ޕީޕީއެމުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ސެޕްޓެމްބަރ 2019 - 22:33
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ގިނަވި ކަމުގައި ވިއަސް އުފެއްދުންތެރިކަމެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާގެ ރިކޯޑަކަށްފަހު 87 މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ.
ޕީޕީއެމް/ ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މީގެ ކުރީ މަޖިލީހާ އަޅާ ބަލާއިރު، މަޖިލީހުގައި އެންމެ ގިނަ ވަގުތު ހޭދަކުރީ މި ދައުރުގައި ކަމަށެވެ. ނަމަވެސް އެއީ އެންމެ އުފެއްދުންތެރިކަން ކުޑަ ދައުރޭ ބުނެވިދާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ޖަލްސާތަކެއް ބާއްވާފައި އަޅުގަނޑުމެންނަށް މި އެނގެނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ކޮށްގެން އައި ސަރުކާރު، ނަމަވެސް އެ ވައުދުތައް ހާސިލްވާނެ ގޮތަކަށް ނޫން މަޖިލިސް ތެރޭގައި ކަންކަން ބައްޓަންވެފައި ހުރީކީ. އެހެންވެގެން މި ދަންނަވަނީ ފުރަތަމަ ދައުރުގެ މި ޖަލްސާތަކަކީ ވަރަށް އަންޕްރޮޑަކްޓިވްކޮށް ދިޔަ ޖަލްސާތަކެކޭ،" މީގެ ކުރީ މަޖިލީހުގައި ވެސް ނައިފަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ޝިޔާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވުމަށް ސަރުކާރުން މަސައްކަތްްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ސަރުކާރު ކޯލިޝަނާ ވާދަކޮށް، އިދިކޮޅު ކޯލިޝަނުން ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ހޯދާނެ ކަމަށެވެ.
ސަރުކާރު ހަމަ މަގަށް އަޅުވަން "ދަވާލައިފި" ނަމުގައި އިދިކޮޅު ޕާޓީތަކުން މާދަމާ ރޭ އެއްވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
12 September 2019
އަދުރޭމެން ރޭގަ ބޭއްވި ޖަލްސާ އަށް މުޖުނޫ ނުދާ ވާހަކަ ކުއްޖަކުބުނި. އެއީ ތެދެްތޯ؟
އަލިބެއްޔާ!
12 September 2019
ސަރުކާރުގެ ޕްރޮޖެކްޓްތަކުން މިވެރިންނަށް ބައިނޭޅެތީ ދެރަވަނީ.
ަުސުކޫރު
12 September 2019
ރަނގަޅު ވާހަކައެއް! ޢުފެއްދުންތެރި ކަމަކީ ހުސްއަތާ މަޖިލީހަށް ވަތް މީހުންގެ ޖީބު ދެތިން އަހަރު ތެރޭ ފުރާލުން...އެކަން ނުވާ ވާހަކަ ތި ބުނަނީ!
މުޖުނޫ
12 September 2019
މިތާ ވާހަކަ މިދައްކާ ގިނަ މީހުނަކީ ސަރުކާރުގެ ބޮޓުން. ހެހެހެ
ަފަސފދ
12 September 2019
ރަގަޅަށް ތިބުނީ. 99 އަހަރަށް ރަށްތައް ކުއްޔަ ދިނުން ކަހަލަ ކަމެއް އަދި ނެއް ކުރެވިފައް
އަޙުމަދު
12 September 2019
އުފެއްދުން ތެރިކަން އެތާ ނެތީކީނޫން، .އެތާންގަ ނެތީވައްކަން ކުރުން. އަދިރި މީހުނަކަށް އުފެއްދުން ތެރިކަމެއް ނުފެންނާނެ. ސިޔާމު ބުނަންތަ. ޤައުމުގެ ވެރިއަކަށް ހުރިމީހަކު ދައުލަތަށް ލިބެންޖެހޭ އެތަށް މިލިޔަން ރުފިޔާއެއް އަމިއްލަޖީބަށް ކަޅާކޮށްލިއިރު މަޖިލީހުގެ އުފެއްދުން ތެރިކަން ވަރަށް ބޮޑުދޯ؟ .ކުރިހާވައްކަމެއް ފޮރުވަން ކަލޯމެން އުޅެންޖެހުނީ. މިހާރުވެސް އުޅެންޖެހިފަ އޮތީ ހަމަ އެކަމުގަ. މީކިހާބޮޑު އުފެއްދުންތެރިކަމެއް.
ހުސެިއން
12 September 2019
އުފެއްދުންތެރިކަން މާނަކުރަނީ އޯވަރ ނައިޓްއިން ބޭޏުންހާ ގޮތަކަށް ބޭނުްންވީމާ ކަންކަން ފާސްކުރުންތޯ! ނުވަތަ ބަޔަކަށްޖެއްސުންކޮށް ފުރައްސާރަ ކުރުންތޯ!
އަލި
12 September 2019
ރަނގަޅަށް ތިބުނީ...
ބަލީ
12 September 2019
ކޮބާހޭ މެރީޑިއަމް އިން ގަތް ތެލުގެ ލާރި. ނައިފަރު ފެނަކަ އަށް އަގުބޮޑުކޮށް ތެޔޮ ވިއްކާފަ ލާރި ގަނޑު ކޮބާ.
ޚުބުޅި
12 September 2019
އުފެއްދުންތެރިކަން އިތުރުވަނީ މެމްބަރުން ޖީބަށް ކަޓުތައް ވަންނަ އަދަދު ގިނަވީމަތަ ޝިޔާމޫ
މަޖްލީސް
12 September 2019
ހުސް ޤަރާރު ޖަލްސާ އެވެ.ކަންނެލި ޖަގަހަ ޤަރާރު. ގޭދަށު މަސް ފެކްޓަރީ ޤަރާރު. ދަނޑުވެރި ކަމުގެ ޤަރާރު.. އެކަމަކު މަސް ފެކްޓަރީތަށް ބަންދުވީ އެވެ.ލޯކަލް މާރުކޭޓްގައި ތަޅު އެޅުވީ އެވެ..މަސް ކިރަނީ ދޯންޏަކުން ދުޗާލަކު ޓަނެކެވެ. މަސް ނިމުނީމާ ފައިސާ ލިބޭ ގޮތަށް ލޭންދޭނަށެވެ. މަސްވެރިންނަށް " ހައްޤުވާ މިންވަރަކީ" މިއޯޓ އެވެ.