ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވައި ހަ މީހަކު ޒަޚަމްވުމުން، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޯޓެއްގައި ގޭސްފުޅި ގޮވައިގެން ބަޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަކަމުގެ މައުލޫމާތު މިރޭ 7:15 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ގޭސްފުޅި ގޮވައިގެން ހަތަރު ދިވެއްސަކާއި ދެ ބިދޭސީއެއް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ބުންޏެވެ.