ޚަބަރު / މުހައްމަދު އަސްލަމް، ނޭޝަނަލް ޕްލޭނިން މިނިސްޓަރު

މާލޭގެ ބައެއް މަގުތަކުގެ ގާތައް ނަގައި އަލުން ހަދަނީ

މާލޭގެ މަގެއްގައި ފެންބޮޑުވެފައި. ފެން ބޮޑުވުމުގެ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބެ. --- ފޮޓޯ: މިހާރު

މާލޭގެ ބައެއް މަގުތަކުގައި ހުރި ގާތައް ނަގައި މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރަން ރާވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބައެއް މަގުތައް ހަލާކުވެ، ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައި ވާތީ އާއި ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، މާލޭގެ މަގުތައް އަލުން ހަދައި އެކި ސަރަހައްދުތަކުގެ ޕާކިން އަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެކަމަކު، އަލުން ހަދާ މަގުތަކުގެ މައުލޫމާތެއް އަސްލަމް ނުދެއްވަ އެވެ.

އަސްލަމް އެގޮތަށް ވިދާޅުވި އިރު، ފަހަކަށް އައިސް މާލެ އަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށާއި ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ. އަދި މާލެ އިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުން ޕަމްޕް ބޭނުންކޮށްގެންނެވެ.

އަސްލަމް ވިދާޅުވީ، މާލޭގައި "ފޫޓަކަށް ފެން ބޮޑުވިޔަސް" މީހުންނަށް ދައްޗާއި އުނދަގޫތައް ދިމާވާ ކަމަށެވެ. މާލޭގައި ފެން ބޮޑު ވަނީ ބޮޑަށް އަޑިގަނޑު ހުންނަ ތަންތަނުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ، މާލޭގެ މަގުތައް އަލުން ހަދަން މާލޭ ސިޓީ ކައުންސިލުން ޕްލޭން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

އަސްލަމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ، ފެން ހިންދާ ނިޒާމު، ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ވެސް ހިމެނޭ ގޮތަށެވެ. އަދި މާލޭގެ މަގުތަކުގެ އަޑީގައި ހުރި ހޮޅިތައް "އިރުއިރުކޮޅާ" ކޮންނަން ނުޖެހޭ ގޮތަށް ކަންކަން ތަރުތީބުވާން ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ކޮންނަން ނުޖެހޭ ހާލަތެއް ނާންނާނެ. ނަމަވެސް ވީހާ ވެސް މަދުން އެކަން ކުރަން ޖެހޭނެ ގޮތަކަށް، ބިމުގެ އަޑީގައި ހުރި ނެޓްވޯކްތައް ބަދަލު ކުރުމާއި އެކީގައި ޕަމްޕްތައް ލާން ޖެހޭނީ،" މާލޭގައި ފެން ބޮޑުވެއްޖެ ނަމަ، ރައްޔިތުން އުފުލާ ވޭން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މާލޭގައި ފެން ހިންދަން ހުސް ޖާގައެއް ނެތް ކަމަށެވެ. އަދި މާލެ އަށް "އޮހޮރޭ ހުރިހާ ފެނެއް" ޖެހެނީ ބޭރު ކުރަން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. މި ފަހުން މާލޭގެ އެކި ސަރަހައްދުތައް ހިއްކައި ކަންކަން ކުރި އިރު، ހަދާފައި ހުރީ ފެންތައް ބޭރުވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ގުދުރަތީ ގޮތުން ރަށްތައް ހެދިފައި ހުރީ އަމިއްލަ އަށް މޫދަށް ފެން ފައިބައިގެންދާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ރޭ ފަތިހު ވެސް މާލެ އަށް ކުރި ވިއްސާރައިގައި އާންމުކޮށް ފެން ބޮޑުވާ މަގުތަކުގައި ފެން ބޮޑުވި އެވެ. އަދި މާލޭގައި އާންމުކޮށް ފެން ބޮޑުނުވާ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވި އެވެ.

މީގެ ތިން އަހަރު ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖީދީމަގު ހަދަން ފެށުމާ އެކު އެންމެން ވެސް އުއްމީދުކުރީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. މަގު އެއްކޮޅުން އަނެއްކޮޅަށް ކޮނެ، ގާތަށް ނަގައި އަލުން މަގު ހެދީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. އެކަމަކު އޭގެ ފަހުން މާލެއަށް ކުރި ވިއްސާރަތަކުގައި، ކުރިން ފެންބޮޑުނުވާ ވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވި އެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަގުތައް ހަދަން ކުރީގެ ސަރުކާރުން ވެސް ނިންމި އެވެ. މަޖީދީ މަގުގެ މަސައްކަތް 2018 ގައި ނިމުމާ އެކު އިތުރު 13 މަގެއް ހަދާނެ ކަމަށް ބުންޏެވެ. އެކަމަކު ސަރުކާރު ނިމުމުގެ ކުރިން ހެދުނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެކެވެ.

21 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 3%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއަދު

11 October 2019

ސާބަސް ސާބަސް ކަރަދު ޚަރަދު މާލެމާލެ

The name is already taken The name is available. Register?

ކިލުްހަލލލލ

11 October 2019

ޑެން ރޯޑް ކޯޕަރޭޝަން އެއީ ކީއް ކުރަން އޮންނަ ބައެއް

The name is already taken The name is available. Register?

ބަރުބާދު

11 October 2019

https://mihaaru.com/news/51962 މާލޭގެ ދެމަގެއްފިޔަވާ ހުރިހާމަގެއްގަ ތާރުއަޅަވާހަކަ މާޗް 18 އިގަ ވިދާޅުވި، އެއީ ޖޯކެއްތޯ؟.

The name is already taken The name is available. Register?

މަގު

11 October 2019

މުއިޒްބެ އެއޮތީ މަޖީދީމަގު ހަދާފަ ކޮންނަށްޖެހޭތަ އިރުކޮޅަކާ؟ ޢެކަން އެގިތަށް ކުރެވިއްޖެޔާ މޮޅު. ޙުރިހާ ދިމާލަކުންވެސް ފެއިލް ވެފަ ތިބީ. ޢަނެއްކާމިފަހރު ފައިބާއިރު އަސްލޭގެ ފޯނުބިލަކީ ކިތައްލައްކަބާ؟

The name is already taken The name is available. Register?

އެނދިމަރިޔަނބު

10 October 2019

ހެޔޮނުވާނެ، މާލޭގަ އަހަރު ދެކޮޅު ގާ އަތުރާ ޕާކު ހަދާބަލަ. ރާއްޖެތެރެއަށް ކޮންމެ 5 އަހަރުން ބަށިކޯޓެއް އޯކޭވާނެ.

The name is already taken The name is available. Register?

މޮޑްރިޗް

10 October 2019

ބަލަ ރާއްޖެއަށް ލިބޭހާ ޓެކްސް ފައސާ ހަރަދކުރަންވީ އަބަދު މާލެއަށް? ކޮބާ އައްޑޫގަ ހަދަންބުނި މަގުތައް އިބޫ...ވޯޓް ދިނީމާ ވީކޮންކަމެއް? އަހަރުމެން މުޅިއުމުރު ޗަކަވަޅުގަނޑުގަ?

The name is already taken The name is available. Register?

މޮޑްރިޗް

10 October 2019

ބަލަ ރާއްޖެއަށް ލިބޭހާ ޓެކްސް ފައސާ ހަރަދކުރަންވީ އަބަދު މާލެއަށް? ކޮބާ އައްޑޫގަ ހަދަންބުނި މަގުތައް އިބޫ...ވޯޓް ދިނީމާ ވީކޮންކަމެއް? އަހަރުމެން މުޅިއުމުރު ޗަކަވަޅުގަނޑުގަ?

The name is already taken The name is available. Register?

‫ބޮޓު ހަމް

10 October 2019

‫ބޮޓު ސަރުކާރު ލޮލް

The name is already taken The name is available. Register?

އަބްދުﷲ

10 October 2019

ހުރިހާ މަގެއްވެސް ހަދަންވީ. ތީން މަގަކުން ދުއްވުމެކޭ ގަދަ ގަނޑަކަށް އެރުމެކޭ ތަފާތެއް ނެތް.

The name is already taken The name is available. Register?

އެލެކްސްނސދ

10 October 2019

ހަވާއަރުވާހަ އިއުލާނުކުރާވަރުގެ ތަރައްގީ ހިމެނޭ ޕުރޮޖެކުޓެއް ތިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!