ހެންވޭރު އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިޔު އޮފިސަރުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
25 ސެޕްޓެމްބަރ 2019 - 18:19
މާލޭގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުންގެ މަސައްކަތާއި ހިތްވަރަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.
ހ. ތިލަފުށި ގޭގައި ހިންގި ކެމިކަލް ގުދަނެއްގައި ރޯވެ، މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ހާދިސާގައި، ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ.
އަލިފާން ނިއްވުމަށް ސިފައިން ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން، އެމްއެންޑީއެފުން އާންމު ކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، އެ ރޭ ފަޔާފައިޓަރުން ދެއްކި ހިތްވަރަށް ޝުކުރުވެރިވުން ހައްގު ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އަލިފާން ނިއްވައި، ގެތަކުން މީހުން ސަލާމަތް ކުރުމަށް ސިފައިން ހަރަކާތްތެރިވީ އަމިއްލަ ފުރާނައަށް ވުރެ ވެސް އިސްކަން ދީގެންނެވެ.
ހެންވޭރު އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި އާންމުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރިވި ވަގުތު ވަރަށް ގާތުގައި އެތަނުގައި ހުންނެވުމުން، އެ މީހުންގެ މަސައްކަތް ފެނިވަޑައިގެންނެވި ކަމަށާއި އެއީ ކުރަން އުނދަގޫ، ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ޝަމާލް ވިދާޅުވި އެވެ. އެކަމަކު އޭނާ އަށް އެ ހުރިހާ ގޮންޖެހުންތަކުގެ ތެރެއިން ވެސް ފަޔާފައިޓަރުން ދެއްކި ހިތްވަރު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވި ގޮތުގައި، އިމާރާތްތަކުގައި އެންމެ ބޮޑަށް ހުޅު ހިފި ވަގުތު ބައެއް ގޭގޭގެ ތިން ވަނަ ބުރި އާއި ހަތަރު ވަނަ ބުރީގައި ބައެއް މީހުން ތާށިވެފައި ތިއްބެވެ. އެ މީހުން ސަލާމަތް ކުރެވެން އޮތީ ހަރުގަނޑެއްގެ އެހީގަައި ކަމަށާއި އެކަމަކު އިމާރާތާ ހަރުގަނޑު ކައިރި ކުރަން ވަގުތު ނަގާނެތީ، ފަޔާފައިޓަރުންގެ ޓީމުތައް ގެތަކަށް ވަނީ އަލިފާންގަަނޑުގެ ތެރެއިން ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހެން ވަން 18 ފަހަރު. އެއް ފަހަރު އަލިފާންގަނޑާއި ދުންތަކުގެ ތެރެއިން ކުޑަކުއްޖަކު ގޮވައިގެން ނުކުތް ފަޔާފައިޓަރަކު، އެ ކުއްޖާ ހަވާލު ކުރުމަށް ފަހު ކޮލެޕް ވެސް ވި،" ޝަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެ އެއްގެ ތިން ވަނަ ބުރީގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އޭނާގެ މަންމަ، ފަޔާފައިޓަރުން ވަދެ ސަލާމަތް ކުރީ އެ ގޭގެ ސިޓިންރޫމުގައި ވެސް ވަރަށް ބޮޑަށް އަލިފާން ހިފާފައި ހުއްޓާ ކަމަށެވެ.
"ސިޓިންރޫމުގައި ހިފާފައި ހުރި ހުޅުގަނޑު ގޭގެ ކުޑަދޮރުން ބޭރަށް ވެސް ފެންނަން ހުރި. އެކަމަކު ހަމަ އެ ވަގުތު އެ ތަނަށް ވަދެގެން އެ މީހުން ސަލާމަތް ކުރީ،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ އަލިފާން ނިއްވަން ސިފައިން މަސައްކަތް ކުރި އިރު، ބައެއް ގެ ތަކުގެ މަތީ ބުރިތަކުގައި ވަރަށް ބޮޑަށް ރޯވެ، ހުޅު ހިފާފައި ހުރި އޭސީ އާއި ކުޑަދޮރު ފަދަ ތަކެތި ތިރިއަށް ފައިބަފައިބާ ހުރި ކަމަށެވެ. އެކަން އޭނާ ފާހަގަ ކުރެއްވީ ފަޔާފައިޓަރުންނަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ.
"އެހެންވެ، ފަޔާފައިޓަރުން އެރޭ ދެއްކި ހިތްވަރަށް އަޅުގަނޑު އެ މީހުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ އަލިފާންގަނޑު ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް ސިފައިންނަށް އެ ސަރަހައްދަށް ދެވުނު ނަމަވެސް އަލިފާން ނިއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިިވި ކަމަށެވެ. އެގޮތުން، މަގުތައް ހަނިވުމާއި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ގިނަވެ، މީހުން ތޮއްޖެހިފައި ވުމުން އަލިފާން ނިއްވާ އުޅަނދުތައް އެ ސަރަހައްދަށް ވައްދަން އުނދަގޫވި ކަމަށް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވި ގޮތުގައި މާލެ އަކީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި ނަމަ، އެ ނިއްވުމަށް އޮޕަރޭޝަން ހިންގުމަށް ވަރަށް އުނދަގޫ މާހައުލެކެވެ. އެކަމަކު އެރޭ އަލިފާން ނިއްވުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމުން ވެސް ވަރަށް ބުރަ މަސައްކަތެއް ކުރި ކަން ފާހަގަ ކުރެއްވި އެވެ.
އަލިފާން ހިފި ގުދަނުގައި ރޯވި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ އެކު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ކެމިކަލް ގުދަންކުރުން މަނާކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން މާލޭގައި މިހާރު ހުރި ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ބަދަލު ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު2
26 September 2019
އޮޅިގެން ނޫޅެބަލަ. ޢެމް.އެން.ޑީ.އެފް އިން ވެސް ފޯމް ޖެހިއޭ ތި އެއަރޕޯރޓް ކުރުހޮޅިލީ ފަޔަރ ވެހިކަލް އައުމުގެ ކުރިންވެސް. ޢެއީ އެއަރކްރާފްޓަށް ޚާއްޞަ އެއްޗެއްވީމަ އިމާރަތްތަކުގެ ބޭރަށް ފޯމް ޖަހަޖަހާ ތިބީ. ޙުރިހާ ފޯމެއް އޮތީ މަގުމަތީގަ. ވީކަމެއް ހަރާން. ސިފައިން ހުރިހާތަނެއް ނިއްވީ އަދި ހުރިހާ މީހުން ސަލާމަތްކުރީ. ސާބަހޭ އެމްއެންޑީއެފް. ތީ ހަމަ ހީރޯއިން ތަކެއް. އެއަރޕޯރޓް މީހުން އައިސް ވަރަށް ހަޑިހުތުު ބަސްތައް ގޮވި. ނޯ ޑިސިޕްލިން އެޓް އޯލް!. ޝޭމް.
ނަގިލި
26 September 2019
ކ.މާލޭ ގެއެއްގަ ރޯވާތާ 6 މިނިޓުތެރޭ އަލިފާން ނިއްވަން ގޭދޮށަށް ދެވިއްޖެއޭ ކިޔާފަ ފޮނިކަނޑާއިރު މަށަކަށް ހިއެއްނުވޭ މިރަށު ގެއެއްގަ ރޯވެއްޖިއްޔާ އަނެއް ދުވަހުވެސް މިހިސާބަށް އަލިފާން ނިއްވާނެ ބަޔަކަށް އާދެވޭނެހެނެއް.
ސޮބުރީ
26 September 2019
ތައުރީފު ކުރެވިދާނެ.. ސިފައިންނަކީ ތިޔަ އަލިފާންގަނޑުން މީހުންނެރެމުން އަލިފާންގަނޑު ނިއްވުމައިގެން ޑުއެލްކޮށް އުޅެވެން ޖެހޭނެ..
ހަސަދު
26 September 2019
މަސަައްކުރި އާދައިގެ ސިފައިންނަށް ތައުރީފް. ޕޮލިސީ ލެވެލް ގައި މިފަދަ ކަންކަމަށް އެއްވެސް ވަރަކަށް ތައްޔާރެއް ނުވެވޭ. ފޯމް ގެނައީ ހުޅުލެއިން. ފެންގެންދިޔައީ ވަރަށް ދުރުން. މަގުގައި ހުރި ފެންނަގާ އެއްޗެތި މަސައްކަތެއް ނުކުރި. ފަޔަލޯރި މަގަކަށް ނުވަދެވު. ވީމާ ސަފައިންގެ ވުޒާރާ މެނޭޖްމަންޓު ލެވަލް ގައި މިކަހަލަ ކޮންމެ ފަހަރަކު ފެއިލްވާ ކަމަށް ފެންނަނީ.
އޜީ
26 September 2019
ސުކުރިއްޔާ އެމްއެންޑީއެފް
ޖާބިރު
26 September 2019
7 ގެ އަދާ ހުލިވީ ނާގާބިލް ކަމުން މިލިޔަނުން ބަޖެޓް ދީފަ އޮއްނައިރު ކުރަން ހަވާލްވެފަ އޮތް ހަމައެކަނި މަސަތްކަޔް ނުކުރެވޭ. ޖަޕާން ސަރުކާރުން ދިން ފޯމް ބައުޒަރުތައް ވީތަނެއްނޭގެ. ތިމީހުންގެ ސްލޯކަމުން ތިހާބޮޑު ގެއްލުމެއް ރައްޔިތިން ނައްތިވީ. ވެރިން އަގުބޮޑެތިކާރުގަތީމަ ނިމުނީކޯނޫނޭ. މޫދައް ހޮޅިއަޅާގެން އަލިފާން ނިއްވަން ތިބީމަ ވާނެއެތި ވީ. އެމްއެންޑީއެފް ގެ ވެރިންނަށް ގޮވާލަން ފޯމްލޮރީ ތައްގެނެސް އިތުރުކޮށް އެމްޑަބުލިޔު އެސްސީގެ ފަލަފެން ހޮޅިން މާލޭގެ ކޮންމެ ހިސާބަކުންވެސް ފެންނެގޭނެ ކަނެކްޝަން ތަކެއް މިހާރުން މިހާރައްހަދަން.
ޙިނި
25 September 2019
ކޮން އިރަކުންތޯ ފަޔާ އާ އެމްއެންޑީއެފް ވަކި ދެތަނެއްގެ ގޮތުގައި ހަމަޖައްސަވާނީ، މިކަހަލަ ޕުލޭނެއް ެެެެެެotun މުހިންމުq
ޕަބޭ
25 September 2019
އެމް.އެން.ޑީ.އެފްގެ ފަޔާ ފައިޓަރުންނަށް ލިބިގެންދާ ބެކަޕް އަކީ އެމް.އޭ.ސީ.އެލްގެ ފަޔަރ ފައިޓިންގް ޓީމް ފަހުގެ ތާރީހެއްގައި. އެކަން ވަރަށް ރަނގަޅަށް އެންމެންނަށް އެެނގިފައިވަނީ ކޯސްޓްލައިން އަދި މިގަހަރުގެ ހާދިސާގައި. ދުނިޔޭގެ ފެންވަރުގެ ވެހިކަލްތަކާ އިކުއިޕްމަންޓާއި ގިޔަރާއި އަދި ބޮޑެތި ވަރުގަދަ ޓްރޭނިންގް ފުރިހަމަކޮށްފައިވާ ގާބިލް ޓީމެއް އެއީ. އެކަމަކު ތިޔަ ބޭފުޅާއަށް ނުފެނުންދޯ އޭގެ އެންމެ ކުއްޖެއްވެސް. ތީ ބޮޑުވަރު. އަހަރެމެން ދިވެހިން ހެޔޮ ހިތުން ބަލައިގަންނަން ދެ ފަރާތުގެ މަސައްކަތްވެސް. ޝުކުރިއްޔާ
ޑުރެކިއުލާ
25 September 2019
އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތް ފާހަނގަ ކުރަންޖެހޭނީ އެމްއެންޑީއެފުގެ ވެރިންތޯ، ޕޯސްޓުއޮފީހުގެ ވެރިންތޯ، ނޫނީ ވެމްކޯގެ ވެރިންތޯ. އެމްއޭސީއެލް އެއީ ވެރިން ނުތިބޭ ތަނަކީތޯ، ނުވަތަ ވެރިން ތިބެފަ ޔޫޓިއުބަށް ނުވަދެވޭ ތަނަކީތޯ.
ރަންރީދޫ ޓުވިޓަރޭ
25 September 2019
ކޮބައިތޯ އެމް އޭސީ އެލްގެ ފަޔަރ ފައިޓަރުންގެ ވާހަކަ.
އިޔާން
25 September 2019
ވީޑިޔޯ ރަނގަޅަށް ކަނުލާ އަޑުއަހަމުން ބަލާ އޭރުން އެނގޭނެ އެމް. ޢޭ. ސީ. ގެ ވާހަކަ
ރަދީފުއްދީނުލް އަކްބަރު
25 September 2019
ތިމާގެ ދަރި ތިމާ އަށް ދޮންފުތުވާނެ.
ވޯލް
25 September 2019
ކަލޯ ފަޔަރ ފައިޓަރުންގެ ބުރަ މަސައްކަތުން އެތައް ފުރާނެއެއް ސަލާމެތްވީ، ދިވެހިން އުޅުން ހުންނަ ގޮތުން މިކުޑަ މާލޭގަިއވެސް އުޅެންވަނީ ކާރުގަ އެވަރިހަމަ ވައްދާނެ ތަނެއް ނެތަސް.