އާޒިމާ: އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލާގައި ޕީޖީ ބިޝާމްގެ މަސްލަހަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މިހާރު
18 ޖުލައި 2019 - 15:42
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށާއި ބިޝާމްގެ ބައިވެރިވުން އޮވެގެން އެ ދައުވާ ނުކުރެވޭނެ ކަމަށް އާޒިމާ މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ދައުވާ ދައުލަތުން އާޒިމާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް އެއްބަސްވުމަށް ފަހު އެއާ ޚިލާފްވި ކަމަށް ބުނާ މައްސަލާގަ އެވެ.
ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީ އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ. އަދި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލު ކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމުން އާޒިމާ ދައުލަތާ ސުވާލު ކުރެއްވީ އެ ދައުވާ ކުރުމުގައި ޕީޖީ ބިޝާމްގެ ބައިވެރިވުމެއް އޮތްތޯ ސާފު ކުރެއްވުމަށެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ސުވާލު ދައުލަތާ އަމާޒު ނުކުރެވޭނެ ކަމަށާއި ޖިނާއީ ކޮންމެ ދައުވާއެއް ވެސް ކުރަނީ ޕީޖީގެ ބެލުމުގެ ދަށުން ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި އާޒިމާ ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގައި އޭނާގެ ކުރިން ހުންނެވީ ބިޝާމް ކަމަށާއި އެ މައްސަލާގައި އޭނާގެ މަސްލަހަތު އެބައޮތް ކަމަށެވެ. ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާކުރިއިރު އެ މަގާމުގައި ހުންނެވީ ބިޝާމް ކަމަށާއި އެކަންކަމުން ބިޝާމް ރެކިގަތުމަށްޓަކައި އެހެން މީހެއްގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ބިޝާމް އެ މަގާމުގައި ހުންނެވިއިރު ހިނގާފައިވާ މުއާމަލާތްތަކުގެ ލިޔުންތައް ވެސް އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައި އެބަހުރި ކަމަށް އާޒިމާ ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ ދައުވާގައި، ޖިނާއީ އަމަލެއް ވެސް ބުނެދެވިފައި ނެތް ކަމަށާއި އަދި ޖިނާއީ އަމަލެއް އޮތް ނަމަ އެކަމެއް ހިނގީ ބިޝާމް އެ މަގާމުގައި ހުންނެވިއިރު ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެ މަގާމުގައި ބިޝާމް ހުންނެވިއިރު ދައުލަތުގެ ފައިސާ އެކި މީހުންގެ އެކައުންޓްތަކަށް ޖަމާވަމުން ދިއުމުގައި ބިޝާމްގެ ޒިންމާ އޮންނާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ދައުވާގައި ބުނާ އެއްވެސް އަމަލެއް ހިންގިއިރު އެ މަގާމުގައި ބިޝާމް ނެތް ކަމަށާއި އެކަމުގައި އެކި ފަރާތްތަކާ މުއާމަލާތް ކުރީ އާޒިމާ ކަމަށެވެ. އެގޮތުން އެސްކްރޯ އެކައުންޓާ ގުޅޭގޮތުން ވެސް އޭސީސީއާ މުއާމަލާތްކުރީ ވެސް އާޒިމާ ކަން ލިޔުންތަކުން އެނގެން އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
އާޒިމާއާ ދެކޮޅަށް ދައުލަތުން ހެކިން ހުށަހެޅިއިރު، އޭގެ ތެރޭގައި ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޔާމީންގެ އިތުރުން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރު އެ ކޮމިޝަންގެ ރައީސް މުވައްވިޒް ރަޝީދު ވެސް ހެކިންގެ ތެރޭގައި ހިމެނެ އެވެ.
މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ލިޔުންތައް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ ދެ ދައުވާއަކީ ވެސް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދެ ދައުވާ ކަމަށެވެ. އެކަމަކު ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ވަކި ހެއްކެއް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅަން އެދުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް އޮންނާނެ ކަމަށާއި އެގޮތަށް ނިންމާ ހާލަތެއްގައި އެއިން ނިކުމެދާނެ ނަތީޖާއަކީ ވަކި ތަފާތު ކަމެއް ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގެ ބައެއް ލިޔުންތައް ނުލިބި ހުރި ކަމަށާއި އެހެންވެ، ލިޔުންތައް ދޭން އާޒިމާ އެދިވަޑައިގަތެވެ. ގާޒީ ވިދާޅުވީ އެ ލިޔުންތައް ފޯރުކޮށްދޭނެ ކަމަށެވެ.
ދައުލަތުން ހުށަހެޅި ބައެއް ލިޔުންތަކަކީ ބޭންކްގެ ލިޔުންތަކެއް ކަމަށްވާތީ އެ ލިޔުންތައް ވަކި އުސޫލެއްގެ ތެރެއިން ނޫނީ ދައުވާލިބޭ ފަރާތަށް ދޫނުކުރެވޭނެ ކަމަށް ކަނޑައެޅުމުގެ އަމުރަކަށް ވެސް ދައުލަތުން އެދުނެވެ. ދައުލަތުން އެދުނީ ހަމައެކަނި ޝަރީއަތުގައި އެ ލިޔުންތައް ބެލުމުގެ ފުރުސަތު ދިނުމަށެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ގާޒީ ވަނީ ދެ ފަރާތަށް ވެސް 10 ދުވަހުގެ ފުރުސަތެއް ދެއްވައިފަ އެވެ. އަދި އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް އަންނަ މަހު ކުރީކޮޅު އަޑުއެހުމެއް އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިވޫ
19 July 2019
ބަލަ މި ބަަލަން އުޅެނީކީ ޔާމީން އެަކައުންޓަށް ފައިސާ ޖަމާވި މައްސަލައެއް ނޫނެވެ. އެ ފައިސާ އހެން އެކައުންޓަކަށް ލައިފީމޭ ކިޔައިގެން ކަމަނާ ދޮގު ހެދިމައްސަލައެވެ. ދޮގު ހެދިއިރު ތި ކިޔާ މިނިސްޓަރަކަށް ހުރީ ކަމަނާ ނޫންތޯ،، އެހެންވީމާ ހެދި ދޮގަށް ޒިންމާވާން ޖެހޭނީވެސް ކަމަނާ ނޫންތޯ،، ދެން ބުނޭ އެސްއޯއެފް އުފެއްދިއިރު ހުރި ކޮމްޕެނީ ރަޖިސްޓްރާއޭ މި ކަމުގައި ޒިންމާ ވާން ޖެހޭނީ.. އޭގެ ފަހުން ހިގި ހުރިހާކަމެއް ވޮއިޑް އެބް އިނީޝިއޯއޭ
ސަރަފަކައްދަ
19 July 2019
މިވެރިން ކިޔަވާފައި މިތިބީ ތިމާމެންގެ އަމިއްލަ ޤައުމަށާއި ރައްޔިތުންނަށް ޤައްދާރުވާނޭ ފިލާވަލު ތަކުންދޮތަ! ހުރި ހަޔާތްކުޑަ ކަމެއްގެ ބޮޑު ކަމާއެވެ.
އަބްދުއްالله
19 July 2019
ހާދަ ލަދު ހަޔާތް ކުޑައޭ ދޯ؟
ކީހާޅެންފަރިއްސަށް
19 July 2019
ޢަނިޔާވެރި ފެފުަށްކެހެރި ބިސާމް ނޫން ގޮތެއް ހޯދަން މަޖިލީސް އޮތީ ނުކުޅެދި ބިސާމް ދަށުވެފައި
ގަޑިޖެހިގެން
18 July 2019
އާދިމާމެން ހިތުނހުރި ގޮތަކަށް ކަން ކުރަމުން ދިޔައިރު ހީވެސް ނުވޭ އެކަމަކު މިހާރު އެބަ ހީވޭ ކަމެއްހެންނ
ދދދދދދ
19 July 2019
ވަރަށް އަވަހަށް ކަމެއްހެން ހީވާނެ. މާގިނަ ދުވަހެއް ނެތް ކަމެއްހެން ހީވާކަށް. ކުރިންވެސް ތެޅުނުހެން ރޯނާވެގެން މަގުމަތީ ދުވަން ތައްޔާރުވޭ.
އަލީރާޖާ
18 July 2019
ބިޝާމްތަ ކޯޓަށް ގޮސް ހުރީ؟ ތިޔައީ އަޖައިބެއް ކަހަލަ ހާލަތުއް ޒަރޫރާ އެބް އިނީޝިއޯ އުފެދުމުގައިވެސް ބާތިލް ވާހަކައެއް. ޕީޖީގެ މައްސަލަހަތު އޮތަސް ނެތަސް އޭޖީގެ މަސްލަހަތު އޮތަސް ނެތަސް މީހަކު ކުރި ކުށަކަށް ޝަރީއަތް ނުހިންގެންވީ ސަބަބެއް ނެތް.
ފުސްކެޔޮދެންބެއްޔާ
18 July 2019
ތަންތާ ވެރިންނާ މަޖްލިސް މެންބަރުން އާއްމުކޮށް ކިޔާ އެއް ލަވައަކީ ތަހުޒީބީ މުޖުތަމައު ގަ ކަން އޮންނަނީ ނޫނީ ހިނގަނީ އެހެނޭ މިހެނޭ..އެހެންވީމާ ތަހުޒީބީ މުޖުތަމައުގަ ކަން ހިނގާ ގޮތަށް ބިސާމް އަވަހަށް އިސްތިއުފާ ދިނުމަށް ގޮވާލަން އަދި ނުދީފިނަމަ ތަހުޒީބީ މުޖުތަމައުގަ ކަން ހިނގާ ގޮތަށް ބިސާމް ބޭރުކުރުމަށް މަޖްލިސް މެންބަރުންނަށް ގޮވާލަން. ދައުލަތް ސަލާމަތް ކުރުމަކީ ވާޖިބެއް
އެމްސް
18 July 2019
ބިޝާމް ކަމެއްކުރުމާއި ނުކުރުން، އެއީ ޢާޒިމާ އަށް ކުށުންބަރީޢަ ވެވިދާނެ ސަބަބެއް ބާ؟ ޢާޒިމާ ސަރުކާރެއްތެރޭ ހުރެ ދިން ލަފައަކަށް ސަރުކާރުން ޢަމަލުކޮށްގެން، ހަމަ ޢާޒިމާ ހުރި އެހެން ސަރުކާރަކަށް ވަނީ އެތައް މިލިޔަންގެ ގެއްލުން ވެފަ! ހަމަ ގައިމުވެސް މިކަމަކަށް ޖީއެމްއާރ އަކަށްވެސް އަދި ދިވެހި ރަޢިއްޔަތުންނަކަށްވެސް ޒިއްމާވާކަށް ނުޖެހޭނެ!
ހުތާނި
19 July 2019
ގެއްލުމެއް ނުވޭ. އެއަރޕޯޓްއަތުލުމުން ގެއްލުމޭތިކިޔާވަރުގެ އެތައްގުނައެއް އެއަރޕޯޓުން ދައުލަތަށް ވަނީ ލިބިފައި. އަތުނުލިނަމަ އެއީ ޖީއެމްއާރަށް ލިބޭ ފައިސާ.
ވައަތުފުއްކިނބަ
18 July 2019
ކަމަނާ އަކީ ނިމިދިޔަ ސަރުކާރުގައި ވަރަށް އާރާއި ބާރު ލިބި ރައްޔިތުންނަކީ ކަމަނާގެ ކުރިމަތީގައި އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ދެކި، ތިމާ ވަށައިގެން ހަތަރު ފަރާތައް ހަށިފާރަވެރިން ލައި ކޮންމެ އަތަކަށް 2 ފޯނު ލައި ވަރަށް ބޮޑާކަމާއި ކިނބުރު ވެރިކޮށް އުޅެމުން އައި ބޭފުޅެކޭ އެދުވަހު ވެސް ރައްޔިތުން ބުނަމުން ދިޔައެވެ.
ދަތްނެތްކުއްޖާ
18 July 2019
ކަމަނާއެވެ. ހަނދުމަފުލު އެބަހުރިތޯއެވެ. މަމެން ބުނީމުތާ ކަމަނާ އަކީ ޖަލުގެ ތޭރި ތަކުގެ ތެރޭގައި ގިނަ މުއްދަތެއް ވަންދެން ތާށިވެ ހުންނާނެ ކަނބަލެކޭ. ސަބަބުތައްވެސް ބަޔާންކުރިންދޮތަ! މިހެންކަމުން ދެނެއް ބިސާމެއް ކާސިމެއް ނިހާނެއް އަދުރޭއެއް ޙަލީލެއް ކިޔާނެ ކަމެއްނެތް. މުސްކުލިވި ދުވަހު ބޯން އުލުނު ބޮނޑި ތިއޮތީ ބޮވިފާ! މިއަދު ޔާމީންއެއް އަދުރޭ އެއް ނިހާނުމެން ކަމަނާ ސަލާމަތް ކޮއްދެއްވާނެބާ! އަދި ކަމަނާގެ ދިފާޢުގާ އެއްޗެއް ބުނެލާނެބާ!