މަސްތުވާތަކެތި ދެނެގަންނަން ފުލުހުން ގެންގުޅޭ ކުއްތާއެއް: ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުުކޮށްފައި ވަނީ ކޮސްޓަރިކާ އަންހެނަކާއި ސިންގަޕޫރު ފިރިހެނެއް -- ފޮޓޯ: ފުލުހުން
08 އޯގަސްޓް 2019 - 14:24
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކޮސްޓަރިކާގެ 35 އަހަރުގެ އަންހެނަކާއި ސިންގަޕޫރުގެ 42 އަހަރުގެ ފިރިހެނެކެވެ.
އަންހެން މީހާ ހައްޔަރުކުރީ އޭނާގެ ލަގެޖު ކަސްޓަމްސް އިން ފާސްކުރި އިރު، މަސްތުވާތަކެތި ފެނުމުންނެވެ. ފިރިހެން މީހާ ހައްޔަރުކުރީ މި މައްސަލާގައި ތުހުމަތުކުރެވިގެން، ހުޅުމާލޭގައި އޭނާ ހުރި ގެސްޓްހައުސްއެއް ބަލައި ފާސްކުރުމަށް ފަހު އެވެ.
ފުލުހުން ބުނި ގޮތުގައިއަންހެން މީހާގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ހަތަރު ރަބަރު ބޮނޑި އާއި ކޮތަޅެއް އޮތެވެ.
އެ އަންހެން މީހާ ރާއްޖެ އައީ ގަތަރުގެ ދޯހާ އިން އިއްޔެ ހަވީރު އެވެ. ފިރިހެން މީހާ ހައްޔަރުކުރީ މި މައްސަލައާ ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މިދިޔަ ހަފުތާގައި ފުލުހުން ވަނީ ހަ ކިލޯގެ މަސްތުުވާތަކެއްޗާ އެކު ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހަކާއި، މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައި މީހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
08 August 2019
ތިޔަ މައްސަލާގަ ފުލުހުން ކުއްވެރި ނުވާނެ ކަމަށް އުއްމީދު ކުރަމެވެ.