މަޖިލީހުގެ ރައީސް ނަޝީދު: ތިމާވެށީގެ ހަރަކާތްތަކަށް އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ވަނީ ޖަމްއިއްޔާއެއް އުފައްދަވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
19 އޯގަސްޓް 2019 - 12:24
ތިމާވެށީގެ ހަރަކާތްތައް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ޖަމިއްޔާއެއް އުފައްދަވައިފި އެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ނަމުގައި އުފެއްދި އެ ޖަމިއްޔާގެ މުއައްސިސުންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް ނަޝީދުގެ އިތުރުން ގ. އަނޫރާނީ، މަރިޔަމް ރާހިލް ނަސީމެވެ.
ޖަމިއްޔާގެ އިދާރާއަކީ ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ އެވެ. ޔޫތު މިނިސްޓްރީން މިއަދު ވަނީ އެ ޖަމިއްޔާ ރަޖިސްޓްރީކޮށްދީފަ އެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ރަށްތައް ތަރައްގީކުރާނެ ގޮތްތައް ހޯދައި، ފަރުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
20 August 2019
އީސީސީގެސަބަބުން ތިއީ ވިޝަންއަކާއި މިޝަންއެއް ހިފައިގެންއައިރައީސެއްކަން އަހަރުމެނަށްއެގުނު. * * 7 ފެބްރުއަރީއަށްފަހު އެބުރިވަޑައިގެން މިސިޓީގައި ތިމާވެށީގެ މަސައްކަތްކުރާނެ އޮފީހެއްޤާއިމްކޮށް “އަލުން އުއްމީދު އާލާކޮށްދެއްވި” ރައީސަކީ ތިއީ. * * އައްޑުއާއި ހުވަދޫގެ ޓްއަރިޒަމަށްޓަކާ ސީއައިޕީއެސް ނުވަތަ Confédération Internationale de la Pêche Sportive އާއިގުޅިގެން ޖަމީއްޔާއިން ބައިނަލްއަޤުވާމީ ސްޕޯޓްސްފިޝިންގްމުބާރާތެއް އީކްއޭޓަރގައިބާއްވަދެއްވާ.
ސަޅިކަމެއް.
20 August 2019
މާރަނގާ - އައްޑޫ ސިޓީ ގެ ޙިޔާލަކީ ކްރިއޭޓިވް ރަނގަޅު ހިޔާލެއް. ރާއްޖޭގެ ޒުވާނުންނަށް ކަނޑުގެ ރީތިކަމާއި ރަށުގެ ވަށައިގެންވާ ކަނޑުގެ ބޭނުންކުރުމަށް ދަސްކޮށްދޭންޖެހޭ. ތިމާވެއްޓާއި ރައްޓެހި ސްޕޯޓްސް ފިޝިންގ މުބާރާތް ތަކުގެ ސަބަބުން ރާއްޖެ އިސްތިހާރުކުރުމަށް ވަރަށް ފަސޭހަވާނެ. އަދި ތިކަމަށް އެންމެ ރަނގަޅު ސަރަހައްދަކީވެސް ހުވަދޫ އައްޑޫ.
ޝޮކްތެރަޕީ
19 August 2019
މިޖީލުގަ ރާއްޖެގެ މިނިވަންކަމުން ނެއްޓި އިންޑިޔާގެ މުށުތެރެޔަ ދިއުމުގެ އަސްލަކީ ނަޝީދު. ބޭނުމަކީ އިންޑިޔާގެ މަދަދާ އެކީ ވެރިކަމުގަ ފައިވިއްދުން. ދިވެހިންނަ ލިބުނީ ދެރަ.
ފިސާރިކަނބަލެއް
19 August 2019
ސާބަހޭ ޖަޒީރާ ރައީސް، ތިއީ ދުނިޔެ ތިމާވެއްޓަށް ހޭލައްވާލަދިން އައިލެންޑް ޕްރެޒިޑެންޓް، މިތިބީ ތިޖަމްއިއްޔާގެ މެންބަރަކަށް ވުމަށް ކެތްމަދުވެފަ، ތިޖަމްއިއްޔާގެ ގޮފިތައް މުޅިރާއްޖެއަށް ފެތުރިގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރަން، އަދި އެމޭވާގެ ފޮނިރަހަ އަވަސް ގޮތަކަށް މުޅި ދުނިޔެއަށްވެސް ލިބިގެންދާނެ
ހުދު އަނބިމީހާ ވެސް ނާހާނެ
20 August 2019
ޖަމިއްޔާ ހަދާފަ ބޮޑުމީހާހެދިފަ ތިމާވެއްޓޭކިޔާފަ ހިއްކި ކަހަނބު ގޭގަ އެލުވާފަ ބެހެއްޓީމަ ވަރަށް ހަޑިމިސާލެއް އެ ދެއްކެނީ. ހިމާޔަތުގަ އުޅޭމީހުން ގެ ޒީނަތްތެރި ކުރަންށޭ ކިިޔާފަ ކުޅޭކުޅޭވިޔަސް ޕުލާސްޓިކު ވިޔަސް އެގޮތަކަށް ނުބަހައްޓާނެ. މީހަގެ ދެފުއްކެހެރިކަން އެފެންނަނީ.
އުސްތާޛްޒަކީ
19 August 2019
ރައީސް ނަޝީދަށް ރުފިޔާ ގޯންޏެއް ލިބޭތީ ކަންތައް ބޮޑުވާ މީހުން ވެސް ޖަމިއްޔާއެއް ހަދައިގެން ހަމަ ފައިސާ ހޯދަން ވީ ނޫން ތޯ އެވެ. މީހަކު ކިތަންމެ ރަގަޅު މަޤުޞަދެއްގައި ކަމެއް ކުރަން އުޅުނަސް ރަގަޅު ނުވާނެ ބަޔަކު ވެސް އުޅޭނެތެވެ. ރަގަޅު އެއް ގޮތެއް ނެތް އެތަކެއް ބަޔަކު ވެސް އުޅޭނެތެވެ. އެމީހަކު ކުރިކަމެއް އެމީހަކަށް!
ފނވނވ
19 August 2019
ބޭރު 'އެހީތަށް' ސާފުކުރަން އުފެއްދި ޖަމިއްޔާއެއް.
މަންޑޭލާ
19 August 2019
މީ މިރާއްޖެއަ އިންޑިޔާ ސިފައިން އެރުވިމީހާ. ޤައުމުގެ ދަރިންގެ ބުސްތަގްބޮލަ ލިބުނު ދެރައެއް.
ޝޮކްތެރަޕީ
19 August 2019
ދިވެހިންގެ ބަޖެޓު ދިރުވާލަން އެއުޅެނީ.
ޝޮކްތެރަޕީގެ އަމާ
19 August 2019
ދިވެހިންގެ ބަޖެޓު ދިރުވާލިމާހާ އަދިވެސް ހުރީ މިނިވަނެއްގޮތުގަ.. ހިތާމަހުރި..
ކާސިމު
19 August 2019
ދެން މަށަށް ކީތް !!!
ކުލަ މަޖާ
19 August 2019
ދިވެހި ކަނޑު ވިއްކައިގެން ހޯދަން އުޅޭ ބޮޑު ލާރި އަންނަތަން ބަލަން ތިބެމާ. ސާބަހޭ ދަރިޔާ. ތީ ވާ ދިވެހި ދަރިޔެއް
މުނާފިގު އަދުރޭ
19 August 2019
ތިމާެށި ރާއްޖެ އަށް ގެނައީ ކާކުތަ
ދަންނަ ނުދަންނަ
19 August 2019
ތިމާވެށި ދިވެހިރާއްޖެއަށް ގެނައީ ދެ މީހުން. އެކަކީ މައުމޫން. އަނެކަކީ މީމުޒަވިޔަނި. މިކަމުގެ ހެތްކަކަށް މި ދެބޭފުޅުންނަށް އދ.އިން ގްލޯބަލް ފައިވްހަންޑްރެޑް ކިޔާ އެއްޗެއް މިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދީފައި އޮންނާނެ.