ނަޝީދު ރޭ ވާހަކަފުޅު ދައްކަވަނީ: ރިޕޯޓުގައި ލިއުނު ކުދިން ދިފާއުކުރައްވައި ބަސް މަގު ގޯސް ކަަމަށް ވިދާޅުވި. --ފޮޓޯ/ސޯޝަލްމީޑިއާ
10 އޮކްޓޯބަރ 2019 - 11:33
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭގޮތަށް ބަހުގެ ހަމަތައް ގެންގުޅެފައި ހުރީ ގަސްތުގައި އިސްލާމްދީނަށް ނަފްރަތު އުފައްދައި ބަލިކަށިކޮށްލުމުގެ މާނައިގައި ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ލިއެފައިވެ އެވެ. އެ މައްސަލައިގައި ދީނީ އިލްމުވެރިން ކަންބޮޑުވުންފާޅުކޮށް، ފިޔަވަޅު އަޅަން ދަނީ ގޮވާލަމުންނެވެ.
ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް ހުސެއިން ރަޝީދު ތަރުޖަމާކުރައްވާ ސަހީހް މުސްލިމްގެ 10 ވަނަ ފޮތް ނެރެދެއްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ރިޕޯޓުގައި ގެންގުޅުނު ބަސް މަގު ގޯސް ކަމަށެވެ. އެކަމަކު އެ ބަސް މަގު އެމްޑީއެންގެ ރިޕޯޓުގައި ގެންގުޅެފައި ވަނީ ގަސްތުގައި ކަމަކަށް އެމަނިކުފާނު ގަބޫލުފު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިއުނު ކުދިން ވެސް. އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުންކުރައްވާފައި އެ ވަނީ އެ [އިސްލާމްދީނަށް ނަފްރަތު އުފައްދަިއ ބަލިކަށިކޮށްލުމުގެ] މާނައިގައި ކަމެއް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށެއް ނުފެނުނު. --ނަޝީދު
އެ ރިޕޯޓާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅިކަން ފާހަގަކުރައްވައި ވިދާޅުވީ އޭރު އެ ރިޕޯޓު އޮތީ ވަރަށް ބޮޑަށް ކުވެރިކޮށްފައި ކަމަށެވެ. އެ ރިޕޯޓް ނެރުމާ އެކު ޝައިހް ހުސެއިން ރަޝީދާ މަޝްވަރާކުރައްވައި ރިޕޯޓުގެ ކަންކަން ބެއްލެވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ، "އަޅުގަނޑު ކަހަލަ ތަނެއް ދޮރެއް ނުދަންނަ މީހުން އަމަލުކުރަންވީ ގޮތުގެ ލަފައަކަށް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޝޭހް ހުސެއިން ރަޝީދުގެ ސަހީހުލް މުސްލިމް ތަރުޖަމާ ނަޝީދު ނެރެދެއްވަނީ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ރިޕޯޓް ވިދާޅުވުމަށް ފަހު، ރިޕޯޓާ ގުޅޭ ގޮތުން ނޫސްތަކުގައި ލިޔުނު ވާހަކަތަކާއި މަޖިލީހުގެ 47 މެމްބަރުން ތަޅުމުގައި ތިން ގަޑިއިރު ދެއްކެވި ވާހަކަ ވެސް އަޑު އެއްސެވި އެވެ.
"ހުރިހާ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި. އެންމެ ފުރަތަމަ ކަމަކަށް އެ ރިޕޯޓުގައި ކީރިތި ރަސޫލާ އާއި މާތް ރަސްކަލާނގެ އިސްމުފުޅު އަދި އެހެން ވެސް ދީނީ ބައެއް ވާހަކަތައް ގެނައުމުގައި ބޭނުންކުރެވުނު ބަސް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީއެންގެ ކުދިން އެރިޕޯޓް ލިޔުމުގެ ކުރީގައި ޝައިޚް ހުސައިން މުސްލިމުގެ ދިވެހި ތަރުޖަމާގެ 1،2،3،4،5،އަދި 6ގަ އެބަސްތައް ގެންނަންވީ ގޮތް ލިއުއްވަފައި ހުރި.ރަސޫލާ (ސ)އަށް ނިސްބަތްކޮށް ލިޔާނެ ގޮތް،މަލާއިކަތުންނަށް ނިސްބަތްކޮށް ލިޔާނެގޮތް، ނިސްބަތްކޮށް ލިޔާނެގޮތް ހުރި
— Sim 🇲🇻 (@Simwarr) October 10, 2019
ރައީސް ނަޝީދު pic.twitter.com/VcmZvycA6E
ޝައިހް ހުސެއިން ރަޝީދު ތަރުޖަމާ ކުރައްވައިގެން ނެރުއްވި ސަހީހުލް މުސްލިމްގެ ފޮތްތަކުގައި ބަސްތައް ގެންނަންވީ ގޮތް ލިއުއްވާފައިވާ ކަމަށާއި އޭގެތެރޭގައި ރަސޫލާ އާއި މަލާއިކަތުންނާއި ދަންނަބޭކަލުންނަށް ނިސްބަތްކޮށް ލިއާނެ ގޮތް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިންނަށް ޚާއްސަކޮށް ރިޕޯޓެއް ނެރޭއިރު އެންމެން ވެސް އެ ހަމަތައް ހިފަހައްޓަން ޖެހެ އެވެ. އެކަމަކު އެ ހަމަތައް ނުހިފެހެއްޓޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ހަމަތައް ނުހިފެހެއްޓެނީ އިސްލާމްދީނަށް ނަފްރަތުކުރުމަށް އެދޭތީ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިއުނު ކުދިން ވެސް. އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުންކުރައްވާފައި އެ ވަނީ އެ މާނައިގައި ކަމެއް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށެއް ނުފެނުނު،" ނަޝީދު ވިދާޅުވި އެވެ.
"އިނގިރޭސިބަހުން އެއްޗެއް ލިޔަން އުޅެގެން ވެފައި ހުރި ގޮތެއް. އެއީ ވާ ގޮތެއް، ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފައި އަދި މިދެންނެވިހެން އެއާގުޅިގެން ރާއްޖޭގެ މާހައުލުގައި ރާއްޖޭގެ އެކިއެކި އިލްމުވެރިން ނެރޭ ފޮތްތަކާއި އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިސްލާމްދީނާ ގުޅޭ ގޮތުން ނެރޭ ފޮތްތަކާއި މި ބާވަތުގެ ފޮތްތަކަށް އަހުލުވެރި ނުވެ މި ބާވަތުގެ ބޮޑު މައްސަލައަކާ ގުޅޭ ގޮތުން ލިއަން އުޅުނީމާ އެ ފަދަ ނަތީޖާއެއް ނުކުތުމަކީ އަޅުގަނޑު ދެކޭގޮތުގައި އެކަށީގެންވާ ކަމެއް."
އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ހިމެނޭގޮތަށް އެ ފޮތުގައި ހުރި ބަހުރުވަ އެންމެން ވެސް ކުށްވެރިކުރާ ކަަމަށެވެ. އޭގައި ލިއެފައި ހުރީ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގެ 47 މެމްބަރުންގެ ބަހުސުން އަދި ސޯޝަލްމީޑީއާގައި ދެކެވޭ ވާހަކަތަކާއި ރާއްޖޭގެ އާއްމު މީޑިއާގައި ލިއެފައި ހުރި ވާހަކަތަކާ އެކު މި އެންމެން ކަންކަމަށް ބެލީމާ އަޅުގަނޑަށް ފާހަގަވާ ދެ ވަނަ ނުކުރާ އަކީ ދީނީ ކަންކަން އެއީ މަޖިލީހުގައި ބަހުސްކޮށްގެން ކަންކަން ނިންމެން އޮތް ކަންކަމެއް ނުނޭ،" ނަޝީދު ވިދާޅުވި އެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީފޮނިޓައްޕު ހަސަނު
12 October 2019
އަންނީގެ ރަނގަޅު ކަމަކީ ވަރަށް ހީވާގިވާނެ، ވައްކަމާއި ހިޔާނާތާއި ކައިރި ނުވާނެ. އަންނިގެ ގޯސްތަންކޮޅަކީ މިރާއްޖޭގެ ރައްޔިތުން މިބުނަނީ ސެކުލަރ ނިޒާމެއް ބޭނުމެއް ނޫނޭ އެކަމަކުވެސް ސެކުލަރ ވިސްނުން ޕްރޮމޯޓް ކުރަން އުޅުން.
ނިޝް
12 October 2019
ރަނގަޅުވާހަކައެއް! ރިޕޯޓްއެއީ ދިވެރާއްޖެ އަށް ފޮނުވި ރިޕޯރޓްއެއް ނޫން އެހެންވީމަ އަދި މިކިޔެނީ ރަނަގަޅަކަށް ނޫންތާ! ޑޭވިޑް ހާރޑިންގަމް އާއި އިލުމިނާޓީއަށް ފޮނުވި ރިޕޯޓްއެއް.
ހުތާ
11 October 2019
ތިޔަފޮތެއް ނެރުމަށް އެންމެ އެކަށީގެންވާ ބޭފުޅަކަށް ޝެއިހަށް ފެނިވަޑައިގަތީ ރައީސްނަޝިދު، ރައީސް ނަޝީދު ދީނާ ބެހޭ ގޮތުން ދައްކަވާ ވާހަކަތަކަކީ ހުސައިން ރަޝީދު ކައިރީ އަހައިގެން ދައްކަވާ ވާހަކަތާ؟
އެޑަމް
10 October 2019
ައަންނިއައް ޤަބޫލުކުރެވޭނީ ތިޔަގޮތައް ތީއަހަރުންހައިރާންވާކަމެއްނޫން އެހެނީ އަންނިއަކީވެސް ދީނާބެހޭގޮތުން އަބަަދުވެސް ކޮންމެސްކޮހެއް ގޮވަގޮވާހުންނަމީހެއް ވީމާދީނައްފުރައްސާރަކުރާކޮންމެވާހަކަޔަކާ ލިއުމެއްގެ ނިޔަތްއޭނަޔައް ރަގަޅުވާނެ!!
ދަތްނެތްކުއްޖާ
10 October 2019
އިއްޒަތްތެރި މަޖުލިހުގެ ރައީސެވެ. އަޅުގަނޑުގެ ލޯބިވެރިޔާ އާއި އެކު އުލޭތާ ގާތްގަޑަކަށް 10 ވަރަކަށް އަހަރު ވެދާނެއެވެ. މިހެން އުލުމުގެ ތެރޭގައި ލޯބިވެރިޔާ ބަލިވެއިނދެ ވިހައިފިއެވެ. މިކަމަކީ ގަސްތުގައި ކުރި ކަމަކަށް އަލުގަނޑު ނެދެކެމެވެ. ދެވެރިންގެ މެދުގައި އުުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުން މިފަދަ ގުލުމެއް ހިންގުނީއެވެ. މިހެންކަމުން އިޙުމާލަކައި ނުލައި އެ ލިބުނު ދަރިފުލުގެ ބައްޕަ އަކީ އަޅުގަނޑު ކަމުގައި ބެލެވިދާނެތޯއެވެ. މިވެސް ޙިޔާލެކެވެ.
ދޮހޮއްކޮބެ
10 October 2019
މކީކޭ ބުނާނީ މިވާހަކަތަށްވެސް ގަބޫލު ކުރާނެ ބަޔަކު އެބައުޅޭ މިރާއްޖޭގަވެސް..
ީފޮނިޓައްޕު ހަސަނު
10 October 2019
މަ ހުވާ މިކުރީ މަ އެމްޑީޕީއަށް ސަޕޯޓް ކުރިއަސް ކުރިއަށް އޮތް ތަނުގައި ކެނެރީގޭ ނަޝީދަކަށް ވޯޓެއް ނުދޭނަން.
މަންޑޭލާ
10 October 2019
މިމީހުންގެ މަގުސަދަކީ ބަޔަކު މަގުފުރެއްދުން. ސައްކު އުފެއްދުން.
ޝޮކްތެރަޕީ
10 October 2019
މަސްސަލައަކީ ނަޝީދުގެ ގޮތް އެގިހުރެ މިބައިގަޑަ ތާއީދު ކުރާތީ. މިމީހުންނަ ނޫނެކޭ ބުނެގެން މިކަން ހައްލުވާނީ.
އަހްމަދު
10 October 2019
ނަފްރަތު އުފައްދާކަށްނޫން ލިޔުނީ. އިސްލާމް ދީނާދެކޮޅަށް ފުރައްސާރަކުރަން ލިޔުނީ. ކަލެއަށް ލިޔުނުގޮތް ނޭގުނަކަސް އަހަރެމެންނަށްއެނގޭ.