މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝަމާލް (ކ) އަދި ޕޮލިސް ކޮމިޝަނަރު ހަމީދު ބައިވެރިވެވަޑައިގަންނަަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ސެޕްޓެމްބަރ 2019 - 13:04
ފުލުހުން ފާރަލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ފުލުހުން އެކަމަށް ޖަވާބުދީފި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަން އެމްއެންޑީއެފުން މީގެ ތިން ރޭ ކުރިން އަންގާފައިވާ ކަމަށެވެ. ނަމަވެސް ފާރަލަމުން ދަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސީދާ އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެކިއުރިޓީ ބަލަހައްޓަން ގާނޫނުން ލާޒިމްކޮށްފައިވާ މީހުންގެ ކަންކަން އެމްއެންޑީއެފްއާ ވިލަރެސްކޮށްގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެ އިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށް ބުންޏެވެ.
"މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތްކަމަށް މި ސާވިސް އަށް ފާހަގަކުރެވިފައެއް ނުވެ އެވެ. އަދި މިފަދަ މައްސަލައެއް ހުށަހެޅިފައެއް ވެސް ނުވެ އެވެ،" ބަޔާނުގައި ބުންޏެވެ.
ނުރައްކަލެއް ނެތަސް އާއިލާ އާއި އެހެން ފަރާތްތަކުން ސޯޝަލް މީޑިއާ ނުވަތަ އެހެން ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާ ނަމަ އެ މައުލޫމާތު ވަޒަންކުރުމަ ށްފަހު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
10 September 2019
ހަސަނަށް ހީވާނެ އަބަދުވެސް ފުޅައްބުޑުންދަންޏާ ކުޔޮގަޑުކަޑާލަނީއޭ.
އާދަނު2
10 September 2019
ފުލުސް އޮފީހަށް ނޭގިވެސް ފުލުހުން ތަކެއް ފާރަލާފާނެ. އެއީ ވެދާނެކަމެއް.
ކަދުރޭ2
10 September 2019
އަންނިދުހަވަހަކުވެސް ތެދު ހެދިތަ؟
ދަތްނެތްކުއްޖާ
09 September 2019
މަނިކުފާނެވެ. މިހާރު މަނިކުފާނުގެ ބަސްމަގު ހުރިގޮތުން ރައްޔިތުން ވަނީ މަނިކުފާނު މަތިން އިންތިހާއަށް ފޫހިވެފައެވެ. މިފަހަރު ބާއްވާ ލޯކަލް ކައުންސިލުން އެކަން މަނިކުފާނަށް އެނގިގެން ދާނެކަން ޔަޤީނެވެ. ވ ސަލާން.
ރޯޒްސް
09 September 2019
"އެންމެ އަބަދަކު ހަމައިގައި ހުންނާކަށް ނުޖެހޭ"
ރަށުދެވި
09 September 2019
ބަލަ މަޖިލީހުގެ ރައީސައް ފާރަލާނެ އޭނަގެ ސިކިއުރިޓީން
މަހަމަގަބީ
09 September 2019
ވައްތަރީ އިބޫއާ އަމާޒުކުރި ސިޔާސީ ހަމަލަޔަކާ. ހަމީދަކީ އިބޫގެ އާއިލީ ބޭފުޅެއް ނޫންނަމަ މިވާހަކަ މިގޮތަށް ނުދެއްކީސް ތޯއްޗެއް! ހަމަ ތޯއްޗެއް!
ބޮޑުމީހާ
09 September 2019
ސިފައިންނާއި ފުލުހުންނާއި ޖެހިގަތުމަކީ ރައީސް ނަޝީދުގެ ކަށީގައި ހަރުލާފައިވާކަމެއް. އެހެންތާވާނީ ހަރާމް ބަޢާވާތެއްކޮށް އޭނަގެ ވެރިކަން ފޭރިގަތީމަ. ހުވަފެނުންވެސް ފެންނަނީ ފުލުހުންނާއި ސިފައިން
ޢަޖައިބެ
09 September 2019
ރައީސް ނަޝީދު މިވަގުތުހުންނެވީ އޭނާގެ ފުރިހަަމަ ވިސްނުމާއި ބާރުގެދަށުގައިކަމާއިމެދު ޝައްކު އުފެދެއެވެ. ބެލެވޭގޮތުގައި އޭނާވަނީ ޢާއިލީ ޕަޕަޓަކަށްހައްދާފައެވެ. ރައިސް ނަޝީދު ދިވެހި ރައްޔިތުންނަށް ހެވެއްއެދޭނަމަ، މިދަނޑިވަޅުގައި ސިޔާސީމަސްރަޙް ހޫނުނުކޮށް އޭނަގެ ދުވަސްވި ރަޙްމަތްތެރިޔާގެ ޙައްޤުގައި އޭނަގެވިސްނުމަށާއި އިޚްލާޞްތެރިކަމަށް ދޫދީ ބަދަލުހިފުމުގެގޮތް ދޫކޮށް އިންސާފުގެމަގަށް ކަންތައްކުރުމަށް މަގުތަނަވަސްކޮށްދޭންވެއްޖެއެވެ. އެހެންނޫންނަމަ....
ކަނދި
09 September 2019
އާޝޫރާ ދުވަހު ފިރުޢައުނުގެ ކިބައިން ބަނީއިޒްރާއީލުގެ މީހުން ސަލާމަތްކުރެއްވެވި ގޮތަށް އާޝޫރާ ދުވަހު ދިވެހިންވެސް ރޫހާނީގެ ކިބައިން ސަލާމަތްކުރައްވާންދޭވެ
ގިޓާ
09 September 2019
ތިކަލޭގެއާ ހެދި ސަރުކާރު ހިންގަންވެސް ދަތި