ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް: މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދޭނީ މާލޭގެ ރަށްވެހި ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަނުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އޮކްޓޯބަރ 2019 - 16:50
މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ، އެ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސަވައިދޭނެ ކަމަށެވެ.
ޖާގަ ދިނުމުގައި ދެ ވަނަ އަށް އިސްކަންދޭނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސާކިއުލާ ބުނާގޮތުން، އެ ސްކޫލުގައި އުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ދަރިވަރުންނަށެވެ. އެކަމަކު އެ ދަރިވަރުންނަކީ ވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ވާންޖެހެ އެވެ.
އިސްކަންދިނުމުގެ ތިން ވަނައިގައި ހިމެނެނީ، އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށެވެ.
އެ ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގަ އެވެ.
ސާކިއުލާގައިވާ ގޮތުން، ސަރުކާރު ސްކޫލުތަކުން ފައުންޑޭޝަން ނިންމައި ގްރޭޑު އެކަކަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެންދާނެ އެވެ. ނަމަވެސް މާލޭގައި ފައުންޑޭޝަން ކިޔަވައިދޭ ސަރުކާރުގެ ސްކޫލެއް މި ވަގުތު ނެތެވެ.
"ވީމާ 2020 ވަނަ އަހަރު މާލެ ސިޓީގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުން ކުރިއަށް ގެންދެވޭނެ ގޮތް މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ސާކިއުލާގައި ބުންޏެވެ.
މީގެ ކުރިން މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދީފައިވަނީ، ކޮންމެ ރަށެއްގެ ދަރިވަރަކަށް ވިއަސް އެ ދަރިވަރަކު ދިރިއުޅޭ އެޑްރަހަށް ބެލުމަށްފަހުގަ އެވެ. އެހެންވެ ވަކި ސްކޫލަކަށް އެ ދަރިވަރު ވެއްދުމަށް، އޮޅުވާލައިގެން ވެސް އެޑްރެސް ޖަހާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޝް
10 October 2019
ކޮމެންޓް ލުން އެދެން! ޜައޔިތުންގެ ލާރިން ހިއްކި ހުޅުމާލެ ބިން މާލެ މީހުނަށްް ޙާއްސަ.! ޥަޒީފާ ތަކަށް މާލެމީހުންނަށް ޚާއްސަ! ސްކޫލްތަކަށް މާލެ ކުދިންނަށް ޚާއްސަ! ލާދީނީވުން، މި ނިންމުން ނިންމާ ސިޔާސީ މާލެ މީހުނަށް ޚާއްސަ! ގާސިމްބެ އާއި ވިޔާފާރިވެރިންގެ އެހީ ބޭނުން ވެރިކަން ކުރާ ރަށް އުތުރަށް ބަދަލުކުރަން!
ސަލީމް
20 August 2022
ރައްޔުތުން ގެ ލާރިން ހުރިހާ ރަށެއް ވެސް ހިއްކަނީ..
ޙައްވަ
10 October 2019
އަހަރެމެންގެ ރަށުން ވަޒީފާ އާއި ތަޢުލީމު އަދިވެސް އެހެނިހެން އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ލިބޭނަމަ ގަނޑަތެޅޭކަށް މާލެ ނައީމުސް.
ރަޓު މީހާ
10 October 2019
ސްކޫލްތަކުގަ ކިޔަވައިދޭ ޓީޗަރުން ވެސް މާލެ މީހުން ބައިތިއްބާ.. މާލެ މީހުން ރާއްޖެތެރެ މީހުން..
ރަށުން
10 October 2019
ރާއްޖެތެރެ މާލެޔާ އެއްފެންވަރަށް ތަރައްޤީ ކޮއްފާ ރާއްޖެތެރެ އެންމެން ބާލާފަ ހުސް މާލޭ މީހުން ބައިތިއްބާ.. އޯކޭވާނެ އޭރަށް.
އަށްޑޫ ކަތީބު
09 October 2019
ސަރުކާރު ސްކޫލްތަކުން ޖާގަ ދޭއިރު ބަލަން ޖެހޭނީ މާލޭގެ އެލްކޭޖީ ޔޫކޭޖީ ކިޔަވާކުދިންނަށް ފުރުސަތު ދިނުން. ވަރަށްވެސް ތާއީދު ގޮތެއް. މާދަން ފުންމާލާ މީހާޔަށް ޖާގަ ދިނުމުގެ ކުރިން ބަލަންވާނެ ތިގޮތް. އެއިރުން އަސްލު ތަރަށްގީގެނެވޭނީ. ހުރިހާ އެންމެން މާލެ ފުންމާލީމަ ކަމަކު ނުދާނެ.
މާލެ ނުން ގޮތެއް
09 October 2019
މާލޭ ސުކޫލަށް ވަކި ނުވެއްދޭނެތީއެއް ނޫން މިއުޅެނި. ރަނގަޅު ވަސީލަތްތައް ހުރި ތާކަށް ނުވެއްދޭނެ ތީ ދެން. . ޙަމަގއިމުވެސް ރަށުގަ ހުރެގެން ނުކުޅުދޭ ކުއްޖަކަށް އެކަށީގެންވާ ވަސީލަތްތަކާއި އެކު ކިޔައިދެވެން އޮތްނަމަ މާލެ ނަޢީމުސް. ފެންވަރު ރަނގަޅު މަދރުސާ ތަކެއް އަތޮޅު ތެރޭ ވެސް ބިނާކޮށްދޭށޭ މިކިޔަނި. އޭރަކުން މާލެ ސުކޫލުތައް ދޮށަކުން ނުހިނގާނަން. މިތާގަ ކުލި ދައްކައިގެން ވެސް ނުހުންނާނަން. ގޮތެއް ހޯދައި ނުދީ މަގުތައް ބަންދުކުރީމަ ކުރާ ޝަކުވާ މި.
ރާއްޖެތެ
09 October 2019
ތަފާތު ކުރުން ނައްތާލަނީ މިހެންތަ؟ ނުވަންޔާ އިސްތިއުފާދީފަ ގެއަށްދޭ!
އަށްޑޫ ކަތީބު
09 October 2019
ނުޖެހޭނެ. ނިންމުން ވަރަށްވެސް ރަންގަޅު. ދުރުވިސްނުމުގެ ނިންމުމެއް، މަރުހަބާ ރައީސް އިބޫސޯލިހު.
ވާލުސޮރު
09 October 2019
މާލޭ މީހުންގެ ދަރިންނަށް ޖާގަ ނުލިބި ބިކަ ކޮށްލާފަ ގިނަ ވޯޓު ހޯދަން އަބަދުވެސް ރަށްރަށު މީހުންގެ ދަރިންނަށް މާލޭގެ ސްކޫލްތަކުން ޖާގަ ދެވިގެން ނުވާނެ. އަތޮޅުތަކުން ކީއްވެތޯ މާލެ މީހުންނަށް ގެވަޅު ނުލިބެނީ؟ މާލެވެސް ވެރިކަމުގެ ނިޒާމުވެސް ދީނީ ކާޑު ޗިޕުގަވެސް ގިނައިން ޖެހެނީ ރަށްރަށުގަ އުޅޭ ހޭލުންތެރިކަން ކުޑަމީހުން
މޫސާބޭ
10 October 2019
ރާއްޖެތެރޭގަ ބިންކޮޅެއްނެތްތާނގައި އަސާސީ ޚިދުމަތްތައްވެސް ނުލިބޭ ރަށްތައް އަދިވެސް މަދެއްނޫން. އަހަރެމެން މާލެ އަންނަނީ މަޖުބޫރު ވީމާ. މާލޭގަ އެބަތިބި ކުޑަތަންކޮޅަކު އުޅެފާ ގޭގެ ބޮޑުބައި ގިނަލާރި ހޯދަން ކުއްޔައް ދީގެން އުޅޭ މީހުންވެސް.
އަޙްމަދު ޒަކީ
09 October 2019
މަގްރެންޓް މީހުންނަށް ބޭއިންސާފު. އެޗްއާރުސީގެ ސްޓޭންޑަކީ މީގައި ކޮބާތޯ؟ 2023 އަށް ވިސްނާތި، އަދިވެސް އާބާދީ ބޮޑުވާނީ އަތޮޅުތަކުގައި.
ހަކީމް
09 October 2019
މާލެ އަކި މިހާރު ވަކި މާލޭ ރަށްވެހިންގެ ތަނެއް ނޫން. މިހެން ހަދައިގެން ނުވާނެ. ގަދަބާރުން އެއްވެސް ކަމެއް ނުވާނެ ، މާލެއިން މީހުން މަދުކުރަން ބޭނުންނަމަ ސިޔާސީ މަޤާމުތަށް މަދުކޮއް އެ ލާރިން ރާއްޖޭގެ އެހެން ސަރަހައްދުތަށް ތަރައްޤި ކުރޭ - އޭރުން މިކަން އަމިއްލަޔަށް ހައްލުވާނެ. މިސަރުކާރަށް ، އަދި ނަޝީދު އަށް ވޯޓުދިނީ ވެސް ވަރަށް އުއްމީދާއެކު.
ގުދުގުދާ
09 October 2019
އައްދޭ! އެހެންދޯ؟ ކަލޭމެންގެ ރަށުން އަހަރުމެންނަށް ގޯތިވެސް ނުލިބޭ؟. ހަމަ ސިޓީލާއިރަށް ކައުންސިލް އިން ބުނަނީ ތިޔައީ ރަށުމީހެއްނޫނޭ! ކޮބިަތަ؟ ތިޔަބުނާ ހަމަހަމަ ކަމެކީ؟
މޯޑި
09 October 2019
ތީކީ އެކަމު ކޮށްގެންވާނެ އުންމީދެއްނޫން
ޞހހވޗޗ
09 October 2019
ވަރަށް ރޭސިސްޓް މިނިސްޓަރެއް. މާލޭގަދިރިއުޅޭ ރާއްޖެތެރޭ މީހުން ބާކީކޮށްލުމުގެ ވިސްނުންގެންގުޅޭ ސަރުކާރެއްމީ. ވާއެއްކަމެއް ނެތް ސަރުކާރެއް. ވޯޓުދެވުނީތީ ހިތާމަކުރަން
ގކދިެ
09 October 2019
ރޭސިސްޓްވުމެއް ނޫން އެއީކީ. މާލޭ މީހުންނާ ހަގީގަތުގަ އަޅާލެވޭލެއް ވަރަށް ބޮޑުތަނުން ކުޑަވެފައިވަނީ ރާއްޖެތެރެއިން މީހުން އެވަރަށް މާލެ އަންނަން ހަދައިގެން. ކިޔެވުމުގެ ނަމުގައި މާލެ އަށް އައިސް ތިބެންޖެހޭ ޒަމާނެއް ނޫންކަން މިއީ ވަރަށް ސާފުކޮށް އެނގޭ ޓޮޕްޓެންގެ ވަނަތައް ބަލައިލީމަވެސް. ރާއްޖޭން ބޭރުގައި އުޅޭ މާލޭ މުއްސަނދިން ފިޔަވައި މާލޭގައި އުޅޭ ނިކަމެތި މާލޭ ރައްޔިތުންނަށް މާލޭގަ ކަންކަމުގަ އިސްކަންލިބެންޖެހޭ.