ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: 10 އަހަރުން ދަށުގެ ކުއްޖަކާ ބެހިގެން މީހަކު ވަނީ ހައްޔަރު ކޮށްފައި
16 އޯގަސްޓް 2019 - 19:12
އުމުރުން 10 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުތުރު އަތޮޅުގެ ރަށަކަށް ނިސްބަތްވާ 10 އަހަރުން ދަށުގެ ކުއްޖަކާ ބެހުނު މައްސަލައެއްގެ މައުލޫމާތު އިއްޔެ ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެކަމަކު އެއީ ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ކަމަށް ވާތީ އަނިޔާ ލިބުނު ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރު ކޮށްދީފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެކި އުމުރުގެ ކުޑަކުދިންނާ ބެހުމުގެ މައްސަލަތައް އަދިވެސް ރާއްޖޭގައި ފެންމަތިވަމުންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިމީ
18 August 2019
ކޮބާތަ ހިމަންދޫ އިން ސުކޫލް ކުދިންތަކަކާ ބެހުުނު ޓީޗަރު. އޭނަވެސް ހުރީ ދޫކޮށްލާފަ ކަމަށް ވަނީ
ޭއަފީފް
18 August 2019
މިކަންތައް ކުރާ ފަރާތުގެ ވަނަވަރާއި ފޮޓޯ އާންމުކުރާށޭ. އެހެންނޫން ގޮތަކަށް މިކަންތަކެެއް ނުހުއްޓާނެ.
ސަކީ
18 August 2019
ކުޑަކުދިންނާ އެކަނިތަ، މަމީ 45 އަހަރުގެ މީހެއް މަށާވެސް މީހުންބެހޭ.
ޢަހުމަދު1
17 August 2019
ފުޅަދޫ 8 އަހަރު ކުއްޖެއް
ޢަހްމަދު007
17 August 2019
ކީއްކުރަންހޭ ތިކަން ސިއްރު ކުރަނީ
އަހުމަދުބޭ
17 August 2019
ތިކަން ހުއްޓުމަށް އޮތް ހައްލަކީ ތަންފީޒީ އިދާރާތަށް ހަރުދަނާކޮށް އަދަބުތަށް ބަރާބަރަށް ތަންފީޒް ކުރުމެވެ.
އިންސާފް
17 August 2019
މީވަރަށް އާންމުކަމެއް. ގިނަކަންތައް ހިނގަނީ ގޭތެރެއިން. ރިޕޯރޓް ކުރަނީވެސް މަދުފަހަރަކު. ކުއްޖާއަށް ލިބުނު އަނިޔާއަށްވުރެ އާއިލާއަށް މުހިންމުވަނީ ކަންސިއްރުކޮށް އާއިލާ ބަދުނާމެއްވުމުން ސަލާމަތް ވުން.
ރީތި މޫސަ
17 August 2019
ކޮބައިތަ ހޯރަ އިއްބެ ތިކަހަލައެންމެންވެސް ހައްޔަރުކުރޭ ދޫނުކުރާތި
މާދުރު ތަރި
16 August 2019
ގައުމުގެ ސިޔާސީ ލީޑަރުންގެ ދަރިންނަށް ކަމެއް ދިމާވެއްޖެ ނަމަ ވަރަށް ވަރު އަރުވާލާނެ! ނޫނީ މިފަދަ ބޮޑެތި ކުއްވެރިންގެ ހިމާޔަތުގައި ތިބެނީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިން! ރީދޫ، ފިންކު، ރަތް ފިކުރެއް މިކަމުގައި އިސްތިސްނާއެއް ނުވޭ! ރައްޔިތުން ވިސްނަބަލަ
2ގުޅަ ޕެނެޑޯލް
16 August 2019
އެވަރުގެ ކުއްޖަކަށް ދެވޭނެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އެކަމަށް މައިން ބަފައިން ނާ ދައުލަތުން ހަރަދު ކުރުމުގެ ބަދަލުގާ އެކަން ކުރި ބޮޑު މީހާގެ އަތުން މާލީ ފައިސާނަގާ. ދެވެން ނެތީއްޔާ އޮތް ހަރު މުދަލެއް ވިއްކާލައިގެން ނަމަވެސް.