28 ޖުލައި 2019 - 13:40
ކުޑަ ދެ ފިރިހެން ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ފިރިހެން ފުލުސް މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު ޖެހީ ކްރިމިނަލް ކޯޓުންނެވެ.
އެ މީހާ ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގިކަމުގެ މައްސަލައެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހެވެ. އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ފުލުހުން ކުރިން ބުންޏެވެ.
އޭނާ އެހެން ފިރިހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ފެންމަތިވީ މިދިޔަ މާޗް 27 ވަނަ ދުވަހެވެ. އެ އަމަލު އޭނާ ހިންގާފައި ވަނީ ނޯ ޕޭ ލީވެއްގައި ރާއްޖެ އިން ބޭރަށް ފުރުމުގެ ކުރިންނެވެ. އެކަމަކު، ދެވަނަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިއިރު ފުލުސް މީހާ ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އިން އަންނަނީ ތަހުގީގުކުރަމުންނެެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
29 July 2019
މިކުދިންގެ މިޒާޖާގޮތާ ބަލަންއުޅޭށޭ! މިކުދިންގެ ވައްތަރު މައިންބަލާށޭ!..................... އަޅުގަނޑު ހަމަ އެދެނީ މިކަހަލަ މީހުންނާއި ކުދިންގެ ވައްތަރު މައިންބަފައިން ދަނެގަނެ މިކަމުގެ ހަގީގަތް ޑޮކްޓަރުންގެ ގާތައްގޮސް ދަނެގަތުމަށް.
މިތުރާގެމަރު
29 July 2019
މަރޭ! ކަލޭހާދަ ނާތަހުޒީބޭދޯ؟ ހުޅަނގު މީހުންކިޔާހާއެއްޗެއް މިތާނގަފަރތުރަން ނޫޅެބަލަ. ތީތި ކަޑައޭ. ﷲތަޢާލާ އަންހެން ފިރިހެން ލެއްވީކަމެއްވެގެން. ޝައިތޯނާ އިންސާނާއަށް ވަރަށް މޮޅެތި އޮޅުވާލުން އޮޅުވާލާނެކަން ހަމަނޭގޭހެއްޔެވެ. ޝައިތޯނާ މާލައިޓްކޮށް ނަގަންޔާ މީހާގެ ސިކުނޑިގޮއްވާލާނެ. މީހަގީގަތް. މިހާރުވެސް މާމޮޅަށް ކިޔެވިގެން މުޅިގައުމު މިދަނީ ހަލާކުވެގެން. ކިޔެވި ކިޔެވީނުން ހަލާކު. ވިސްނާލިންތަ އެޑިއުކޭޝަނާ މެދު؟ ހަމަ ހަލާކު. ސިލަބަސްއޮތީ ގޮވާފަ
ބޮޑުމީހާ
29 July 2019
ތިކަހަލަ މަދު ފުލުހުންތަކެއްގެ ސަބަބުން މުޅި ފުލުުހުންގެ މުއައްސަސާ ހަލާކުވަނީ
ހަކީމް
29 July 2019
ފުލުުހުންގެ މުއައްސަސާ ހަލާކު ނުވެ އޮތް ތަނެއްތަ .. ފުރަތަމަ މދިޔަ އަހަރުގެ އޮކްޓޯބަރު 18 ގައި ހެކިނުފެނުނީޔޯ .... މިވެސް ފުލުހުން ބޭނުންވީމަ ވާގޮތެއް. އަލިމާރިން ފިސްތޯލަ ހެކި އުފެދުން .. މިވެސް ވާގޮތެއް. އަދިވެސް ހަމައެތިބީ އެމީހުން. ދެން ކޮން މަދު ފުލުހެއްގެ ވާހަކަ ތިކިޔަނީ ...
ގަމަރޭ
28 July 2019
މަރޭ ތިޔައީ އެއްވެސް ވާހަކައެއް ނޫން ތިޔަކަހަލަ ކިތަންމެ ބަޔަކު އެބަތިބި ރަނގަޅު ވެފަ. ބަޔަކު ރަނގަޅު ނުވީ އަމިއްލައަށް އެކަން ކުރަން ބޭނުންވާތީވެ.
އޮފްނާރާ ޕޮލިޝް
28 July 2019
މިފަހަކަށްއައިސް އެންމެގިނަ މުޑުދާރު ޢަމަލު ފެންމަތިވާ އެއް މުއައްސަސާއަކީ ޕޮލިސް. އެމުއައްސަސާ ރިފޯމްކުރުމަށް ގޮވާލަން.
ބޮލުކޮއްޕި
28 July 2019
އެއްފުޅަން މަތިން ފުންމާލި ފުލުސްމީހާ ދެވަނަ ފުޅަފެންމަތިންވެސް ފުންމައިދިޔައީ
މަރޭމިތުރު
28 July 2019
ކުދޑަކުދިންނާއި ބެހުން ހުއްޓާލާ! އެހެނަސް ޑޮކްޓަރުން ބުނެފައިވަނީ މިވައްތަރުގެ މީހުންނަކީ އުފެދުމުގައި ލެއވިގޮތޭ މިކަން ގަބޫލުކުރާށޭ މައިންބަފައިންވެސް. އެއްފަހަރަކު ބައްޕައަކު އޭނަގެ ދަރިފުޅު މިކަހަލަ ކަމެއްވެގެން ގަބޫލުނުކޮށް ދޮކްޓަރަށް ދިޔާމައި އެކަން އެނގުނީ އޭނާ ނުދޭ ކައުންސިލެއްވެސްނެތް. އހަރެމެން ރާއްޖެމީހުން މިކަން ގަބޫލުނުކުރާނެ! އެކަމަކު ގަބޫލުކުރެވޭ ކަމަކީ މިކަހަލަމީހުން ބަދަލުނުވާކަން.
ކިހާ ދެރަކަމެއް!
28 July 2019
މަރޭ ތި ގޮވަނީ ކޮސް! އަހަރެމެން އުފެއްދެވި ﷲ ވަނީ އެކަން ޙަރާމް ކުރައްވާފަ، އެއީ ބޮޑު ފާފައިގެ ތެރޭ ހިމެނޭ މުޑުދާރު ޢަމަލެއްކަން ވަރަށް ސާފުކޮށް އަންގަވާ ދެއްވަވާފަ! ކޯފާ ފޮނުއްވަވައި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވެވުމަކީ އެކަމުގެ ހުރި ނުބައިކަން ހާމަވާ ކަމެއް! ދެން ޑޮކްޓަރުން ބުންޏޭ ކިޔާފައި މަރޭ ތިކަހަލަ ކޮސް ނުގޮވާށެވެ!
ރަދީފް
28 July 2019
''އެހެނަސް ޑޮކްޓަރުން ބުނެފައިވަނީ މިވައްތަރުގެ މީހުންނަކީ އުފެދުމުގައި ލެއވިގޮތޭ މިކަން ގަބޫލުކުރާށޭ މައިންބަފައިންވެސް.'' މަރޭ ކަލޭގެ ލަދު ކޮބާ؟؟؟
މަރޭމިތުރު
28 July 2019
ހުރިހާ ޑޮކްޓަރުން މިކަމަށް އިއުތުރާފްވާނެ ރަދީފް.
މަރޭމިތުރު
28 July 2019
ރަދީފް ބުނަންތަ؟ ކަލޭމެންނަށް ކިތަންމެ ރަނގަޅަކަށް އެއްޗެއް ބުންޏަސް ގަބޫލުނުކުރެވޭނެ. ކޮންމެ މީހަކީ އަމިއްލަ މިޒާޖެއްގެ ތަފާތުމީހެއް. އެހެންވެ އުފެދުމުގެ ތޮބިއްޔަތު އެއީ ބަދަލުކުރެވޭނެ ކަމެއްނޫން. ގަބޫލުނުކުރިއަސް މަށަށްއޯކޭ!
ޢިށާ
28 July 2019
މަރޭބުނީ ތެދެއް
މަރޭމިތުރު
28 July 2019
ވަކިތަންކޮޅެއް ލިޔެ މާނަ އޮޅުވައިނުލާ! އހަރެން ބުނެފައިވާ އެއްޗެއް ލިޔާނަމަ ތަފްސީލުކޮށްލިޔާ! ގަބޫލުނުކުރިއަސް މިއީ ހަގީގަތެއް.
ހަމަހަމަ
28 July 2019
ފޮޓޯ އާ މީހާ ގެ ތަފްސީލް ހާމަކުރޭ އަވަހައް...
ޗޮމމ
28 July 2019
ޖިނާއީ ދައުވާކުރުމަށް ފުދޭވަރަށް ހެކިނެތަސް ހުރި ހެއްކެއްގެ މައްޗަށް ބަލާ އިދާރީ ފިޔަވަޅު އެޅިގެން މެނުވީ ފުލުހުންގެ މުއައްސަސާގެ އަގު ނުހިފެހެއްޓޭނެއެވެ.