އޯ ލެވެލްގައި ދުނިޔޭގެ 1 ވަނަ ރާއްޖޭގެ ހަ ދަރިވަރަކަށް

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެ އިން އެއް ވަނަ ރާއްޖޭގެ ހަ ދަރިވަރަކު ހޯދައިފި އެވެ.


ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެކިއެކި މާއްދާތަކުން 53 ދަރިވަރަކު ވަނީ ދުނިޔޭގެ ފެންވަރުގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު ދުނިޔޭގެ އެއް ވަނަ ހޯދިކަމުގައި ވިޔަސް މިރޭ އެވޯޑު ދީފައިވަނީ އޭގެ ތެރެއިން ފަސް ދަރިވަރަކަށެވެ.

ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުން

1- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް، މެރިން ސައިންސުން

2- ޒަޔާން ސައުދުﷲ، ހއ. އުލިގަމު ސްކޫލް، މެތަމެޓިކްސް އިން

3- އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ ސްކޫލް. ބިޒްނަސް އަދި އިކޮނޮމިކްސް އިން

4- ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް، ބަޔޮލޮޖީންލ

5- އާމިނަތު ލާމިއާ މަގްބޫލް، އިސްކަންދަރު ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމް އިން

6- އަޒްމާން އަބްދުﷲ، ބިލަބޮންގް ސްކޫލް، ސޯޝަލޮޖީން

އޯ ލެވެލް އިމްތިހާނުގައި 6،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު އޭގެ ތެރެއިން 404 ދަރިިވަރަކު ވަނީ ރާއްޖޭގެ 10 ގައި ހިމެނިފަ އެވެ. ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން އަށް ދަރިވަރަކު ރާއްޖޭން އެއް ވަނަ ހޯދާފައި ވެ އެވެ.

އޯ ލެވެލް އިމްތިޚާނުން، ރާއްޖެއިން އެއް ވަނަ ހޯދި ދަރިވަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުން

1- އަހުމަދު އީޖާޒް ހުސެއިން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު

2- އާމިނަތު ޖަންނަ، އަމީނިއްޔާ ސްކޫލް

3- އާމިނަތު ނޫހާ ނިމާލް، ކަލާފާން ސްކޫލް

4- ހާޝިމް އިބްރާހިމް. ފ. އަތޮޅު ތައުލީމީ މަރުކަޒު

5- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް

6- މަރިޔަމްް އިނާން އިބްރާހިމް ރަޝީދު، އަމީނިއްޔާ ސްލޫލް

7- މުހައްމަދު އައިލަމް ހުސެއިން، އަހުމަދިއްޔާ ސްކޫލް

8- ޔޫސުފް ޔާނިއު އަހުމަދު، ޖަމާލުއްދީން ސްކޫލް