ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން: ރައީސްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ފުރައި ވަޑައިގަންނަވާނެ -- ފޮޓޯ/ރައީސް އޮފީސް
17 ޖުލައި 2019 - 21:43
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މާދަމާ މޮރިޝަސް އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ފުރައި ވަޑައިގަންނަވަނީ އެ ގައުމުގެ ދައުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދާދިފަހުން ވެސް ރައީސްގެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
18 July 2019
އިބޫ..ރައްޔިތުންގެ ޓެކްސް ލާރި ތަޅާ ނުބުރުވާށޭ...
ދުނިޔެދުނިޔެ
18 July 2019
ދަތުރު ދަރުތު. 5 އަހަރުގެ ދައުރު ނިމޭއިރު ނުދާ އެންމެ ޤައުމެއްވެސް ނުބާއްވާތި. ތަރައްޤީއަށް ކުރެވުނު ކަމެއްނެތް. ރައްޔިތުންނަށް ކޮށްދެވުނު ކަމެއްނެތް. ވެރިކަމަށް އަހަރުވާން ގާތްވެއްޖެ. ވީކަމެއް ހަމަ ހަރާން. މިވަރުގެ ރައީސެއް އަދި ނުދެކެން. ޔާމީނު ކިތަންމެވަރަކަށް ކެޔަސް ކޮށްދިން ކަންތައް އެހުރީ ފެންނަން.
ފުންއަސަރު
18 July 2019
އައިޓަމްތައް ކުރިޔަށދާ ވަގުތު ގައުމުގެ ރައީސް އެތަން ބައްލަވަން އިންނަވާނެކަން، ބައިވެރިންނަށް އެނގިފާ އޮތުމަކީ އެބައިވެރިންނަށް ލިބޭނޭ ބޮޑުހިތްވަރެއް. އަދި އައިޓަމްތައް ފެށުމުގެ ކުރިން ރައީސަށް ކިރިޔާވެސް ބައިވެރިންނާ ބައްދަލުކޮށްލެވޭނަމަ، އެބައިވެރިންނާ ބައްދަލުކޮށްލާ ވާހަކަ ދައްކާލުމަކީ ބައިވެރިންނަށް އާހިތްވަރަކާ އާޖޯޝެއް އިތުރުވާނޭކަމެއް. ގައުމުގެ ރައީސް ބައިވެރިންނާ އެންމެ ގާތުގާ އެކަމަށްއެެދި އެބަހުންނެވިކަން އެނގުމަކީ ބޭނުންތެރިކަމެއް.
އަހުމަދު އިބްރާހިމް
18 July 2019
ރާއްޖޭގެ ރަށްރަށުގައި ވިއްސާރަވެހި ފެންބޮޑުވުމުގެ ޙާދިޝާތައް ހިނގާއިރު އޯގާތެރި ހިތްތިރި މަޑުމައިތިރި ސޯލިހް ރައީސް ރާއްޖޭގެ ރަށަކަށް ޒިޔާރަތް ނުކޮށް އެފުރައިވަޑައިގަތީ ރާއްޖޭން ބޭރަށް،..... ނޫނޭ ސާބަސް
ނެތޭ
18 July 2019
މެނިފެސްޓޯގައި ނޯންނާނެ ތިޔަ ކަހަލަ ކަންކަން ކުރާނެ ވާހަކައެއް.
ސަނީމް
18 July 2019
ގޮއްސަ ނަޔަސް ހެޔޯ
ވަހީދު
18 July 2019
އޯކޭ!އެއްނު ކަމެއްނުކުރިޔަސް ދިވެހިރައްޔިތުންނާއި ދިވެހިނޫސްވެރިން ގެނައިވެރިކަމެއްމީ! މިގައުމުތަރައްގީވާތީ އިންޑިއާ ހަސަދަވެރިވެގެން އިންޑިއާސަރުކާރުން ބަޔަކު ބޮލަޢް އެރިގެން ގެނައި ސަރުކާރެއްމީ! އިޔާދަ ކުރުވަނިވި ހަކަތައަށޭކިޔާފައި ޔޫރަޕުން50މއަންޑޮލަރުލޯނެއް! ބަޖެޓް ހަމައަކަށް އަޅުވަން އިންޑިއާއިން 200މިލިއަންޑޮލަރު! އަދި މިވީއަހަރެއް! ރައްޔިތުންނަށް އޯކޭ! ޔާމީނު 5 އަހަރުން ޗައިނާއަށް 1.2ބ ޑޮލަރު އޭގެން ބުރިޖަކާއި އެއަޕޯޓާއިފުލެޓް ލިބިފައިވޭ!
މެނިފެސްޓޯ
18 July 2019
ސަރުކާރުގެ މިހާރު މެނިފެސްޓޯ އަކީ ރާއްޖޭގައި އައި އޯޖީ ބޭއްވުން، މި ބައިމީހުންގެ ފޯކަސް ގައުމު ކުރި އެރުވުމުގެ ބަދަލުގައި އައި އޯޖީ ބާއްވަން، އަންނި ވެރިކަމުގައިވެސް ތެޅުނީ ސާކްސަމިޓް ބާއްވަން، މި ބައިމީހުން ގައުމު ހިންގަން ނޭންގޭތީ އިވެންޓް މެނޭޖްމަންޓް އައް ބަދަލު ވަނީ ތޯއްޗެއް.
ޝޮކްތެރަޕީ
18 July 2019
ވެރިކަމުގެ އަރާމު ލިބިގަންނަނީ. ޔާމިނަ ގުދޯގުދޯ ކީމީހުން.
ތަރަބެ
18 July 2019
މި ރައީސަށް އެނގެނީ ކުޅިވަރު ބަލަން އެކަނި.
ޔާޔާ
18 July 2019
ގޭމްސްއެއްތަ؟ ހޭވައްލާ ތައްޔާރު..
ނޫރުލް
18 July 2019
ކޮންމެ ސަރުކާރެއްގަ ވެސް ހަވާލުވުމާއެކު ދެން އޮންނާނީ ހުރިހާ ބޮޑުން އަބަދު ފުރަ ފުރައިގެން ބޭރު ގަވްމުތަކަށް ދިއުން. ރައްޔިތުންގެ ހާލު ދުވަހެއް ދުވަހަކަށް ދަނީ ދަށް.. ސަރުކާރުން ނަގާފީ ތަކާ. ބިލްތައް ވަނީ ބޮޑު.. ބަލި ވެގެން އައި.ޖީ.އެމް އޮސްޕިޓަލްގަ ކިއުޖެއްސީމަ ޑޮކްޓަރަށް ދެއްކެނީ 6 މަސް ފަހުން .. ދެން މަޖުބޫރުވަނީ އަމިއްލަ ކުލިނިކްތަކަށްދަން.. މިހާރު ކުލިނިކުތަކުން ނަގާ 800ރުފިޔާ ބަލާލަން އެކަނި.. ކޮބާ ބަލާބައެއް.