އަދީބު، ރޭ ފަތިހު އަލުން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިއުމަށްޓަކައި ފާލަން ކައިރީގައި.
05 އޯގަސްޓް 2019 - 12:09
ރާއްޖެ އިން ފުރާވަޑައިގަތީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާ ހެދި ކަމަށާއި ތަހުގީގަށް އެއްބާރުލުންދޭން ސޮއިކުރި އެއްބަސްވުމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހިލާފުވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޓަގެއްގައި ރާއްޖެ އިން ފިއްލަވައިގެން އެެހެން ގައުމަކަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވުމަކީ ނިންމެވުނު ނުބައި ނިންމެވުމެއް ކަމަށް އިއުތިރާފް ވެވަޑައިގަންނަވާ މޭރުމަކުން ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ "އެ ޑިސިޝަން ނެގުނީ އިންޒާރުތައް އައިސް ފުރާނަ އަށް ނުރައްކާވުމުން" ކަމަށެވެ.
މުއްދަތު މަޖިލީހުގައި އަދީބު ވާހަކަ ދެއްކެވީ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދޭ ސަބަބުތައް ހުށަހަޅައި، ޖަވާބުދާރީވާން ދިފާއީ ވަކީލުންނަށް ދިން ފުރުސަތުގައި ގާޒީ އަލީ ރަޝީދު އެ ފުރުސަތު ދެއްވުމުންނެވެ.
ތަހުގީގަށް އެއްްބާރުލުން ދިނުމުގެ އެއްބަސްވުމާ ޕީޖީން ހިލާފުވި ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އެނގިފައިވާ ގޮތުގައި އެއްބަސްވުމާ ހިލާފުވި ކަމަށް އަދީބު ގަބޫލުކުރައްވަނީ އޭނާ ބަންދުކުރުމުގެ އާ އަމުރެއް ހޯދަން ޕީޖީން ސުޕްރީމް ކޯޓަށް ދިއުމުންނެވެ. ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި އޮތީ އަދީބު ބަންދު ނުކުރާ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
ރޭގެ މުއްދަތު މަޖިލީހުގައި ފުލުހުން ވެސް ބުނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމާ އަދީބު ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
އަދީބު ބަންދުކުރަން އެދޭ ސަބަބުތައް ހުށަހަޅުއްވަމުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކަންތައްތަކަށް އަދީބު އިއުތިރާފް ވެވަޑައިގެން، ތަހުގީގަށް އެއްބާލުން ދެއްވައި މައުލޫމާތުތަކެއް ހިއްސާކުރަން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އެގޮތުން މައުލޫމާތު އެކުލެވޭ ޕެން ޑްރައިވަކާއި ފޯނެއް ދެއްވަން އެއްބަސްވެ ވަޑައިގަތަސް ފިއްލަވަން މަސައްކަތް ކުރެއްވީ އެ ތަކެތި ވެސް ހަވާލު ނުކުރައްވާ ކަމަށް ފުލުސް އޮފިސަރު ވިދާޅުވި އެވެ.
އެ ވާހަކައާ ގުޅިގެން އަދީބު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ތަހުގީގަށް އެއްބާރުލުން ދެއްވާފައި ވާނެ ކަމަށާއި އަދިވެސް ހުންނެވީ އެއްބާރުލުން ދެއްވާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ޖުލައި 28 އާ ހަމައަށް ވެސް ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށާއި އެކަމަކު ފިއްލަވަން ނިންމެވީ އިންޒާރުތައް އައިސް ފުރާނަ އަށް ނުރައްކާވުމުން ކަމަށެވެ. އިންޒާރުތައް އައީ ހިޔާނާތާ ގުޅުން ހުރި އިސް ފަރާތްތަކެއްގެ މައުލޫމާތު ދެއްވުމުން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސަރުކާރާއި ޝަރުއީ ދާއިރާގެ އިސް ބައެއް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. އެ ޓަގަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ. އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
06 August 2019
ޓަގެއްގަ ފިލަން ފީޖީ ވަކީލުން ދިޔަތޯ؟ އެއްވެސް ޓްރެވަލިން ޑޮކިއުމެންޓެއްނެތި؟ އެހެންވީމާ ޚިލާފުވީ ކާކުކަން ދިވެހިރައްޔިތުންނަށް ނޯޅޭ!
ޖަރީމާ
06 August 2019
ދައުލަތުގެ އެކި މަޤާމުތަކުގެެ ބާރުވެރިކަމުން ލިބޭ މަންފާތަކާއި ހިންގާ ޖަރީމާތަކާމެދު ކުރާ ދަޢުވާތަކާއި ގުޅިގެން އެއްބަސްވުންތަކެއް ހަދައި ރައްޔިތުންގެ މުދަލާއި ޚަޒާނާއިން ޖަރީމާ ހިންގާ ފަރާތްތަކާއެކު ދައުލަތުް އެއްބަސްވުންތަކެއް ހެދުމުގެ ޑިމޮކްރަސީއަށް ސަލާމް. ގޭންގުގެ ނިޔާ އާއި ވަރަށްް އެއްގޮތް! " ދައުލަތެއް ހިންގުމަށް ލިބޭ ފުރުޞަތުން ލިބޭ އަރާމާއި އިނާޔަތްތަކާއި ، އަދި ޚިޔާނާތުން މިފަދަ އިނާމް ލިބޭނަމަ ހަމަ އެކަން އެހެން ރައްޔިތުން ބޭނުންވޭ!"
އެމްސް
06 August 2019
ޔާމީން ހެދިހެން، އަދީބްވެސް ކޮންމެވެސް ވަރެއްގެ އެސްކްރޯ އެކައުންޓެއް ހުޅުވަން ފެނޭ!
ހިލްމި
05 August 2019
ބޮޑެތި ކުއްވެރިންނާ ކޮންޑީލް އެއް ހެދެންވި ކީއްވެ އާދައިގެ މީހާ އާ ޑީލް ނެހެދެނި ގޮތެއް ފޮތެއް ނެއް ސަރުކާރެއް
އަހްމަދު
05 August 2019
މިސަރުކާރުންބޭނިންވަނީ އަދީބުއާ ޒިއަތުވެސް މިނިވަންކޮށްފަ ހުރިހާކަމެއް ރައީސް ޔާމީންގެ ބޮލަށްކަނޑާލަން
ބޮޑުމީހާ
05 August 2019
ވަގެއްކަން އިގޭއިރުވެސް ކޮންމެވެސް މޮޅު އެއްބަސްވުމެއް. ހެއްކާއި ގަރީނާ ބޭނުންވާވަރަށް ތިކަމުގައި ލިބިފަވަނީ. ދެން ކޮންސަކަރާތެއް ޖަހާކަށް އަދީބަށް 50 އަހަރު ޔާމީނަށް 50 އަހަރު ދެންވެސް ބައިވެރިވި އެންމެންނަށް 30 ވަރަކަށް އަހަރު ޖެހީމަ ދެންތިބި ބަޔަކަށްވެސް ފިލާވަޅެއްލިބޭނީ
ނަގޫރޯޅި
05 August 2019
ތިރީސް ފަންސާސް ޖަހަންބުނާއިރު އަދީބާ އެކީ ޑީލް ހެދީ މިސަރުކާރުން. ދެން 30، 50 ޖަހައިގެން ސަލާމަތްވާނެތަ. އޭރުން ބުޅާގޯނިން ބޭރުވާނީ، އޭރުން ވަގުންނަކީ ކޮބާކަން އެނގޭނެ. އަދި ވެސް ފެލޭ
ކާސިމު
05 August 2019
ކުއްވެރިންނާއި ނެގޯޝިއޭޓު ކުރީމަ ވާނީ މިހެން... ސަރުކާރު މިއޮތީ މީނަގެ ދަށުވެފަ...ދެން ލަލަލާ!!!
ކުށް
05 August 2019
އެއްބަސްވުމޭ ކިޔާގެން އަހަރުމެންނަށް އޮޅުވާލަނީ! ޑީލް އިގޭތޯ ހައްދަވަނީ އަދީބުގެ މަޖުބޫރީ ހާލަތުގެ މަންފާ ނަންގަވަނީ! ކުރި ކުށެއްގެ އަދަބު ދިނުމަށް ސަރުކާރަށް ގޮވާލަން.
ދަތްނެތްކުއްޖާ
05 August 2019
ބުރޯއެވެ. މިހާރު ތި އޮތީ ވާނެ ހަތަރެއްޗެއްވެ ނިމިފައެވެ. ދެން މަނިކުފާނު އެކަނި ކަރުތާ ފެނުގައި ހުރުމުގެ ބަދަލުގައި މަނިކުފާނާއި އެކު ރައްޔިތުންގެ ޙަޒާނާ ތައް ކައި ހުސްކުރި ހުރިހާ ފަރާތް ތަކުގެ ވާހަކަ ރައްޔިތުންނަށް ހާމަ ކޮއްދިނުމަކީ މަނިކުފާނުގެ މައްޗަށް ރައްޔިތުން ހަމްދަރުދީއެއްގެ ނަޒަރަކުން ކޮންމެވެސް ވަރަކަށް ބަލައިގަންނާނެ ކަމެއްގެ ގޮތުގައި މަމެން ދެކެމެވެ.
ހިސެން
05 August 2019
ތިހެން ކިޔަސް އަދީބައްވެސް އެނގެ ތީކޮންބައެއްކަން. ބޭރުކޮއްލަން ބޭނުންވާ ވަރަކައް އެތި އެތި ކޮޅުން އެވެސް އަމިއްލަފައިދާ ވާގޮތައް ކިޔާދޭނީ. އޭރުން މިސަރުކާރަކައް އަދީބު އެއްލައިލައިގެން ފަރުނުޖެހޭނެކަން އެންގި އަބަފުވެސް ޑީލް ތެރޭ އުޅެންޖެހޭނީ. މިހާރުވެސް އެވަނީ އެވަރު.
falcon_autho
05 August 2019
އަދީބުގެ ޝަރީއަތް ހާމަކަންބޮޑުކޮށް ލައިވްކުރުމަށް ގޮވާލަން.
މުނީ
05 August 2019
މި ޕީޖީ ބޭރުކުރަންވީނު... އަދީބުވެސް މީނަ ދޮގުހަދާވާހަކަ ސްޕްރީމް ކޯރޓުވެސް މީނަގެ ވާހަކަ ......ކިހާ ދެރަކަމެއް...