އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
10 އޮކްޓޯބަރ 2019 - 15:13
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރުމާ އެކު ބޮޑެތި ބާރުތަކެއް ދޭން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ނިންމައި، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އޭޖީ އޮފީހުން މިއަދު ބުނިގޮތުގައި ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅަނީ ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށެވެ. އެއާއެކު ކައުންސިލްތަކުގެ ހިންގުން މިހާރަށް ވުރެން ހަރުދަނާކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާ ވެސް ގާތުން ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.
ކައުންސިލްތަކަށް ބާރު ދޭން ގާނޫނުއަސާސީ އިސްލާހުކުރަން ޖެހެ އެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ. އެކަމަކު މިއީ، ޕްލޭންތައް ޚަދައި ރައްޔިތުން ބޭނުންވާ ކަންކަމުގައި ނަތީޖާ ނެރެދޭން ކައުންސިލަރުންނަށްް ކުރު މުއްދަތަކަށް ވުމުގެ އިތުރުން ކޮންމެ ތިން އަހަރަކުން އިންތިޚާބު ބާއްވަން ޖެހުމުން ދައުލަތުގެ ބަޖެޓަށް ވެސް ބުރައަކަށް ވެ އެވެ.
ހައްލެއްގެ ގޮތުގައި ބިލްގައި ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ މުއްދަތު ފަސް އަަހަރަށް ބަދަލު ކުރުމެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހަޅާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ބިލްގައި، އެންމެ މުހިއްމު އަނެއް އިސްލާހުގެ ގޮތުގައި ހުށަހަޅާފައި ވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމެވެ.
ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ ފައިސާ ދިނުން ބިލްގައި ވަނީ ހިމަނައިފަ އެވެ. މީގެއިތުރުން ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ އަދަދު ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލްތަކުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭނެ އެވެ. ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށް ވުރެން ކުޑަ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖައްސަން ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.
ލާމަރުކަޒީ ނިޒާމް މިހާރު ހިންގާ ގޮތުން ކައުންސިލްގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަނީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކަމަކު މިގޮތް ވެސް ބަދަލުކޮށް، ރައީސާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލުކުރަން ހުށަހެޅި އިސްލާހުގައިވެ އެވެ.
މީގެއިތުރުން އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިއްބަވާނީ، އެ ބިލްގައިވާ ގޮތުން، ކައުންސިލްތަކުގެ ރައީސުންނެވެ. މިއާއެކު ކުރިން ނިގުޅައިގަނެފައިވާ ހުރިހާ ބާރުތަކެއް އަލުން އިޔާދަކޮށްދިނުން އިސްލާހުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާލުސޮރު
11 October 2019
ކައުންސިލްތައް ކޮރަޕްޝަނުގެ ހާއްޔަކަށް ވެދާނެ. ހޭލުންތެރިކަން ނެތް ބަޔަކު އުޅޭއިރު ކައުންސިލުތައް ޖަވާބުދާރީ ކުރުވާ އެލްޖީއޭގެ ބާރު ގަދަ ކުރަން ޖެހޭނެ
ތިނަދޫ މީހާ
11 October 2019
ހަވަރު ތިނަދޫ އެމްޑީޕީ ބޮޑުންނަށާއި ހަވަރު ތިނަދޫ ބިގަރު ކައުންސިލަށް ހާދަ އުފާވެރި ހަބަރެކޭތިއީ.
ސޫރަޖް
11 October 2019
މޮޔައިންގެ އަތަށް ކަނޑި ދިނުމަކީ ނުހަނު މޮޔަކަމެކެވެ.
ސަޅި
11 October 2019
ބާރުދޭންވާނެ އެކަމު އެހާބިޑެތި ގިނަ ބާރުތައް ދިނުމަކީ އަދި އެހާރަނގަޅުކަމެއްނޫން،
ޑހދޖ
11 October 2019
ރިޔާސީ އިންތިޚާބާ ކައުންސިލް އިންތިޚާބު އެއްކޮށް ގެންދަން ފެނޭ. ބޭނުމަކީ ރައީސް މީހާ ގެންނަން ބުނާ ތަރައްގީ އަކީ ތޯތޯ ނޫންކަން ކަށަވަރު ކުރިމަށް ދެކޮޅުން ބަސްބުނުމުގެ ފުރުސަތު ދިނުން. މިކަން ކުރާނަމޭ ބުނުމަކުން ނުފުދޭ. ޕްލޭން އެނގެންޖޭ. ކަންކުރާނެ ގޮތް އެގޭ މީހުން އެއީ ވަރަށް މަދު ބައެއް. ޢަނެއް ބޭނުމަކީ އިންތިޚާބު ބޭއުވަށް ދާ ހަރަދު ކުޑަކުރުން. އެއްދޮނުގައި ދެބުޅި
ރާޒިން
11 October 2019
ވަރަށް ރަނގަޅު ވާހަކައް، 2 އިނތިހާބު އެއްކޮށް ގެންގަން ފެނޭ
ދޯ.....
11 October 2019
މަހަމަ ހައިރާން ވެއްޖެ، ކޮބާތަ ކައުންސިލަރުންނަށް ބާރު ދިނީމަ ވާފައިދާއަކީ ކައުންސިލަރުން ރަށައް ކޮއްދޭ ކަމަކީ ފަސްއަހަރު ވަންދެއް ބޮޑުމުސާރަދިނީމަ ސޮއި ކޮއްލާފަ ޑިއުޓީ ނިމެންދެއް ކޮންމެވެސް ސައި ހޮޓަލަކަށް އަރާ އިނދެ ފޮނިވާހަކަ ދެއްކުންތަ؟ އެއަށްވުރެއް މާ ރަނގަޅުވާނެ ރަށުގެ ކުރިއެރުމާއި ތަރަށްޤީއަށް ކަމެއް ކޮއްދޭ ވާހަކައެއް ދެއްކިއްޔާ ބޯހަލާކު.....
ޢާސީ
11 October 2019
ކެންޕޭން ފެށީދޯ
ބޮޑުމީހާ
10 October 2019
5000 ދަށުގެ ހުރިހާރަށެއްގެ މީހުން އާބާދީ ބޮޑުރަށްތަކަށް ބަދަލުކުރަންވީމިނޫންގޮތަކަށް މިރާއްޖެ ތަަރައްގީ އެއް ނުވާނެ
ޢެމްޑީޕީ ކަލޯ
10 October 2019
ށަތޭކައިގެ ވާހަކައެއް
ބޮޓް
10 October 2019
ކޮބާ ކިހިނެއް.. ރަނގަޅު..
ދީދީބެ
10 October 2019
ކަމަކު ނުދޭ ބަޖެޓްގެ 5 ޕަސެންޓް ކައުންސިލްތަކަށް ބަހާފަ ދީގެން އެވަަރަކުން އަތޮޅުތަކެއް ނުހިންގޭނޭ ހަމަ ދާނީ މިހާރުވެސް ދާގޮތަށް. ބަޖެޓް ހުރިހާ އަތޮޅަކަށް އެއްވަރަކަށް ބަހަންޖެހެނީ. އަދި އެއަތޮޅެއްގެ ރަށްތަކާއި ބިންތައްވެސް އެއަތޮޅަކާއި ހަވާލުކުރަންވީ. 90 ޕަސެންޓް މާލެ އަށް ހަރަދު ކުރުން އިންސާފެއްނޫން. ލާމަރު ކުރަންޖެހެނީ އޭގެ އެންމެ ފުރިހަމަ މާނައިގައި.