ޖެންޑަ މިނިސްޓަރު ޝިދާތާ: އަންހެނުންގެ އިގްތިސާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2019 - 14:05
އަންހެނުންގެ އިގްތިސާދީ ބައިވެރިވުން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތަ ޝަރީފް ވިދާޅުވެއްޖެ އެވެ.
މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ޖަބަލްޕޫރުގައި މަދްޔަ ޕްރަދޭޝް އެއޯސިއޭޝަންގެ އޮފް ވިމެން އެންޓަޕްރިނިއާސް (އެމްއޭވީއީ) އިން އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އެންޓަޕްރިނިއާސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެ ދާއިރާއަކީ ޓޫރިޒަމާއި މަސްވެރިކަން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެ ދާއިރާތަކުން އަންހެނުންގެ ބާރުވެރި ކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.
ޝިދާތާ ވިދާޅުވީ އިގްތިސާދާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި އަންހެނުންގެ ދައުރު މުހިންމު ކަމަށާއި އެގޮތުން ވިޔަފާރި އާއި އިގްތިސާދާ ގުޅުންހުރި ވުޒާރާތަކުގެ ސިޔާސަތުތައް ކަނޑައަޅާ އިސް މަގާމުތަކުގައި މިހާރު ވެސް އަންހެނުން ތިބި ކަމަށެވެ. އަދި އަންހެން ވިޔަފާރިވެރިން އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ޚާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޮބައިލް ބޭންކިންގެ ޚިދުމަތް ފޯރުކޮށް ދިނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
މީގެ އިތުރުން ޖެންޑާ އީކުއަލިޓީ ޕޮލިސީ އާއި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނަކީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ޕްލޭނެއް ކަމަށާއި މިހާރު އެ ޕްލޭން އޮޮތީ ވުޖޫދަށް އައުމުގެ މަރުހަލާގައި ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. އޭގެ ސަބަބުން ގައުމުގެ އިގްތިސާދާއި ތަރައްގީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެ، އިގްތިސާދީ ބާރުވެރިކަމުގައި އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި ފައިދާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްވީޕް އިވެންޓްގައި ރާއްޖޭގެ 21 މެމްބަރުން ހިމެނޭ ވަފުދެއް ތަމްސީލު ކުރާއިރު، ރާއްޖޭގެ ވަފުދުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރު ޝިދާތާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި އަންހެނާ
08 September 2019
ކިޔަވައިގެން މިހިރީ، ރަގަޅު ވަޒީފާއެއްގަ މިހިރީ. އެކަމަކު ދަރިޔަކު ލިބުން ފަހުން ވަޒިފާ އަދާކުރަމުން ދަރި ބެލުމާއި، ގޭގެ ކަންކަން ބެލެހެއްޓުން ހަށިގަޑަށާއި ސިކުޑިއަށް ބުރަ. ފިރިމީހާ ހެނދުނު އަހެރެން އޮފީހަށް ދާ ގަޑީގައި ދަރި ބަލަނީ، އަހަރެން މެންދުރު ފަހުން ގޮސް އަނެއް ދުވަހު ހެނދުނު އޮފީހަށް ދާ ގަޑި ޖެހެންދެން ދަރި ބަލަނީ. އުޅެނީ އެކަނި، އެހެންވެ ގޭތެރޭގެ ހުރިހާ ކަމެއްވެސް ކުރަންޖެހޭ މި ލިބޭ ވަގުތު ކޮޅުގައި. މިގޮތަށް އުޅެ އުޅެ މީހާ ބަލިވެއްޖެ.
މާއްޓެ
08 September 2019
މިނިސްޓްރީ އޮފް ވިމެން އެމްޕަވަރމަންޓް ކިޔަންވީނުން؟
ގުއިދައިތަ
08 September 2019
ބަލަ ކުރަން ޖެހެއޭ، މީ އަމާޒެކޭ ފަޅޮލޭ ދޮންކޭލޭ ބެޑްޝީޓޭ ނުކިޔާ ތިޔަ ކުރަން ޖެހޭ ކަމެއް ކޮށްބަލަ. އަނގަ ފޭކޮށްފަ ވާހަކަ ދެއްކީމަ ކަމެއް ވާނަމަ ކަލެއަށް ވާނެ. މީ އެއްވެސް ކަމެއް ވާ މީހެއް ނޫން. މުޅިން އަނގައިން ހިފަހައްޓާ މީހެއް
އަލި
08 September 2019
ކިހާވަރަކަށް އިތުރުވީމަތަ އިތުރުވުމަކީ. ތަނަކަށް ވަދެލާއިރު ތިބެނީ ހުސް އަންހެނުން. އެކަމަކު ހުސް ފިނިކޮޓަރި މަސައްކަތުގަ. ނުކުރާ ކަމަކަށް މިއޮންނަނީ މަހަށް ދިއުންފަދަ މަދު ކަމެއް..
ނެޑް
07 September 2019
ކަލޭ އަންހެނުން އަދި ފިރިހެނުންގެ ވާހަކަ ދައްކާކަށް ރީއްޗެއް ނޫން!
ގަމާރު
07 September 2019
މީނަގެ ކަމަކީ ދޭތެރެއަކުން އަރާފަ "އަންހެނުންނަށް ކޮންމެސްކަމެއް ވާންޖެހޭ' މިހިން ކިޔުން. މިކަހަލަ އެއްޗެއް ޓުވީޓު ކޮށްލީމަ މީނަގެ މަސައްކަތް ނިމުނީ. ތެދެެއް. އަންހެނުންނަށް ހުރިހާ ދާއިރާއެއްގަ ހަމަހަމަ ކަން ލިބެންޖެހޭ. އެކަމަކު މީނަ އެޓެންޝަން ހޯދަން ކޮންމެފަހަރަކު މިކަހަލަ އެއްޗެއް ކިޔާފަ ނިމްމާލަނީ.
ރީމު
07 September 2019
ބަލަ ލައިގެން ކާނެ އެއްޗެހި ގަންނަން ކަންމަތީ ފިހާރަޔަށް ދަނީ އަހަރެން. ގޭތެރޭގެ ޚަރަދުތައް ބަލަހައްޓަނީ އަހަރެން. ދެން މިހާކަންހާ ވަރަށް މަށަށް އިގުތިސާދުގަ ބައިވެރިވެވޭނީ.
ގޮމަ
07 September 2019
ކަލެއާއަށް ބެޑުސީޓެއް
ދޮންހަސަނު
07 September 2019
ހުރިހާ އަންހެނުން މަހަށް ދިޔައީމަ ދެން ދަރިން ބަލަން ބަންގާޅިން ގެންނަން ޖެހޭނެދޯ. މިއީތޯ ސަރުކާރުގެ އަމާޒަކީ
އައްލާ
07 September 2019
ހުރިހާ އަންހެނުން ބެޑްޝީޓު އަޅައިގެން މިސަރުކާރުން ދިންލޯނުން ވިޔަފާރި ކުރަނީ އެހެންވެ ނުފެންނަނީ.. މަސްވެރިކަމަށް އަންހެނުން ނެރެނީ ފިރިހެނުން މުނިފޫހިފިލުވަދޭންތަ.. ދޮށީގަ އެއްކިލޯގެ މަހެއް ގަނެގެން ލޮނުން މައްޗަށް ނުހިއްލޭނެ އަންހެނަކަށް.. ކަނޑުގަ ބެޑުޝީޓު އެޅިފަ އަބަދު އޮވެއްޖެނަމަ އަންހެކަށް ކަނޑުދަތުރު ކުރެވޭނީ.. އެހެންނޫނީ ހޮޑުކޮތަޅު ހިފަން ފިރިހެނަކު ހުންނަންޖެހޭ..