ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ ޕްރީ ސްކޫލް. -- ފޮޓޯ/މިހާރު
22 ޖުލައި 2019 - 14:02
ހުޅުމާލޭގައި ހަދާފައިވާ ޕްރީ ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން ސަރުކާރުން ކުރި އިއުލާނާ ގުޅިގެން، ބިޑް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ އެޑިއުކޭޝަން މިނިސްޓްރީ އަށް ޝަކުވާތަކެއް ހުށަހަޅައިފި އެވެ.
ހުޅުމާލޭގެ ނެއިބާހުޑް 2 ގައި ހަދާފައިވާ މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ކުރިން އޮތީ އިއުލާންކޮށް، ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.
ބިޑް ހުށަހެޅުމުގެ މަރުހަލާއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި، އާންމު އުސޫލާ ޚިލާފަށް، ބިޑް ހުޅުވާ ތަނުގައި ބިޑް ކޮމެޓީގެ މެމްބަރުންގެ ބަދަލުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ ދެ މުވައްޒަފަކު ތިބުން ހިމެނެ އެވެ. އަދި ބިޑް ހުޅުވުމުގެ މަރުހަލާގެ ކަންކަން އެ މުވައްޒަފުންނަށް ނޭނގޭ ކަމަށް ވެސް ޝަކުވާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބިޑް ހުށަހަޅަން ގޮސް ތިބި ބައެއް ފަރާތްތަކުން ބައެއް ކަންކަން އެ މުވައްޒަފުންނަށް ސާފުކޮށްދޭން ޖެހުމާއި އެހެން ބައެއް މީހުންނަށް ގުޅައިގެން ބައެއް ކަންކަން ސާފުކުރުން ފަދަ ކަންކަން އެ މުވައްޒަފުން ކޮށްފަައިވާ ކަމަށް އޭގައިވެ އެވެ.
މީގެ އިތުރުން ބިޑް ޕްރޮޕޯސަލްގައި ހިމެނޭ ޓެކްނިކަލް ބިޑާއި ފައިނޭޝަލް ބިޑްގެ ސިޓީ އުރަތައް ވެސް އުސޫލާ ޚިލާފަށް އެތަނުގައި ކަނޑާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ ޕްރީ ސްކޫލް
އެ ސިޓީގައި، ބިޑް ހުޅުވުމުގެ މަރުހަލާގެ ކަންކަން އެގޮތަށް ދިޔަ ކަމުގައި ވިޔަސް، ދެން ހުރި މަރުހަލާތައް އިންސާފުވެރިކަމާ އެކު ގެންދިއުމަށްޓަކައި ބިޑް ކޮމެޓީގައި ތިބޭ މެމްބަރުންނަކީ ކޮން ބައެއްކަން ބިޑް ހުށަހެޅި ފަރާތްތަކަށް ހާމަކޮށް ދިނުމަށް އެދިފައިވެ އެވެ.
މީގެ އިތުރުން ބިޑް ކާމިޔާބުވި ފަރާތްތަކަށް އެކަން ކާމިޔާބުވި ސަބަބާއި ނާކާމިޔާބުވި ފަރާތްތަކަށް އެކަމުގެ ސަބަބުތައް ހާމަކޮށްދިނުން މުހިންމު ކަމަށް ދެކޭ ކަމުގައި އެ ސިޓީގައިވެ އެވެ. މީގެ ކުރިން އެފަދަ ބިޑްތަކުގައި އެ މައުލޫމާތު ސިއްރުކޮށްފައި ވިޔަސް، ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ މައުލޫމާތު ހާމަކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި އެދިފައިވަނީ ބިޑްގެ ދެން ހުރި މަރުހަލާތައް އިންސާފުވެރިކޮށް ގެންދިއުމަށާއި އެކަށީގެންވާ ވަގުތު އޮއްވައި، ބިޑް އެވޯޑް ކުރުމުގެ ކަންކަން ނިންމައިދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ އަލީ
23 July 2019
ބިޑެއް ހާމަކަންމަތީގެއާއި އިންސާފުވެރިކަމާއިއެކު އިވޭލުއޭޓުކުރާޝޭ ބުނީމަ ބަޔަކަށް ވެގެން މިއުޅޭގޮތުން އެބަޖެހޭ ވަރަށް ހައިރާންވާން! އެއްވެސް ފާޑެއްކިޔެންނެތް ގޮތަކަށް މިކަން ކޮށްނިންމީމަ ރައްޔިތުން ރަންގަޅަށް ކުރިކަމެއްކަމަށް ގަބޫލުކުރާނެ. ވަރަށް ސަލާން އައިލެންޑާސް، ކޮލިޓެޓު އަދި މިނިސްޓްރީ.
ޞިރާރު
23 July 2019
ތި އިންސާފަކީ ތަޢުލީމުދޭ ހުރިހާ ތަނެއް އައިލެންޑާސް އަށް ދިނުން ހެން ހާދަ ހީވެޔޭ!!! އޭރުންތާ ނިކަމެތި ރައްޔިތުން ހަނާކުރެވޭނީ!!
މަގު
23 July 2019
އީޕީއެސް އައިލޭންޑާސް އަށް ދިނީ ފުރަތަމަ ބިޑުން ދަށް މާކްސް ލިބުމުން އަނެއްކާ ބިޑު އިއުލާން ކޮށްގެން ޔާމީނު އަށް ޖަގަހަ ހަދަން ގޭގެ ގްރައުންޑް ފްލޯ ދީގެން! މީ ހަގީގަތް!
ާއަހުމަދިއްޔާ
23 July 2019
އަހުމަދިއްޔާ އަށް ގިނަ މާރކްސް ލިބުމުން " ރާސްޓަސް" ޖަގަހަ ހަދަން ތަން ދީގެން! މާ މާތް ބަޔަކަށް ވާން އުޅޭއިރު އަސްލު އީޕީއެސް ލިބެން ޖެހޭނީ އަހުމަދިއްޔާ އަށް!
ކުރުމީހާ
23 July 2019
ތި ލިބޭނީ އިލޭންޑާސް އަށް! ސްޓޭޓް މިނިސްޓަރުން ގަނެލައިފި!
ބޮޑުމީހާ
23 July 2019
އެޑިއުކޭޝަންގަ ތިބި މީހުން ރަގަޅެއް ނުވާނެ. ލާލެ އިންޓަރ ނޭޝަނަލް ސްކޫލް ހިދުމަތްދެމުން އަންނަނިކޮށް އެތަން ކޮލިޓޭޓް އެޑިއުކޭޝަނަށް ނުހައްގުންދިނީ ތި މިނިސްޓްރީން. ރަގަޅަށް އެ ބިޑިންގް ޕްރޮސެސްވެސް ޗެކްކުރޭ. އެތަން ހިންގަނީ ނަން މަޝްހޫރު ފަޑިޔާރުންގެ އަބިންގެ ހިއްސާ އޮންނަ ގޮތަށް
ބޮޑުބަކުރު
23 July 2019
ލާލޭ މީހުނަށް ދީފަ އޮތް މުއްދަތު ހަމަވީމަ ބިޑަށް ލީ ދޯ!!! ތަނެއްދޮރެއް ނޭގޭ އިރުވެސް މޮޅު ކޮމެންޓް ލިޔެވޭތޯ ބަލާތި. ވަރަށް ވެދުން
ތަޢުލީމް
23 July 2019
ހުރިހާކަމެއްވެސް އޮންނަންވަނީ އެކަންކުރާ ވަކި ބަޔަކަށްތޯ؟ އައު ފަރާތްތަކަށްވެސް ދިނީމަ އަޅާކިޔަންވެސް އިނގޭނީ. އައިލެންޑާސްއަށް ގައުމަގަ ހުރި އިމާރާތްތަށް ހިލޭ ހުރިހާތަނެއް ދެއްވުމަކީ އިންސާފެއް ނޫން. މިހާ ހިސާބަށް ދިޔައިރު ބިލަބޮންގ ގައި ދެވޭ ފެންވަރު މިނިސްޓްރީއިން ވަޒަންކުރެއްވިތޯ؟ ރައްޔިތުންގެ ފައިސާއިން ދައުލަތުން އަޅާފަހުރި އިމާރާތްތަކުގައި ވަކި ފަރާތްތަކަށް ދީގެން ހިންގާ ތަންތަނުގެ ރިޕޯޓް ރައްޔިތުންނަށް ހާމަކުރަންޖެހޭ. ވިލާ ކޮލެޖުވެސް.
ޢަނީ
22 July 2019
ޙަގީގަތަކީ ބިޑު އިވޭލުއޭޝަން ކޮމިޓީއިން ކޮންމެހެން ހަދައިގެން ވިޔަސް ދޭން ރޭވީ ކޮލިޓެޓަށް. އައިލެންޑާސް އަށް މިކަން އެނގިގެން މައްސަލަޖެއްސީ. މިވީގޮތުން ފަރުދާފަހަތުގަ ތިބެގެން ކުރީފަހަރެކޭ އެއްފަދައިން ވާނުވާނޭގޭ ގޮތަކަށް މިކަން ކޮމިޓީއަކަށް ނިންމާލެވޭކަށް ދެނެއް ނެތް.ވީމާ މިހާރު މިނިސްޓްރީ ތެރޭގަ މިނިސްޓަރާ ކޮމިޓީ މީހުން އެތިބީ ޖެހިފަ!ހާމަކަން މަތީ ގާބުލިމީހުން އެކުލެވޭ ކޮމިޓީއަކުން އެންމެންނަށްވެސް ވާނުވާ އެނގޭގޮތަކަށް މިކަން ނިމުން މުހިންމު!
އަބުޅޯ
22 July 2019
އެކަމު ތިތާނގަ ނެތެއްނު އޮއްޓަރެއްހުރިކަހަލަ ޝަކުވާއެއްވެސް. އީޕީއެސް އައިލެންޑާޒްއަށް ލިބުނުއިރު ތިހުރިހާކަމެއް ހުރީ ފުރިހަމައަށްބާ؟
ާަދިރި
23 July 2019
ހަމަ ތިޔަ ވާނުވާ ނޭނގޭ ކޮމިޓީތަކުން އެކަންވެސް ކޮއްފަ އޮންނާނީ! ކޮމިޓީ ބަދަލުކުރޭ!
ނާގިތު
22 July 2019
ތިޔަތަން ވަކިބަޔަކަށް ދޭން މިނިސްޓްރީގެ ވެރިން މަސައްކަތް ކުރިކަމުގެ ހެކިތައް އެބަހުރި. ފަހުން އެވާހަކަ ދައްކާނަން. ވަރަށް ސަލާމް
ޢަނީ
22 July 2019
ތިޔައީ ކޮރަޕްޝަނުގެ ހާއްޔެއް. ކުރީ ސަރުކާރުގައި އެންމެ ކޮރަޕްޝަނުގެ ޝަކުވާތަށް ގިނަ މިނިސްޓްރީ. މި ސަރުކާރުން ހޮވާފައިވާ ނިސްޓަރު ތިތަން ސާފުކުރަން އެބަޖެހޭ! ކުރީފަހަރުވެސް ހަޑިހުތުރު އުސޫލާ މުޅިން ހިލާފަށް ލާލޭ ބިޑު ކުއަލިޓޭޓިވަށް އެވޯޑުކޮއްފައިވަނީ ވަކިބަޔަކަށްދޭންވެގެން. މިފަހަރުވެސް ތިޔަބިޑުގައިވެސް ތިޔައޮތީ އެބައިމީހުން ކުރިމަތިލާފަ! ނޯ ސަޕަރައިޒު!
އާޝިއާ
22 July 2019
ތިޔަ ކަހަލަ ޝަކުވާތަށް އެބަޖެހޭ ސަރުކާރުން ބަލަން! ޒީރޯ ޓޮލަރަންސް ގެ ދަށުން ބިޑު މިހެން އިވޭލުއޭޓު ކުރިއަދީގެން ނުވާނެ!
ޒީރީ
23 July 2019
ސީރިއަސްލީ ޒީރޯ ޓޮލެރެންސް މައި ފޫޓް
ސަމީލް
22 July 2019
އަނެއެއް ކަންތަކާ މިޖެހުނީ. މިފަހަރުވެސް ކަރަޕްސަން ކަންތައްގަޑު ދޯ.