މާލޭ ޕޯޓް ސަރަހައްދުން ވަގަށް ބޭރު ކުރި ކާރު ކޮންޓެއިނަރެއް ފޮރުވާފައި ހުއްޓައި މިއަދު ހޯދައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާރުތައް ހޯދީ، ހުޅުމާލޭގެ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓަ އެވެ.
އެ އޮޕަރޭޝަން ހިންގާ ކަން ޔަގީން ކޮށްދިނުން ފިޔަވައި އެއްވެސް ތަފްސީލެއް ފުލުހުން ނުދިނެވެ.
ކަސްޓަމްސް އާއި އެމްޕީއެލް އިން މިކަމުގައި އަދި ބަހެއް ނުލިބެ އެވެ.