މިއަދު އަތުލައިގަތް މަސްތުވާތަކެތި: އެ މައްސަލާގައި ހައްޔަރުކުރީ 25 އަހަރުގެ މީހެއް -- ފޮޓޯ/ކަސްޓަމްސް
16 އޯގަސްޓް 2019 - 19:52
ރާއްޖެއަށް ދޮޅު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހަކު ކަސްޓަމްސުން މިއަދު އަތުލައިގެންފި އެވެ.
ކަސްޓަމްސުން ބުނިގޮތުގައި 1.52 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް މިއަދު އަތުލައިގަތީ ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއަށް އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންނެވެ. އޭނާއާ މެދު ޝައްކު ކުރެވޭތީ ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖްގެ ތެރެއިން ކަމަށް ކަސްޓަމްސުން ބުންޏެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އެ ތަކެތި ތަހުލީލު ކުރުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ހެރޮއިން ކަމަށް ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ވަނީ ދައްކައިފަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެއްޗާއި ހައްޔަރުކުރި މީހަކު މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އެކި ފަހަރު މަތިން އަތުލައިގެންފައިވެ އެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން ފެށިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުބޭ
17 August 2019
ތިކަހަލަ ދީނަށް ފުރަސާރަކުރާ މީހުން ނައް އިސްލާމް ދީނާ އެއްގޮތައް ފިޔަވަޅު އަޅާ އާމީން
މަރޭމިތުރު
17 August 2019
ހެހެ. ޝައްކު ނުކުރެވުނަަަަަަަަަަަަަަަަަަަަަަަަަަަަަަސް ބލައިފާސްކުރޭ! އހަރެން މީ ދުވަހަކުވެސް ޑުރަގް ބޭނުންކޮށް އެތެރެކުރިމީހެއްނޫން. އެކަމަކު ޝައްކުވެގެން 2017ގަ އަހަރެން ފާސްކޮށް ބަނޑުގައި ޑުރަގްހުރިކަމަށްބުނެ އަތޮޅުވެހީގައި 2ދުވަސް ހޭދަކޮށްގެން ސީޓީސްކޭންކޮށްގެންވެސް ނެތިގެން ފަހުންބުނީ އޮޅުމެކޭ. ޕަކާސް. ޔާމީންު އިރުަގއިވީކަމެއް.
އަބްދުﷲ
17 August 2019
މީގެ ވިޔަފާރިކުރާ މީހުން ފުނޑާނުލާ މިކަން ހައްލެއް ނުވާނެ..
މާރަނގާ - އައްޑޫ ސިޓީ
17 August 2019
އަވަށްޓެރިޤައުމުތަކުން ލަކުނޑިއޮނޑިތަކުގައިމާލެގެންނަ ކުކުޅުބިހާއި، ކަރާ، އަލުއްވާއި ކެބޭޖް ފަދަ ތަކެތި މާލޭޕޯޓަށް ބޭލުން ނުވަތަ ބާރުބޮޑު މާލޭޕޯޓަށް ކޮންޓެއިނާ ބޯޓް ފިޔަވާ މިފަދަ ލަކުޑިބޯޓް ވަނުންމަނާކުރަންޖެހޭ. * * މާބޮޑު ހަރަކާތެއްނެތް ހިތަދޫ އަދި ކުޅުދުއްފުށި ބަނދަރަށް މިފަދަ ބޯޓް ވަނުމަށް ހުއްދަދީ މިދެންނެވި މުދާދޫކުރުމުގެކުރިން ފުރިހަމަ ޗެކިންގ އެއްކޮށް ކަސްޓަމްސްއަށް ޔަޤީންކަން ހޯދިދާނެ ގޯހެއްނެތްކަން.
ހެޔޮނުވާނެ
17 August 2019
މެލޭސިއާގަ ޑްރަގު ޓުރެފިކިންގަ މަރުގެ އަދަބުދެވޭއިރު މި ރާއްޖޭގަ ކީއްވެބާ ނުދެވެނީ. ވަރަަށް ގިނަ ގައުމުތަކުގައި މިގިތަށް އަމަލު ކުރޭ.
ނަން
17 August 2019
އޭނަ ސަލާމަތް ވާނެ. ކިލޯ އިން ވިއްޔާ އޯކޭ.. ގްރާމް ޖަލަށް
ބޮލައްތުރާ
17 August 2019
ތީގަ ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ތިބުނާ އެއްޗެއް. ގްރާމް ކުޑަވާނު ކިލޯއަށްވުރެ.
އަލީ ރާޖާ
17 August 2019
ބޮލައްތުރާ. މީހުން ކުރާ ކޮމެންޓް ގެޓު ނުވަންޏާ ރިޕްލައި ނުކޮށްބަ.
އަހްމަދު
16 August 2019
ސާބަހޭ ސަރުކާރު. ޢުފާވަނީ މީހުން މެރުން މަދުވެ ޑްރަގް އަތުލާ މިންވަރު ގިނަވާތީ.
އަންޑަރނީތް
16 August 2019
އިމްޕޯރޓް ދަށްވަނީ އެކޮއި އެކްސްޕޯރޓް ދަށްވަނީ ޑޮލަރުގެ އަގު ބޮޑު ވަނީ ބޮޑޭ ދުވަނީ މާލިއްޔާ ގައި ހުރި ފައިސާ ނަގަ ނަގައިގެން މެލޭ އެކައުންޓަށް ބަރާ ކުރަމުން ދޯ ވެން ދަ އަންޑަރނީތް ބްރައިޓް އަޕް...
އަންޑަރނީތް
16 August 2019
ދޮޅު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި ނަމަ ތިޔާއީ އަނެއްކާ އެސޮރު ކަސްޓަމްސްގެ އޮފިސަރުންގެ ޑިއުޓީ ބަދަލު ވެފައި ހުއްޓާ ރާއްޖެ އަށް އައުމުން ދިމާވި ކަންކަން ތޭ އެއީއޭ މަމެން އޮޅުން ފިލުވާލަން ބޭނުންވާ އެއްޗެކޭ އައިޑޯން ނީޑް ޓު ނޯ ދިސް...
ސިއްރުފުލުސް
16 August 2019
އޭނަގެ ފޮށީގައި ކުއްތާ އަތްޖައްސާލާ ބުނެދިނީއޭ ނުބުނީ ކީއްވެބާ؟ ލަގެޖް ބެލްޓް ކައިރީގައި ކުއްތާ އެ އޮންނަނީ އެކަމުގައި.
1828
16 August 2019
ތިޔަ މީހުންގެ ތަހުގީގު އަވަސް ކުރަންޖެހޭ. އަދި ޝަރިއަތްވެސް އަވަސް ކުރަން ޖެހޭ. ޝަރިއަތް ވަގުތުން ދުރަށް ދައްކަން ޖެހޭ.