ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަނޑުމަގުން އިންޑިއާ އަށް ގޮސް ފިލަން އޫލެނިކޮށް ރާއްޖެ ގެނެސް ފުލުހުންގެ ވެހިކަލެއްގައި ކޯޓަށް ގެންދަނީ. -- ފޮޓޯ: ނިޝަން އަލީ/މިހާރު
04 އޯގަސްޓް 2019 - 22:32
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދާދި ދެންމެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އަދީބު މާލެ ގެނައީ ފުލުހުންގެ ބެލުމުގެ ދަށުން، ސިފައިންގެ އުޅަނދެއްގަ އެވެ. އިންޑިއާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ ދިވެހި ފުލުހުންނާ އަދީބު ހަވާލުކުރީ އިއްޔެ އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ ހުރިހާ ހުކުމްތަކުން މިނިވަންވެފައި ވަނިކޮށެވެ. ތިން މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ.
އެކަމަކު މި ހުރިހާ ހުކުމްތަކެއް ކޯޓުތަކުން ކުއްލި ގޮތަކަށް ބާތިލްކުރީ އެވެ.
އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި އޮއްވަ އެވެ. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ އެކު ބަންދުގެ އަމުރު ނެރެދޭން އެދުނުތާ ދެ މަސް ވި އިރު ވެސް ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ނުނިންމަ އެވެ.
ނުފިއްލަވާނެ ކަމުގެ ޔަގީންކަން ދެއްވައި އެމްއެމްޕީއާރުސީއާ ގުޅިގެން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވަމުން ގެންދެވި އަދީބު ރާއްޖެ އިން ފުރާވަޑައިގަތް އެނގުނީ މިދިޔަ ބުދަ ދުވަހެވެ. އެއީ، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އޮތް ގަޑިއަށް ވަޑައިނުގަތުމުންނެވެ.
އެ ދުވަހުގެ މެންދުރު ފަހު 1:45 އަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ފޯނުން އަދީބު އޮތީ ދެއްވައިފަ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ޓަގުގަ އެވެ.
އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ.
އަދީބުގެ ޕްލޭނެއް އަދި ސާފެއް ނޫނެވެ. އެމަނިކުފާނު ފިއްލެވި މައްސަލައިގައި ފުލުުހުން މާބޮޑު ތަފްސީލެއް ނުދެ އެވެ.
އެއް ބަޔަކު ލަފާ ކުރައްވާ ގޮތުގައި، އަދީބުގެ މިސްރާބަކީ އިންޑިއާ އަށް ވަޑައިގަތުމަކަށް ނޫނެވެ. ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ ކަމަށް ވާހަކަ ދެކެވެ އެވެ.
އަދީބު، ޔޫރަޕިއަން ޔޫނިއަންގެ ޕާސްޕޯޓެއް ގެންގުޅުއްވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 August 2019
ކިހާދެރަކަމެއް...2013 ވަނަ އަހަރުން ފެށިގެން ތި އަދީބަކުން ސަލާަމަތްނުވެވިގެން މިއުޅެނީ.
ކަނޑުފޭރި
05 August 2019
ރަނގަޅު ނިންމުމެއް. ކަނޑުން ސަލާމަތްވެ ހިކިފަސް ތަނަކަށް ދިއުމަށް މަސައްކަތް ކުރުމަކީ ކުށެއް ނުން. މީހުންނާ އަޅައިގެން އުޅުމުގެ ސަގާފަތް ކަނޑުމަތީ މީހުން ދޫކުރަން ޖެހޭ.
ހަމަހަމަ
05 August 2019
ޔާމިނު ސަރުކާރުން ލުތުފީ ފޮރުވައިގެން ނުގެން ގުޅޭ އަދި ޔާމީނު ސަރުކާރުން ބެނުންނަމަ ގެނެވޭނެ ވެސް އެއި ކަންކުރަން ޖެހިލުން ނުވާސަރުކާރެއް. ޔާމިނުސަރުކާރުން ކޮށްފަހުރިކަންކަންބަލާއިރު އެއީ ލުތުފީ ނުގެނެވޭވަރު ސަރުކާރެއް ކަމަސޤ ދެކެނީ މިޔައެއް.ޔަމީނު އިސްކަން ދިނީ ގައުމުގެ ކުރިއެރުމަށް އަޅާފަރާތް ތަށް ހަމައަކަށްއަޅުވަ ތަރައްގީކުރަން އެކަންކޮށްފަ އެއޮތީ.
ރަށުމީހާ
05 August 2019
ތިޖެހުނީ ބޮޑުތާގާ
އަބްދުލްމާރިކް
05 August 2019
ޕްރޮފެސަރ އުގޭލް... އަނެއްކާ މީ އަދީބުތަ ؟ ޔަޤީންކޮށްދެއްވާ!
ގަޓް ބްރޯ
05 August 2019
މަޖިލިސްގެ ކޮމިޓީތަކާ ރައީސްގެ ސެލްފީ ނެންގެވުންފިޔަވާ ހިތްހަމަޖެހޭ ޒާތު އެއްވެސްކަމެއް އަދި ފެންނަގޮތެއްނުވޭ. "ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް" ދުވަހަކަށްފަހު ދުވަހެއް މިހިރަ ފައިބައިގެންދަނީ!!!!!
ކެނެޑީ
05 August 2019
މިހާރު މިހިރީ ރާއްޖޭގައި، ދެންހުންނާނީ ބޭރުގައި، އަދީބް ކަމް އެންޑް އަދީބް ގޯ، އަދީބް ކަމް ފްރޮމް ކޮޓޮނައިޖޯ.
ihaaru.
05 August 2019
ކީއްވެބާ ބިޑިނޭޅުވީ؟ ލަދުންތަ؟
ލުއްޗާ
05 August 2019
އަދި އެބައަތްނަގައެއްނު ހެވިފަހުރެގެން
ތެދުނަގޫ
05 August 2019
ހުރިހާ ކަމެއް ރާވާ އެގޮތައް ކަން ހިގާނެ ކަމަށް ބޭއްވި " ކޮބާނުވިއެއްނު " ޖަލްސާ ގެ އަސްލު ބޭނުން ފަނުފުލުން އެދިޔައީ ! އެގޮތައް އެކަމެއް ދެން އަނެއްކޮޅުން " ކޮބާ ފޭލްވީނު " ކިޔާ ޖަލްސައެއް ބާއްވާންވީ