އިއްޔެ ރޭ ފުލުހުން އަތުލައިގަތް އަށް ކިލޯގެ މަސްތުވާތަކެތި: މި މައްސަލައާ ގުޅިގެން އުމުރުން 23 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައި-- ފޮޓޯ: ޕޮލިސް
20 ސެޕްޓެމްބަރ 2016 - 21:22
މާލޭގެ ގެއެއް ފާސްކޮށް، އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު އުމުރުން 23 އަހަރުގެ ދިވެހިި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މ. ޝަބީނާގޭ ފާސް ކުރި އިރު އެވެ. އެތަކެތި ހުރީ އެ ގޭގައި ކުއްޔަށް ދީފައި ހުންނަ ބައެއްގަ އެވެ.
އިއްޔެ ރޭ 11 ޖަހާކަންހާއިރު، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި މި އޮޕަރޭޝަނުގައި ހޯދާފައިވަނީ ހޭޝް އޮއިލް ކަމަށް ބެލެވޭ އެއްޗެހި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހައިފަ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކީ
21 September 2016
ދެހާސް ތޭރާގަ ފަހުން މިހާރު މަސްތުވާ އެއްުޗެއް ރާއްޖެއަކަށް އެތެރެނުކުރެވޭނެ
މާހޯރަ
21 September 2016
ފުލުހުން ހައްޔަރު ކުރާ މީހުން ދޫކޮށްލަން ވަޒީރުނާ، މަޖިލިސް މެންބަރުން އަންގާހާ ހިނދަކު، ފުލުހުންގެ ވެރިން އެފަދަ ރިކްއެސްޓްތަކަށް ތަބާވާހާ ހިނދަކު، ފުލުހުންގެ ވާޖިބު އަދާކުރުމުގަ ތިބި ފުލުހުން އެފަދަ ވެރިންނަށް ތަބާވާހާ ހިނދަކު ތިޔަ ކަމެއް ނުހުޓުވޭނެ. ތީ ގުޅިގެން ހިންގާ ވިޔަފާރިއެއް.
ޢަބްދުﷲނާފިޒު
21 September 2016
ހޫނ، ދެން ތިހޯދި މަސްތުވާ އެއްޗިހި ތިހުރިތަނެއްގަ ހުރެ ހުދުކާފޫރަށް ވުމުގެ ކުރިން ތިޔަ މައްސަލަ ނިންމާ ހުކުމެއް ނުކުރާތި، އަބަދުވެސް ކަންކުރާ އުސޫލުވީމަ ހަމަ ބުނެލީ، އހ.
ކުރާތި
21 September 2016
މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުން ހުއްޓުވޭނެ ހުއްޓުވޭނެ ހުއްޓުވޭނެއެވެ. ކޮން ސަޕްލައި އެއް އަދި ޑިމާންޑެއް ކިޔަންތަ. އެފްރިކާ ބައްރުގެ ރޮޓެން ކަންޓްރީސް ތަކަށް ހަތިޔާރު އެތެރެ ކުރިއަސް މިގައުމަށް ހަތިޔާރު ވެސް އެތެރެ ވެވިގެން ނުވާނެ އަދި ޑްރަގްސް ވެސް އެތެރެ ވެވިގެން ނުވާނެއެވެ. އަނގަ ގަދަ މީހާ އެބުނާ ބީދައިން މައިކްރޮ ލެވެލް ގައި މިކަން އިންސްޕެކްޓް ކުރަންވީ މެދު ނުކެނޑި 30 އަހަރު ދުވަސް ވަންދެން. އެއިރުން މިކަން ހުއްޓުވޭނެއެވެ. ރައީސް މައުމޫނު އަކަށް ވެސް މިކަން ނުވި އަދި ރައީސް ނަޝީދަކަށް ވެސް މިކަން ނުވި އަދި ރައީސް ވަހީދަށް ވެސް މިކަން ނުވިއެވެ. މިކަން އެކަމަކު ކާމިޔާބު ކުރަން ޖެހޭނެ ރައީސް ޔާމީންގެ ވެރިކަމުގައި. މަމެން 2018 ގައި ރިޔާސީ އިންތިޚާބަށް ކުރިމަތި ލާއިރު މިކަން ނިމެން ޖެހޭނެއެވެ. އަނގަގަދަ މީހާ އެބުނާ އުސޫލުން މިވިޔަފާރި ކުރާ މީހުން އެތިބެނީ އަތު ނުޖެހޭ ފަށުގައެވެ. އެހެން ތިބެވިގެން ނުވާނެއެވެ. ގާނޫނު ތައް ފުލު ފުލުން ހަދާ އެމީހުން ތައް އުފުރާލެވެން ޖެހޭނެއެވެ. ޓެގް އަޅުވަން ވެއްޖެ ނަމަ އެއެއްޗެހީގެ މުޅި ގައިގައި ވެސް ޓެގް އަޅުވައިގެން މިކަން ކާމިޔާބު ކުރަން ޖެހޭނެއެވެ. ޓެގް އަޅުވައިފި މީހެއްގެ ގައިން ޓެގް ނެއްޓިގެން ނުވާނެ 5 އަހަރު ހަމަ ނުވަނީސް.
އަލީ
21 September 2016
ތަނެއްގަ ވަކިއެއްޗަކަށް ޑިމާންޑްއޮވެއްޖެނަމަ ސަޕްލައި އަންނާނެ. ދުނިޔޭގެ ކޮންމެތަނެއްގައިވެސް އެކަންއޮންނާނެ. ހަނގުރާމަ ހިގާޤައުމުތަކަށް ހަތިޔާއެބަ އެތެރެކުރޭ ރައްޔިތުން ބަންޑަށް މަރުވާއިރުވެސް. އެއީ ޑިމާންޑަކީ. އެހެންވީމަ ރަގަޅަށް ދަރިން ބަލާބޮޑުކުރޭ. މަސްތުވާތަކެތި ހުއްޓުވޭނި ބޭނުންކުރާ މީހުންމަދުކުރެވިގެން.
އެމްސް
21 September 2016
އެއީ ޑޮލަރުކަމަށް ވިޔަސް ތޯ؟
އަނގަ ގަދަ މީހާ
20 September 2016
މަސްތުވާތަކެތި ކޮންޓްރޯލް ކުރަން އަސްލު ބޭނުންނަމަ މިކަންވާނެ. ދިވެހި ރާއްޖޭގެ ރަށްތަކަކީ ކުދިކުދި ރަށްތަކެއް. ކީއްވާނީ އުމަރު ގެނައި ކުއްތާތައް ހަފްތާއަކު އެއްދުވަހު މާލެ، ހުޅުމާލެ، ވިލިނގިލި މިތިން ރަށަށް ގެނެސް ހުރިހާ ރަށެއް ފުލްކޮށް ޗެކް ކޮއްލިއްޔާ؟ ލައްކަ ސާމާނު ފެންނާނެކަން ޔަގީން. އަދި އެއް ރަށުން އަނެއް ރަށަށް ދާ މަތިންދާ ބޯޓާއި އުޅަނދު ފަހަރުން މީހުން ފުރާއިރު ގަޔާއި ފައިބާ އިރު ކުއްތާ ބޭނުން ކޮށްގެން ސްކްރީން ކުރިއްޔާ؟ ހުރިހާ އުޅަދެއް ޗެކު ނުކުރެވުނަސް ރެންޑަމް ކޮށް ޗެކް ކުރިޔަސް މިހާރަށް ވުރެ ބޮޑަށް މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލް ވާނެ. ވާ ގޮތަކީ މިވިޔަފާރި ކުރާމީހުން ފަހަތުނ ދިއުމުގެ ބަދަލުގަ މަސްތުވާ ތަކެތީގެ ވަބާގަ ޖެހޭ ކުދިންކޮޅު މިހައްޔަރު ކުރަނީ. މި ނުބައި ވިޔަފާރި ކުރާ މީހުން މިތިބެނީ އަތްނުލެވޭ ހިސާބު މާމަތީގަ.
އެމްސް
21 September 2016
ކަމަކީ ދިއަށްވުރެ އަދި މާ ފަސޭހަ ކަމެއް، އެހެނީ މި ރާއްޖޭގަ ބޭރުން އައިސް ވަދެވެން އޮތީ ހަމަ އެންމެ 2 ދޮރޯށި
މާހޯރަ
21 September 2016
ކުއްތާގެ އެއްވެސް ބޭނުމެއް ނުކުރޭ... އަމުދުން މިއަދު މަސަްތުވާތަކެތި ހުއްޓުވުމަށް ކުރާ އެއްވެސް ޚާއްޞަ ކަމެއްނެތް
ބަލަންވީ
20 September 2016
ރާއްޖޭގެ ބަނދަރުތައް ރަނގަޅަށް ނުބެލެހެއްޓުން ނުވަތަ ކަސްޓަމްސް ގެ ނުވަތަ އިމިގްރޭޝަންގައި ތިބޭ ބަޔަކާއި ގުޅިގެން ހިންގާ ބޮޑެތި އަންޑަރވޯލްޑް ގޭމްސް ތައް މީ. މީ 8 ކިލޯ ނަމަ އެތެރެ ކޮށްފައިވާނެ 30 ކިލޯގެ މަސްތުވާތަކެތި. އެއީ ވެސް ތެދު އެކުދިން ވެސް އެބުނަނީ. މިރާއްޖޭގައި ނުއުފައްދާ މިރާއްޖޭގެ ކަނޑު ފަޅުން ނުނަގާ އެއްޗެއް ކީއްވެގެންތޯ މިރާއްޖޭން މިހާ ބޮޑަށް މިފެންނަނީ. މިހާރު އެބުނާ ކުއްތާ ތަކުން ކުރާ ކަމެއްގެ އަޑުވެސް ނީވޭ. ހޯމް މިނިސްޓަރު ބަަދަލު ވި ކަމުގައި ނަމަވެސް ސަރުކާރުން ކުއްތާ ތައް ގެނެސްފައިވާ ބޭނުން ސަރުކާރުން ކުރަން ޖެހޭނެއެވެ. އެނޫންނަމަ ޑްރަގްލޯރޑުން މިރާއްޖެ އަކީ އެއީ ރޮޓެން ކަންޓްރީ އަކަށް ބަދަލު ކޮށްފާނެެއެވެ.
އެމްސް
21 September 2016
ފުލުހުންވެސް މިދުވަނީ ސިޔާސީމީހުން ފަހަތުން ތާ!
ރަށުމީހާ
20 September 2016
އަތުލެވިއްޖެއެއްނު... އަވަހައް ވަލުދޮރާށިން މާރކެޓައްނެރޭ...
އަލިދީދީއައްޑޫސިޓީ
20 September 2016
މިއީ ރާއްޖޭގެ ކަނޑުފަޅުން ނަގާ އެއްޗެއް ނޫން. ލައްގާ އެއްޗެއް ނޫން. ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރު ނުބެލެހެއްޓޭ ކަމުގެ ސާބިތުހެކި މިއީ. ކޮބައިތޯ ކުއްތާ ތައް؟ އެސޮރުމެން މަރުވީތޯ؟ ކަނޑާއި ވައިގެ ބަނދަރު ގައި އެސޮރުމެންގެ ފުރިހަމަ ބޭނުން ކުރާނެކަމަށް ވެސް އިރެއްގައި ބުނި. އެސޮރުމެންގެ "ރާޑަރަށް" ނާރައި މިތަކެތި އެތެރެވަންޏާ އެސޮރުމެނަށް އެހާ ބޮޑު ހޭދައެއްކޮށް ބެލެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތް.
މުޙައްމަދު
20 September 2016
ކުއްތޭތަކަށް ވީ ކުރީންވެސް ވީ ގޮތް ތޯއްޗެއް. ވަކި ބައެއް ފަހާތީ ވަޒީފައި ގެއްލުނީ.
އެމްސް
21 September 2016
ކުއްތާތަކަށް ކޮމާންޑް ދޭމީހާ ނެތެއްނުން!
އެމްސް
20 September 2016
އެތެރެވުން ނުހުއްޓުވޭ އެއްޗެއް ދާނީ ފެންނަމުން!