ވެމްކޯގެ މުވައްޒަފުންތަކެއް: އެ ކުންފުނީގެ މުވައްޒަފަކަށް ހަމަލާދިން މީހަކު ވަނީ ހައްޔަރު ކޮށްފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
01 ސެޕްޓެމްބަރ 2019 - 21:15
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ވެމްކޯގެ މުވައްޒަފަކަށް މާލޭގެ މަގެއްގެ މަތިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައިވަނީ އާންމުވެފަ އެވެ. ވެމްކޯގެ ޔުނިފޯމްގައި ހުރި އެ މުވައްޒަފަށް ހޮޅިބުރިއަކުން ހަމަލާދޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މީހަކު ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ހޯދައި، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ވެމްކޯ އިން ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް އަނިޔާކޮށް، ފުރައްސާރަ ކުރުމުގެ ކަންކަން ދިމާވަމުންދާ ކަމަށާއި އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމާ
02 September 2019
ގޮޅިތެރެއިން މިކަން ނިއްމާލަދިނުން އެދެން
ކޮމިއުނިޓީ
02 September 2019
އެއްމަސް ވަންދެން އޭނަލައްވަ ކުނި އުކުމުގެ މަސައްކަތް ކުރުވީމަ ނިމުނީ.....ސިންޕަލް
ދަރަވަންދޫ ނަޝީދު
02 September 2019
ވެމްކޯ މީހުންނަށް ފުރައްސާރަކޮށް ޖެއްސުން ކޮށް މަލާމާތް ކުރާމީހުންގެ އަދަބަކަށް އިޖުތިމާޢީ ޚިދުމަތެއް މަދުވެގެން 3 މަސްވަންދެން ކޮންމެ ދުވަހަކު 8 ގަނޑިއިރު ކުރާގޮތަށް ޙުކުމް އިއްވާ އެމީހާގެ ގެ ހުންނަ ހިސާބުގެ މަގުތަށް ކުނިކެހުމައި އެހިސާބުގެ ހުރިހާ ގޭގޭގެ ކުނި ނަގާސާފުކޮށް ވެމްކޯ ކުނިއުފުލާ އެއްޗިއްސަށް އެޅުވުން އަދަބަކަސް ހެދުން ފެނޭ، އޭރުން އެގޭނެ ވެމްކޯ މީހުންގެ ޚިދުމަތުގެ ބުރަކަށް
ތުއްތުކަލޯ
02 September 2019
ތިކަލޭގެއަށް ރަނގަޅު ފިލާވަޅެއް ދޭތި
ޔުސްރާ އ
02 September 2019
މިމައްސަލަ ރަނގަޅަށް ބަލާ ކޮޅެއްގައި ޖައްސާތި އޭރަށް އިބުރަތަކަށްވާނީ
މޮދް
02 September 2019
ވެމްކޯއަށް އަދި މަސަތްކަތްކުރާމީހުންނަށް ތައުރީފް. އެންމެ އުފާވަނީ ދިވެހިނަށް ވީތީވެ.
ޢަބްދުﷲނާފިޒް
01 September 2019
ވެމްކޯގެ މުވައްޒަފަށް ހަމަލާ ދިންމީހާ އަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ގޮވާލަން، އެއީ އެކަމުން ދެންތިބި މީހުނަށް އިބުރަތަކަށް ޓަކާ.........
ވެމްބޭންގް
01 September 2019
އެއްވެސް މީހަކަށް އަނެކެއްގެ ގައިގައި ޖެހުމުގެ ޙައްޤެއް ނޯންނާނެ. އެކަމަކު ވެމްކޯގެ ބައެއް މުވައްޒަފުންގެ ސަބަބުން ރުޅިއަންނަ ކަންކަން ދިމާވޭ. އެގޮތުން ހަތަރު ފުރޮޅުލީ ބިޑެތި ބިން ތަކަށް ފުރެންދެން ކުނިއަޅާ ބަރުކޮށްގެން ގާ އަތުރާފައި ހުންނަ މަގުތަކުގައި އެ ކޮށްޕާފައި އެންމެ މީހަކު ދާއިރު އެމީހަކަށް އެ ބިން ކޮންޓްރޯލްނުކުރެވި ގޮސް މީހުންނާއި ވެހިކަލްގައި ޖެހުނަސް އަޅާވެސް ނުލާ.
ޗޮއްޕަޅޭ
01 September 2019
އެކަލޭގެ ބިރުން ގޮސް އަމިއްލަ އަށް ހަވާލުވީ ޔޯ
ރަންނަ
02 September 2019
އަދިވެސް ތިމާމީހާ ވަރު މީހެއް ނެތިގެން އުޅޭތި
ގޮގް މެގޮގް
02 September 2019
ވަރަށް ފުއްޕާފަ ދޯ އޭނަ އުޅުނީ ވީޑިއޯގަ.މުގު ރިހަ ކައިގެން ދެން އިނދޭ.ލޮލް