ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅަށް ގެއްލުން ލިބިފައި.-- ފޮޓޯ: އެމްވީ ކްރިސިސް
29 ޖުލައި 2019 - 10:35
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ކާރު އެކްސިޑެންޓްވެފައިވަނީ ބްރިޖާއި ހުޅުމާލެ ގުޅުވާލާފައި އޮންނަ ބޯށިމާ ހިނގުމުގައި، އެމްޑަބްލިޔުއެސްސީ އިމާރާތުގެ ފުރަގަހުގަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޯށިމާ ހިނގުމުން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ގޮސް އެމްޑަބްލިއުއެސްސީގެ ފާރުގައި ޖެހި ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
"މި އެކްސިޑެންޓުގައި އެމްޑަބްލިއުއެސްސީގެ ފާރަށާއި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކާރާއި ސައިކަލު އާދަޔާ ހިލާފް ބާރު ސްޕީޑުގައި ދުއްވުން ވަނީ އާންމުވެފަ އެވެ. ހަފުތާ ބަންދު ތެރޭގައި މިކަން ވަކިން ބޮޑުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
29 July 2019
ބާރަށް ދުއްވާ މީހުން ހުއްޓުވަން ޓްރެފިކް ޕޮލިހުންވެސް ބިރުގަނޭހެން ހީވަނީ
ރޮބިންހުޑް
08 September 2019
ޕޮލިހުން ނަކަށް އެ މީހުން އަތެއްނުވެއޭ... އެހާ ގަޓެއް ނުހުރެ
އަހުމަދުބޭ
29 July 2019
މުއްސަދިންގެ މުސްސަދި ކުދިންނަށް ތިޔަފަދަ މަތިނެތް ކާރެއް ދުއްވޭނީ، އެކުދީންނަށް ތިޔަށް ތިޔަލިބުނު ގެއްލުމަށް ކަހަރުވަކެކޭވެސް ހީނުވާނެ، މިހާރުވެސް މައްސަލައަކަށް ވެފައި އޮންނާނީ ސިފައިން އެކުއްޖާ ހައްޔަރުކޮއްގެން، ދައުލަތަށާ ދައުލަތުގެ ތަކެއްޗަށް ލިބުނު ގެއްލުމެއް ބަލައިކަށް ބޭނުމެއްނުވާނެ، މިފަދަ ބާރު ސްޕީޑްގައި ދުއްވާ ކާރާ ސައިކަލް ވަކި މުއްދަތަކަށް ސަސްބެންޑް ކުރަން ފެނޭ މިސާލަކަށް މައްސަލައިގެ ބާވަތުން 3 މަސް 4 މަސް 6 މަސް 12 މަހަށް
ޢަހާނަމަ
29 July 2019
ދެން އޭނަ ދޫކޮށްލާ...
ބޮޑުމީހާ
29 July 2019
ހުޅުމާލެ ކަހަލަ މީހުން ބައިބޯ ސިޓީތަކުގެ ދުއްވަންޖެހޭ ސްޕީޑަށްވުރެ ތިން ގުނަ ބާރަށް ދުއްވާކަން ފަހަކަށް އައިސް ފާހަގަކުރެވޭ. ތިމާގެ ފަރިތަކަމަށް ވުރެ އަނެކާގެ ނުފަރިތަކަމަށް ބެލުން މުހިއްމު
ޙަސަން އަޙްމަދު
29 July 2019
ހަގީގަތުގަ އަނެކާގެ ފަރިތަކަމުން ދެމީހުން ވެސް ސަލާމަތް ވަނީ. އަނެކާ ނުވިސްނާ ހުއްޓާ ތިމާ ނުގަވައިދުން ދުންޖަހާފަ އައިސް ނުގަވައިދު ފަޅިން ޓޭކްއޯވާ ކުރީމާ އެކަމަށް ސިހިފައި ވެސް އަނެކާގެ ފަރިތަކަމުން ތިމާވެސް މި ސަލާމަތް ވަނީ. ފަރިތަ މީހުނަކީ ކިތައްމެ އަވަސް ސިކުންތު ކޮޅެއްގައި ވެސް ގަވައިދުގަ އޮންނަ ގޮތަށް ރިއެކްޝަން ނެގޭ މީހުން
ހުސެންބެގެ
29 July 2019
ދުއްވުމުގަ ލިބޭގެއްލުމުގެ ބަދަލު އިންޝުރެންސް އިން ލިބޭގޮތް ނުހަދާ މިކަމެއް ނުވާނެ.
ދޮންބެއްޔާ
29 July 2019
ތިޔައީ އެންމެ މިހާރުގެ ޒުވާނެއްދޯ؟ ތިކަހަލަ ޒުވާނުންނާހެދި ރަނގަޅު ޒުވާނުންނަށް ވެސް ހުތުރު
ރަދީފް
29 July 2019
އެމެރިކާގެ ފްލޮރިޑާގެ މަޔާމީގަ ތިޔަ ޑްރައިވަރު އުޅޭހިތްވަނީ.އޭނަ އެތަނަށް ފޮނުވާލާ.
ވަރަ
29 July 2019
ތީވަރަށް ވެފަ ދުއްވަމުންދާ ކާރެއް އަބަދުވެސް ވަރަށް ބާރު ސްޕީޑުގަ ދުއްވަނީ
ޙަބީބު
29 July 2019
ހައްހައްހާ ކާރު ތިޔޮތީ އައިސީޔޫއައް ލާންވެފަ ހައްހާތް އަދިވެސް ސިނގިރޭޓާ ރެޑްބުލްބޮއެގެން ދުއްވާ
އަހަންމާގެ ދޮންރަހާ
29 July 2019
އަދި ޚާއްސަކޮށް ތިޔަ ކާރެއް ދުއްވަނީ އިންތިހާއަށް ފޮނިވެގެން އުޅޭ ބަޔެއް