ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
05 ސެޕްޓެމްބަރ 2019 - 18:06
ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ އަށް ފަހު، 19 ވަނަ މަޖިލިހުގެ 87 މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފި އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރީ ތިން މަޖިލިހެކެވެ. އެއީ 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިސް އަދި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހެވެ.
ވޭތުވެދިޔަ 10 އަހަރުގެ މަޖިލިހުގެ ތާރީޚަށް ބަލާ އިރު، 18 ވަނަ މަޖިލިހުގައި އެންމެ ދައުރެއްގެ ތެރޭގައި ބޭއްވުނީ ތިރީހަކަށް ޖަލްސާ އެވެ. އަދި 17 ވަނަ މަޖިލިހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ޖަލްސާ ބޭއްވުނީ ފުރަތަމަ ދައުރުގަ އެވެ. ފުރަތަމަ ދައުރުގައި 42 ޖަލްސާ ބޭއްވި އެވެ. އެހެންވެ، ފުރަތަމަ ދައުރުގައި އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރިކޯޑު ލިބޭނީ 19 ވަނަ ރައްޔިތުންގެ މަޖިލިހަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި 19 ވަނަ މަޖިލިހަކީ މީގެ ކުރިން ހިނގާފައިވާ މަޖިލިސްތަކާ ބަލާ އިރު، މާ ހިންގުންތެރި، މަސައްކަތުގެ ރޭޓް ރަނގަޅު، ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރި މަޖިލިހެކެވެ. ހާއްސަކޮށް، ގިނަ އަދަދެއްގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅައި ފާސްކުރުން ހިމެނެ އެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ރެއާއި ދުވާލު ކުރިއަށް ގެންދިއުމަކީ ގިނަ ބަޔަކަށް ހައިރާން ކަން ލިބުނު ކަމެކެވެ.
މަޖިލިހުގެ މަސައްކަތާ މެދުގައި ހިތްހަމަޖެހޭތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިހުގެ މަސައްކަތަށް ދެއްވާނީ "ޕްލަސް" އެއް ކަމަށެވެ. އެކަމަކު، އަޟްހާ އީދުގެ ބަންދު ދިމާވީމާ އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެއްވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުރު ފެށުނު އިރު، ބިލްތައް އައުން ލަސްވި ނަމަވެސް، ފަހުން ވަރަށް ބާރުމިނެއްގައި ބިލްތައް މަޖިލިހަށް އަންނަން ފެށިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިދިޔަ މެއި 28 އިން ފެށިގެން މިއަދާ ހަމައަށް 31 ބިލެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ނިމިފައި ވަނީ 14 ބިލެކެވެ. ކޮމިޓީ މަރުހަލާގައި 17 ބިލެއްގެ މަސައްކަތް ނުނިމި އެބަ އޮތެވެ. މަޖިލިހަށް 21 ގަރާރެއް ހުށަހަޅައި ނުވަ ގަރާރެއް ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ ފަރާތުން 15 މައްސަލައެއް ހުށަހެޅި އިރު، ތިން މައްސަލައެއް ވަނީ ނުނިމި އެވެ. ރިޔާސަތުން ހުށަހެޅި 22 މައްސަލައިގެ ތެރެއިން ފަސް މައްސަލައެއް ނުނިމެ އެވެ. އެކަމަކު، މެމްބަރުން ހުށަހެޅުއްވި ނުވަ މައްސަލަ ވެސް ވަނީ ނިމިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
އެހެނިހެން މައްސަލަތަކާ ގުޅޭ 39 ރިޕޯޓެއް މަޖިލިހަށް ހުށަހެޅި އިރު 34 ރިޕޯޓެއް ވަނީ ނިމިފަ އެވެ. މިނިސްޓަރުންނާ 20 ސުވާލެއް ކުރަން ހުށަހެޅި އިރު، 14 ސުވާލެއްކޮށް ނިމި، ނުނިމި ވަނީ ހަ ސުވާލެކެވެ.
ރައްޔިތުންގެ މަޖިލިސް ނިންމަވާލައްވަމުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލިހަށް 161 މައްސަލައެއް ހުށަހެޅި އިރު، އޭގެތެރެއިން 70.2 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ކޮމިޓީތަކުން 400 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި އެވެ. އަދި ކޮމިޓީތަކަށް 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް ކުއްލި ކަމެއް ދިމާވެއްޖެ ނަމަ، ޖަލްސާތައް ބާއްވަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. މަޖިލިހުގެ ރައީސް ނަޝީދު، ކޮމިޓީގެ މެމްބަރުންނަށް އަންގަވާފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިސޫ
06 September 2019
ކުއްވެރިން ބަދަލު ކުރާކަށް އެކަންޔެ ނުޫން އެއީ ހަމަ ބޭނުން ވަ ބަޔަކަށް ހަސަދަ ފިލުވަލަން ހެދީ އެއްޗެއް.އެންމެ ކޮރަޕްޓް ގައުމު އިންޑިޔާ ދެން އެހެންބަޔެއް ގެ މަސްލަ ރަނގަޅަށް ބެލޭނެ.ވަޅޯ މަސް ގަނޑެއް ދިނަސް އެދިން މީހަޔަ އެކޮޅަށް މަސްސަލަ ނިންމާނެ.މިތާ ކޮމެންޓް ކުރަ ބަޔަކު އިންޑިޔާ ޔަ ގައުމު ވިއްކި ސަރުކާރެއް ގެންނަން ވޯޓް ލީމަ ތިބެނީ އެމީހުން ނަ ސަނާ ކިޔަންތާ.މާ މޮޅުމަޖިލީހެއް މައޫމުނަށް ކުރިން ކީ ހުރީހާ އެއްޗެއްގަ ބަގުޑިބައްދާއިން ނެ ވެރިކނކުރީ
ކިއްލިބާޝާ
06 September 2019
ޢަދަދަކީ އެއްޗެއް ނޫން. މުޅިން ފެނުނީ ރައީސްއަށް ޖެއްސުން ކުރިތަން
ބޮޑުމީހާ
06 September 2019
ތިހުރިހާ ވަގުތެއް ހޭދަކުރިއިރު ސީދާ ރައްޔިތު މީހާއަށް ފައިދާވާ ކިތައްް ބިލް ނިންމި؟ ކޮބާ ބޯހިޔާވެހިކަން. ކޮބާ ފްލެޓް. ކޮބާއިންސާފު. ސަރުކާރާ މަޖްލީހާ ހުރިހާ އެއްޗެއްް ދިނީމަވެސް ވީ ކަމެއް ހަރާން. ދިވެހިންނޭ މުޒާހަރާ ނުކޮށް ބޯހިޔާވެހިކަން ނުލިބޭނެ
އިންސާފް
06 September 2019
ދިވެހި ރާއްޖޭގެ 4 ރައީސުންގެ ވެރިކަމުގެ ދައުރުތައް ފެނިއްޖެ. މިހާރު މިދަނީ 5 ވަނަ ރައީސްގެ ދައުރު. ރައްޔިތުންގެ އެތައް މަޖިލީހަކާ ހާއްސަ މަޖިލިސްވެސް ދުށީމު. ނަމަވެސް 19 ވަނަ މަޖިލސްވަރުގެ ތާކުންތާކު ނުޖެހޭ އޮއްޓަރެއްނެތް މަޖިލީހެއް ނުދެކެން.
ޚލމހ
06 September 2019
ގޯހެއް ނޫނން. ކޮއްތު ކަނޑަލަ ދެއްވާ . ޢަދި ރައީސް ތަންކޮޅެއް އަދަބުވެރިވެލައްވާ. އެހެން ކަންތައް ރަނގަޅު.
މަކުނުސީ މަކުނުޑޫ
06 September 2019
ބަންގާޅިންނަށް ނޭގޭނެ ރާއްޖޭގެމަޖިލިސް ބާއްވާނެގޮތެއް..
ގެގި
06 September 2019
ގަބޫލުކުރިއަސް ނުކުރިއަސް ދިވެހި ތާރީކްގައިވެސް ހަމަ އެޖެންޑާ 19 ތަފާތު. ގައުމަށް ފައިދާ ބޮޑު. ކަރަޕްޝަނެއް އަމިއްލަ ނާޖާއިޒް ފައިދާއެއް ނެތް.
މުހައްމަދުދީން
06 September 2019
ރެކޯޑާއިއެކީ ގައުމު އިންޑިއާއަށް ވިއްކާލީ އަވަސްއަރުވާލާފަ
އަސޭލާ1
06 September 2019
ވިއްކާލީ ގައުމުގެ ކޯޗެްއް؟
އޭޑީ
06 September 2019
ބުއްދި ހަމަނުވާ މީހުން.. ބައިކުޅަނދު މަދު މީހުން ކޮމެންޓުކޮށްގެން ވާނެ ކަމެއްނެތް. ރައްޔިތުންނަށް އިނގޭ ހަގީގަތް! އިންޑިޔާއަކަށް ވިއްކާކަށް ނުޖެހޭ! އިންޑިޔާއަކަށް މިގައުމެއް ނުވެސް ވިއްކާނެ. ބިރުން ތިއުޅެނީ ކުއްވެރިން ބަދަލުކުރުމުގެ އެގްރީމެންޓު ހަދައިގެންދޯ؟ އެއީ މިހާރު ދޭދޭ ގައުމުތަކުގެ މެދުގައި ހަދާ އެގްރީމެންޓެއް! ބޯހަމަ ނުޖެހޭ މީހުންގެ ކުލިނިކަށްދެއްކުމަށް ނަސޭޙަތްތެރިވެ ވަސިއްޔަތްކުރަން
ލަނިއްޔަތު
06 September 2019
ކުރިން ކަލޭމެން ކޮން ކޮއްޓެއް އަރާއިން ބާ ޗައިނާޔޭ ކީ.އެތަ ބޭސް އަޅާ ގައުމު އެމީހުންނަށް ވިއްކީޔެ ކީ.މިޔަދު އިންޑިޔާ ޔޭ ކީމަ މާގަދަ ބަސް ބުނަނި.މީހަމަ ކިތެންމެ ފޮރުވަން އުޅުނަސް އިންޑިޔާޔަ ވިކިފަ އޮތް ގައުމެއް މިހާރު.
އަލިބެއްޔާ، އެކުވެރިސުވައިދީބް
06 September 2019
ކަން ދެއްކުން މެކުހަށް. މިނިމަމް ވޭޖާ އިންކަމް ޓެކުސްގެ ވާހަކަ އޮބިއްޖެ.
އިންސާނާ
05 September 2019
47 ޖަލްސާ ބާއްވާފަ 1 މަސްދުއަހުގެ ޗުއްޓީއްކައް ދިއައީމާ އެވާހަކަ ދައްކާއިރު ބަލަމާ 47 ޖަލްސާއިން ރައްޔިތުންނައް ލާބަޔާ މަންފާ ހުރި ކިތައްބިލައް ބަހުސްކޮށް ކިތައް ގާނޫނުހަދާލެވުނުތޯ 47 ޖަލްސާބޭއްވުމުން ރައްޔިތުން އުފާވާނީ ރައްޔިތުންނައް ކުރިންނުވާ 20 މަންފާއެއްވާނަމަތާ
އޭޑީ
05 September 2019
ރައްޔިތުންނަށް ނުވާ މަންފާއެއް ދައްކަބަލަ؟ އޭރުން ޖަވާބު ލިބޭނެ އަމިއްލައަށްވެސް. މީހަކު ޖަވާބު ބުނެދޭކަށް ނުވެސް ޖެހޭނެ އަމިއްލައަށް ޖަވާބު ލިބޭނެ ކަލޯ
އަޅި
06 September 2019
އެންމެ 20 ތަ؟ ދެ ލައްކައެއް ނޫންތަ
އަހުމަދުބޭ
05 September 2019
މަޖްލިސް 19 ހަމަތަފާތު، އަދި މީން ދުވަހަކު ނުދެކެން މަޖްލިސް މެންބަރުން އަވަދިނެތި މަސައްކަތް ކުރިތަނެއްވެސް
މަހާރެހެންދިގެ ފިރިމީހާގެ އަންހެނުން
06 September 2019
ނޫނޭ އަހުމަދުބޭ ނިމިދިޔަ ދައުރުގައި މެމްބަރުންވަނީ ވަރަށް ބުރަކޮށް ޗޮކްލެޓް އަދި ޕެނެޑޯލް ފަދަ ތަކެތި ބަންދުކުރުމުގެ މަސައްކަތްކޮށްފައި