ޚަބަރު / ބޯހިޔާވަހިކަން

ސީލައިފަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލު ދޭން ސެޓްލްމަންޓް އެގްރީމެންޓެއް

ހުޅުމާލޭގައި ފްލެޓް އަޅަން ސީ ލައިފްއާ ހަވާލުކުރި ބިން: އެ ކުންފުންޏަށް މި މަޝްރޫއު ކުރިއަކަށް ނުގެންދެވުނު. --ފޮޓޯ/މިހާރު

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް އިއްޔެ ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާ އެކު މި އެއްބަސްވުމުގައި ސޮއިކުރުމުން، މިއީ ކޯޓުން ބޭރުގައި ހައްލުވެފައިވާ މައްސަލައަކަށް ވާތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރެޒޮލިއުޝަން ޑިވިޝަނުން ވަނީ އެ އެއްބަސްވުމަށް އަމަލުކުރުމަށް ރޭ ހުކުމް ކޮށްފަ އެވެ.

އެ ހުކުމުގައިވާ ގޮތުން ސެޓްލްމަންޓް އެގްރީމެންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާ ކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެވެ. ގެއްލުމުގެ ބަދަލު ހޯދަން ސީ ލައިފްގެ މައްޗަށް ދައުވާ ކުރަނީ 203 މީހެކެވެ.

މި އެއްބަސްވުމުގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.

ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ފައިސާ އިން ރީފަންޑު ދިނުމުގެ އިތުރުން ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައިދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ބުކިން ފީގެ ގޮތުގައި ނެގި ފައިސާ އެއީ ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި ސީ ލައިފުން އިއުތިރާފްވެފައިވާ ކަން ސިވިލް ކޯޓުގެ ހުކުމްގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ސީ ލައިފާ ދެކޮޅަށް ހުށަހެޅި މައްސަލަތަކުގައި ކޯޓުން ނަގައިދޭ ބަދަލު ދައުލަތަށް ލިބޭ ގޮތަށް ވެސް ސެޓްލްމަންޓް އެގްރީމެންޓުގައި އޮތީ އެއްބަސްވެފަ އެވެ.

ސީ ލައިފުން ނެގި ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރިއަސް މީ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭނެ ކަމަކަށް އޭނާ ބުނެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ހައުސިންގެ ބޮޑު މަޝްރޫއެއް، ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ ނުފޫޒާ އެކު ސީ ލައިފްއާ ހަވާލުކުރީ އެ ކުންފުނި އެކަމަށް ގާބިލް ނޫން ކަން އެނގި ތިބެ އެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސަރުކާރުން ހުޅުވާލުމުން އެހެން ކުންފުނިތަކަކުން ވެސް ކުރިމަތިލި އެވެ.

އެ ކުންފުނިތަކުގެ ތެރެއިން، ސީ ލައިފް އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއް ނޫން ކަން އެޗްޑީސީގެ މުވައްޒަފުން ހެދި ޑިއު ޑެލިޖަންސް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި ސީ ލައިފުން ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ.

އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ. އެކަމަކު އެއްބަސްވުމާ ޚިލާފަށް ފައިސާ ނެގުމުން ވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ.

93 ކޮމެންޓް, 104 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 1%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަނެއް

18 July 2019

މިއީ އަންނި ހާވާފަ ހުރި ހަޑި ފޮރުވަން ކުރާ ކަންކަން!

The name is already taken The name is available. Register?

ބަދަލް

17 July 2019

ބަދަލު ދޭން ނުނަގާ ހަފްތާ އެއްވެސް އެކަމް ކުއްވެރިންގެ މައްސަލަބަލާ ޝަރީއަތްކުރަންވީމަ ފަސް އަހަރު. ސަޅި ޒީރޯ ޓޮލެ

The name is already taken The name is available. Register?

ހުސޭނީ

17 July 2019

އަހަރެމެންގެ ޓެކްސް ފައިސާއިން ސީލައިފަށް 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ދިނީ ސީލައިފުން ކޮން ހަރަދެއް ކޮށްގެންތޯ؟ ހުރިހާ މީހުނަށް ބަދަލުދޭ ނިމޭއިރު ސީލައިފް އަށް އޮންނާނީ ފައިދާވެފަ! މިއީތޯ އިބޫސަރުކާރުން އަހަރެމެން ރައްޔިތުންގެ ފައިސާ ހަރަދު ކުރާގޮތަކީ؟ ބޮޑު ހިޔާނާތްވި މީހުން ސަލާމަށް ވުމުގެ އިތުރުން ބޮޑު ފައިދާ އެއް ނެގީ...

The name is already taken The name is available. Register?

ސަޅި

17 July 2019

މިވެސް ހަމަ ޒީރޯ ޓޮލަރެންސް، މަގޭ ވޯޓި ދެން މިސަރުކާރަށް ހަރާން ވެއްޖެ. ތެންކޫ ރައަީސް.

The name is already taken The name is available. Register?

ކެކެ

16 July 2019

ޒީރޯ ޓޮލަރެންސަށް އިތުރު ބޮޅެއް.

The name is already taken The name is available. Register?

ނަސްރީނާ

16 July 2019

ސަރުކާރުން ތިކަމުގަ ތިހާއަވަސް އަރުވާލާއިގެން ތިބުނާބަޔަކައް ބަދަލުދޭން ތިޔަ ނިންމީ ފްލެޓްގަންނަން ޑައުންޕޭމަންޓް ދެއްކީ ހުސް ރީނދޫ ކުދިން މިކަމުގަ ސާމިލުވާތީ.

The name is already taken The name is available. Register?

ޓެކްސް

16 July 2019

ރައްޔިތުންގެ ސީދާ ފައިސާ ހިމެނޭ ގޮތުގައި ހިނގަމުންދާ ސަރުކާރެއްގައި ދެރަކަމެއް

The name is already taken The name is available. Register?

jinaa

16 July 2019

ވައްކަން ކުއްރުވަނީ ދައުލަތުން، ބަދަލް ދެނީ ދައުލިތުން، ދައުވާ ކުރަނީ ދައުލަތުން، ވައްކަން ސާބިތުވެ ޖަލަށް ހުކުމް ކުރީމަ ގެއަށް ބަދަލު ކުރަނީ ދައުލަތުން، ހިސާބް އަކުރުގާ ޒީރޯ އަކީ އެއްމެ ބާރުގަދަ އަކުރު، ދެން ތިބުނާ ޓޮލެރެންސް ވާނީ މިހާ ވަރަށް

The name is already taken The name is available. Register?

މޭކަރާނެދޯ

16 July 2019

މިކަން މިނިމުނީ އައްމަޓީ އަތުން ހަރަދެއް ނުކޮށް މަހުޖަނަކަށްވެ، ހުދު ކާފޫރަށް ވެގެން. ޒީރޯ ޓޮލަރެންސަށް ސަލާން.

The name is already taken The name is available. Register?

ދެކޮޅު

16 July 2019

ދީގެންނުވާނެ ތިގޮތައް ސަރުކާރުން ދެނީ ނަމަ ވަގުންނާ ހިޔާނަތްތެރިން އަރުވާޖަހާ ޖެހުލުމެއްނެތި ވައްކަމާ ހިޔާނާތާ ފޭރެން ފަށާނެ ސަރުކާރާ ގުޅިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454