލަކޯރާއި ކޯރުމަތީ ބުރިޖުފަދަ ދެކޮޅުނުޖެހޭ ހަރަދުކުރާއިރު ދައްކަނީ އެޗްޑީސީއިން ކުރާ ކަންކަމުގެ ގޮތުގަ، އާހިރުގަ ހުރިހާ ފައިސާއެއް ދައްކަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޓެކްސް ފައިސާއިން.
ނެޓް ވޯތް
08 July 2019
މިދިޔަ އަހަރު ތަކުގެ ނެޓް ވޯތު ގުރޯތު ބަލާލީމަ ސާފުވާނެ ކުރެވިފަ ހުރި މަސަތް ކަތް. 2 ބިލި އަނުން 23 ބިލިއަނަށް ނެޓް ވޯތު
ކަކުނިބޯ
09 July 2019
އެސެޓްތަށް ހަގުނަ ބޮޑުކޮށް ޖެހީމަވެސް ނެޓްވޯޓްބޮޑުވާނެ މިސާލަކަށް 1މިލިޔަނުން އެޅޭފްލެޓެއް 6މިލިޔަނަށް ހަދާލާ އެސެޓްރިކޯޑްކުރުން. ޗައިނާއިން އެހީދެނީ އެއިމާރާތެއްގެ މާރކެޓްވެލިޔޫގެ 6ގުނަބޮޑުކޮށް އިމާރާތްކުރަން ދޭންޖިހެނީ ޗައިނާއަށް އެހަގުނަބޮޑުއަގަށް އެހެމްވުމުން މިޤައުމުގެ ފައިސާގެއަގު އިންޑިޔާއާއި އެއްވަރަށް ވެއްޓުނަސް ޗައިނާކަހާތަން ހިރުވާނުލާނެ ކިތަންމެ އިންވެސްޓެއްއޮތަސް