މަރަދޫ ނަރުދަމާ ނިޒާމު އިފުތިތާހު ކުރަން އެޕްރީލް 29، 2017 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
10 ޖުލައި 2019 - 10:49
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އާއި ނަރުދަމާގެ މަޝްރޫއާ ގުޅުން ހުރި ކުންފުނިތަކުގެ ޓީމެއް ކައުންސިލާ ބައްދަލުކޮށް، މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް ފަހު ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށެވެ.
އައްޑޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ބައި-ވޯޓަ ކިޔާ އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެވެ.
Ministry of Environment aai Fenaka adhi MWSC ge faraathun miadhu Councillaa bahdhalukurahvaifi. Mi mibahdhaluvumugai Addu ge gulhifeivaa rahthakuge narudhamaage masahkaiy mulhin nimi September mahu khidhumaiy dheveyne kamah ministry in mauloomaathu dhevvevi pic.twitter.com/YXkRGZgpiw
— Addu City Council (@AdduCityCouncil) July 9, 2019
ނަމަވެސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމަކަށް އައި ހިސާބުން އެ މަޝްރޫއުގެ ވަނީ ފުރިހަމަ ނުކުރެވި، ވަކި ހިސާބަކުން ހުއްޓައިލަން ޖެހިފަ އެވެ. އަދި އޭގެ ފަހުން ސަރުކާރުން ވަނީ ބައި-ވޯޓާގެ އެއްބަސްވުން ވެސް އުވާލައިފަ އެވެ.
އޭގެ ފަހުން އައްޑޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫއު އަލުން އިފުތިތާހުކޮށް، އޯޕެކް ފަންޑްގެ އެހީގައި މަޝްރޫއު ކުރިއަށް ގެންދަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު އެވެ. އޭރު މަސައްކަތް ފެށީ މިދިޔަ އަހަރު މަޝްރޫއު އެއްކޮށް ނިންމާ ގޮތަށް ތާވަލުކޮށްގެންނެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ހިތަދޫގެ މަޝްރޫއު ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާ އެވެ.
މީގެ އިތުރުން ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ނަރުދަމާގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.
ބޮޑު އާބާދީއެއް އޮތް އައްޑު އަށް މި ވަގުތު ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ނަރުދަމާ ނިޒާމެއް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަބީބު
11 July 2019
ޥަރައް ބަރާބަރު ދެންކުރަންވީ ކަމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމައް އައްޑޫކަހަލަ ބިންބޮޑެތި ރައްރަށުގަ ފުލެޓުއެޅުން ހުއްޓާލުމައްފަހު ގޯތިދޫކުރަންވީ ގޯތީގެ ވެރިފަރާތުން ގޯތިހަދާނީ ސަރުކާރުން ކޮންމެހެން ބޭކާރުހަރަދު ކުރާނިކަމެއްނެތް ބިންނެތް ރައްރަށުގަ 25 ބުރީގެ ޓަވަރު އަޅަންވީ 4 ފަރާތުގަ ހުސްޖާގަ ބާއްވާފަ
އިބިރިހިންބެއްޔާ
10 July 2019
ކައުންސިލޭ؟ ސުރުޚީ ފެނިފައި ކުރެވުނު އުއްމީދު ކޮޅު އާތްވަށް!
ދިވެހި1
10 July 2019
ޝުކުރިއްޔަ ޔާމީން
ކޭލަ
10 July 2019
ޝުކުރިއްޔާ ރައީސް ޔާމީން
ތުއްތުނާ
10 July 2019
މަތީގައި އެއިން ފޮޓޯއިން ފެންނަނީ ރައީސް ޔާމީން ވެރިކަމުގައި އިންތިހާބު ކާރިވުމުން އިސްތިހާރު ކުޅެން ކޮށްފައިވާ ކަންކަން....... އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ......
ޒާން
10 July 2019
ތަރައްގީ ރައީސްގެ ދައުރު ނިމުނުއިރު ގައުމުގެ ދެވަނަޔަށް އެންމެ ބޮޑު އާބާދީއަށް ނަރުދަމާގެ ހިދުމަތް ނުދެވޭ. އިންތިހާބު ކައިރިވީމަ ފޮޓޯ ސެޝަނަކާ ބޮޑެތި މަގުތަކުގެ ތަންތަންކޮޅު ކޮނެފަ އެހުރި ގޮތަށް ބެހެއްޓީމަ ދެން އެކަމުގެ ކްރެޑިޓްވެސް ލިބޭނީ އެމީހުންނަށް.
ޮކފފޖފހފ
11 July 2019
އައްޑޫގައި މިހާރު ގާއިމުވެފައިވާ ނަރުދަމާގެ ނިޒާމަކީ، ރައީސް ނަޝީދު ވެރިކަމުގައި، ބައިވޯޓަރ ކިޔާ ކުންފުންޏަކަށް، 25 މިލިއަން ޑޮލަރު ދީގެން، ޑިޒައިންކުރުން ހަވާލުކުރި ނަމަވެސް، އެކުންފުންޏަށް ފައިސާ ދީފައިވީނަމަވެސް، ޑިޒައިންވެސް ނުނިމި އޮތްތަނެއް. ރައީސް ޔާމީން ސަރުކާރުގައި އެމަސްރޫޢު ނިންމީ. ނިމިދިޔަ ސަރުކާރަކީ، ތަޖުރިބާ ހުރި ބައެއްވީމަ އެމީހުންނަށް އެނގުނު އެމީޙުންއައީ، ހުރިހިސާބުން ކަންކަމާ ހަވާލުވާންކަން. ނަޝީދަށް ބެވުމެއްނޫންކަން މުހިންމީ.
ފިގޭއަހްމަދު
10 July 2019
ސުކުރިއްޔާ ރައިސް ޔާމިން.2011 ވަނަ އަހަރު ފެށި މަސައްކަތް ޔާމިންގެ ވެރިކަމުގައި ނިންމާލީ 2 އަހަރުން.ހުޅުމީދޫ ފެނާއި ނަރުދަމާ ޔަގީން.
ގަހާފޮޑިދޮންތި//ފޭދޫ
10 July 2019
ރައީސު ޔާމިނު އޭ ކިޔައި ވާހަކަ ދައްކާނީ މިގައުމުގެ ގައްދާރުން އެއީ އޮޅުމެއް އޮތްކަމެއްނޫން، އޭނާ ކުރީ ވެރިކަމެއްނޫން އެކަން ބަލައިގަނެވެނީ ބޮޑުވެގެންވާ ޚިޔާނާތުގެ ގޮތުގައި.. މަޑުމައިތިރި ރާއްޖެތެރޭގައި ރަޖިސްއޮތް 2 ބޭފުޅުން އާދެ! ރައީސު އިބޫ އަދި ނައިބު ރައީސު ފައިޒަލް އަށް މަރުހަބާ.. އަޅުގަނޑުމެން ދިވެހި ހެޔޮ ރައްޔަތުން މިތިބީ 2 ވަނަ ދައުރަކަށް ވެސް ތިޔަ 2 ބޭފުންގެ ފަހަތުގައި..
ހައްސާ222
10 July 2019
ޔާމީން ގެ ވެރިަކަމުގެ ވެސް އައްޑުއަށް ގޮސް ހިތަދޫ ނަރުދަމާގެ ނިޒާމު އިފުތިތާހު ކުރި. އެކަމަކު މިއަދާއި ހަމައަށް އެއްވެސް ގެއަކަށް ނަރުދަމާގެ ހިދުމަތެއް ނުލިބޭ. މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީ ނަރުދަމާގެ ނިޒާމުނެތި އޮތުމަކީ ސަރުކާރުގެ ލަދު ގަންނަން ޖެހޭކަމެއް.
އިކުތިސާދީ ޗޯރ
10 July 2019
ކިހާވަރެއްކާލާފައަޅާ ނަރުދަމާއެއް..